Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ރުޅިގަނޑު ފަޅައިގެން ގޮސް ކަވާނީގެ ރޯޅި ވީއޭއާރަށް!

ކަވާނީ ވަނީ އަތުން ޖަހާ ވީއޭއާރު ބަލާ ސްކްރީން ނުވަތަ ޓީވީ ބިން މައްޗަށް ވައްޓާލާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2022 | ހޮނިހިރު 08:37
ކަވާނީ ވީއޭއާރު ބަލާ ސްކްރީން އަށް ހަމަލާދެނީ

ކަވާނީ ވީއޭއާރު ބަލާ ސްކްރީން އަށް ހަމަލާދެނީ

ވީޑިއޯ އެސިސްޓެންޓް ރެފްރީ ނުވަތަ ވީއޭއާރުގެ ބޭނުމަކީ ފުޓުބޯޅަ މެޗުތަކުގައި އިންސާފުވެރި ނިންމުން ނިންމުމަށް ރެފްރީންނަށް އެހީވެދިނުމެވެ.

ފުޓުބޯޅައިގެ ތާރީޚަށް ބަލާއިރު އަތުން ލަނޑު ޖަހައިގެން މުބާރާތްތައް ކާމިޔާބުކުރުމާއި، އޮފްސައިޑު ލަނޑު ޖެހުމަކީ ހިނގާ ކަމެކެވެ. މެޗުތަކަށް އިންސާފުކުރަން ތިބޭ ރެފްރީންނަކީ ފީފާގެ ކޯސްތައް ފުރިހަމަކޮށް، އެންމެ މަތީ ފެންވަރުގެ މީހުންނަށްވީ ނަމަވެސް، އެމީހުންގެ އަތުން ވެސް ގޯހެެއް ހެދިދާނެއެވެ. އެހެން ކަމުން އެކަންކަމަށް ހައްލު ހޯދުމާއި، އެންމެ އިންސާފުވެރި ނިންމުން ތައް ނިންމުމަށް ވީއޭޭއާރުގެ ބޭނުން ހިފައެވެ.

އެކަން މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕުން ވެސް ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. އިދިކޮޅު ކުޅުންތެރިންނަށް ގޯލު އޭރިޔާ ތެރެއިން ކުރާ ކުޑަ ފައުލާ ހަމައިން ގޮސް، ޖަހާ އޮފްސައިޑު ލަނޑު ވެސް ވީއޭއާރުން ދެނެގަނެފައިވެއެވެ. ވީއޭއާރުގެ އެހީގައި ފައުލަށް ޕެނަލްޓީ ދީ، އަދި ޖަހާ ލަނޑު އޮފްސައިޑު ނަމަ ކެންސަލް ވެސް ކުރެއެވެ. މީގެ އިތުރުން ފައުލެއް ކުރުމުން އެއީ ޕެނަލްޓީ ދޭވަރުގެ ފައުލެއްތޯ ވެސް ރެފްރީން ވަނީ ބަލާފައެވެ.

ނަމަވެސް އެކި އެކި މެޗުގައި ވީއޭއާރުގެ ނިންމުންތަކާމެދު ކޯޗުންނާއި، ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅުކުރެއެވެ، ދެބަސްވެ އަރައިރުންވުން ވެސް ވެއެވެ. އެކަމުގައި އެންމެ ބޮޑަށް އަޅައިގަތީ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުރުގުއޭ އަދި ގާނާ ކުޅުނު މެޗުގައެވެ. މޮޅުވާން މަޖުބޫރު މެޗުގައި އުރުގުއޭ އިން ވަނީ ލަނޑު ޖަހާ ލީޑު ވެސް ނަގާފައެވެ. ނަމަވެސް މެޗުގައި ވީއޭއާރުގެ ނިންމުންތަކާ މެދު އުރުގުއޭގެ ކޯޗު ޑިއޭގޯ އަލޮންސޯ އާއި، ކެޕްޓަން ލުއިސް ސުއަރޭޒް އަދި އެޑިންސަން ކަވާނީ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެންމެ ފުރަތަމަ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކުރި ޓީމު މިއަހަރުގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެއީ އެ ގްރޫޕްގައި ސައުތު ކޮރެއާ އިން ޕޯޗުގަލް ބަލިކުރުމުންނެވެ.

މެޗަށްފަހު އުރުގުއޭގެ ޑިފެންޑަރު ޑިއޭގޯ ގޯޑިން އަދި އެހެން ކުޅުންތެރިން ހިމެނޭ ގޮތަށް ވަނީ އެއް ވަނަ ރެފްރީއާ ދިމާކޮށްފައެވެ. ހަޅޭލަވާ، ޒުވާބުކުރާ މަންޒަރު ވެސް ފެނުނެވެ. ދެން ލޮލުގައި އަޅައިގަތީ ކަވާނީއެވެ. މެޗުން ބަލިވުމުން އެ އުދާހުގައި ހުރެ އައި ރުޅި ގަނޑު ކަވާނީ އަށް ކޮންޓްރޯލް ނުކުރެވުނީއެވެ. ދަނޑުން ފައިބައިގެން ދަމުން ކަވާނީ ވަނީ އަތުން ޖަހާ ވީއޭއާރު ބަލާ ސްކްރީން ނުވަތަ ޓީވީ ބިން މައްޗަށް ވައްޓާލާފައެވެ. އެއާއެކު އެތަނުގައި ހަރަކާތްތެރިވި ބައެއް އޮފިޝަލުން އެ މެޝިން ކައިރިއަށް އާދެއެވެ.

ކަވާނީގެ މި އަމަލަކީ ފުޓުބޯޅައިގެ ރޫހާ ޚިލާފު ކަމެއްކަމަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލަން ފަށާފައެވެ. އެކަމުގައި ކަވާނީ އަށް ފިޔަވަޅު އެޅުމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅަށް ހީވަނީ ފުޅަށްބުޑުން ގޮސްފިއްޔާ ކެޔޮގަނޑު ކަނޑާލަފާނެހެން

އިދިކޮޅަށް ހީވަނީ ފުޅަށްބުޑުން ގޮސްފިއްޔާ ކެޔޮގަނޑު ކަނޑާލަފާނެހެން

12 ޖެނުއަރީ 2020
ރައީސް ޔާމީން ގެއަށް ބަދަލުކުރާނެކަމަށް ޕީޕީއެމުން ބުނި ދުވަސްވެސް ފަހަނައަޅާ ގޮސްފި!

ރައީސް ޔާމީން ގެއަށް ބަދަލުކުރާނެކަމަށް ޕީޕީއެމުން ބުނި ދުވަސްވެސް ފަހަނައަޅާ ގޮސްފި!

06 ޖެނުއަރީ 2020
އިދިކޮޅު ފަރާތްތަކަށް ކޮސްތެޅިދާނެ ، ލާދީނީ ކިޔައި ރައްޔިތުން ގުނބޯ ހެއްދި ޒަމާން ގޮސްފި !

އިދިކޮޅު ފަރާތްތަކަށް ކޮސްތެޅިދާނެ ، ލާދީނީ ކިޔައި ރައްޔިތުން ގުނބޯ ހެއްދި ޒަމާން ގޮސްފި !

08 އޮކްޓޯބަރު 2019
ފްލައިޓް އަޑިއަށް ދިޔަ ހާދިސާ: ފަތާފައި ގޮސް ފުރަތަމަ އެހީވި ޒުވާނާގެ ދުލުން

ފްލައިޓް އަޑިއަށް ދިޔަ ހާދިސާ: ފަތާފައި ގޮސް ފުރަތަމަ އެހީވި ޒުވާނާގެ ދުލުން

10 އޯގަސްޓު 2019
މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

04 ޖޫން 2019

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު