Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޖަރުމަނުގެ ކޯޗު ފްލިކް ބުނަނީ އޭނާ އަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް

ފްލިކް ބުނީ ކޮސްޓަރިކާ ކަހަލަ ޑިފެންސް ޓީމަކާ ދެކޮޅަށް ކުޅެން އުނދަގޫވާނެކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2022 | ބުރާސްފަތި 02:31
ޖަރުމަނުގެ ކޯޗު ފްލިކް

ޖަރުމަނުގެ ކޯޗު ފްލިކް

ޖަރުމަނުގެ ކޯޗުކަމުގެ މަގާމުގައި އޭނާ އަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ހަންސީ ފްލިކް ބުނެފިއެވެ.

ފްލިކް މިހެން ބުނީ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޮސްޓަރިކާއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މެޗަށް ނުކުންނައިރު ޖަރުމަނު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ޖަޕާން އަތުން ބަލިވެފައެވެ. ދެ ވަނަ މެޗުގައި އެ ޓީމު ވަނީ ސްޕެއިންނާ އެއްވަރުކޮށްފައެވެ.

ފްލިކް ބުނީ އޭނާ އަށް އެއްވެސް ޕްރެޝަރެއް ނެތްކަން ޔަގީން ކޮށްދޭ ކަމަށެވެ. އަދި ޖަރުމަނާއެކު 2024 ވަނަ އަހަރާ ހަމައަށް އޭނާ އެއްބަސްވުމެއް ހަދާފައިވާނެ ކަމަށެވެ. އޭނާ ބުނީ ޖަރުމަނުން ބޭނުންވަނީ ކުރިއަށް އޮތް މެޗަށް ނުކުމެ، އެ މެޗުގައި ރަނގަޅަށް ކުޅެ ނަތީޖާ ނެރުމަށްފަހު، މިހާރު ޓީމުގައި އޮތް ޕްރެޝަރު ނައްތާލަން ކަމަށެވެ. ފްލިކް ބުނީ ކޮސްޓަރިކާ ކަހަލަ ޑިފެންސް ޓީމަކާ ދެކޮޅަށް ކުޅެން އުނދަގޫވާނެކަން ވެސް އޭނާ އަށް އެނގޭ ކަމަށެވެ. އޭނާ ބުނީ ކޮސްޓަރިކާ މެޗުގައި ވެސް ޖެހޭނީ ސްޕެއިންނާ ދެކޮޅަށް ކުޅުނު ކުޅުން ދައްކަން ކަމަށެވެ.

ފްލިކް ބުނީ ކޮސްޓަރިކާ ކޮޅަށް އަށް ލަނޑު ޖެހުމުގެ ވާހަކަ ދެއްކުމަކީ އެ ޓީމަށް ކުރެވޭ ބޭއިހުތިރާމެއް ކަމަށެވެ. އޭގެ ބަދަލުގައި މެޗުން މޮޅުވެއްޖެ ނަމަ އުފާވާނެ ކަމަށާއި، ބޭނުންވަނީ އެ ގޮތް ކަމަށް ވެސް ފްލިކް ބުންޏެވެ. ފްލިކް ބުނީ ގްރޫޕްގައި ދެން ކުޅެވޭ މެޗުގެ ނަތީޖާ އަކީ ވެސް މުހިންމު އެއްޗަކަށްވުމުން، ޖަރުމަނުން ރަނގަޅު ނަތީޖާއެއް ނެރެން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފްލިކް ބުނީ ދެން ކުރިއަށް ބުރަށް ކޮލިފައިވުމަކީ ޖަރުމަނުގެ އަމިއްލަ އަތް މަތީގައި އޮތް ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ފުރަތަމަ މެޗުގެ ނަތީޖާ ގޯސްވުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެ މެޗުގެ ކަންކަން ދިޔައީ ޕްލޭން ކުރި ގޮތަށް ނޫން ކަމަށާއި، ނަތީޖާ ވެސް ރަނގަޅު ނޫން ކަމަށެވެ. ހަމައެއާއެކު އޭނާ ބުނީ ވޯލްޑް ކަޕްގައި ކުޅުމަކީ ބޮޑު ކަމެއް ކަމަށާއި، ގަދަ 16 ޓީމުގެ ތެރޭގައި ހިމެނެން ވެސް ޖަރުމަނުން ބޭނުންވާ ކަމަށެވެ.

ފްލިކް ބުނީ ކުރިއަށް އޮތް މެޗު ޖަރުމަނުން ކުޅޭނީ ވަރަށް ސީރިއަސްކޮށް ކަމަށާއި، ކުޅުންތެރިން ތިބީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ. އޭނާ ބުނީ ކަންކަން ވާނެ ގޮތެއް ބަލަން ޖެހޭނީ އެ މެޗަށް ފަހު ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ފްލިކް ބުނީ އޭނާ އަށް ޕްރެޝަރެއް ނެތް ކަމަށެވެ. ޚާއްސަކޮށް ޖަޕާން މެޗަށްފަހު ވެސް ޕްރެޝަރެއް ނެތްކަން ފާހަގަ ކުރަމުން އޭނާ ބުނީ، މަގާމާއި މަސައްކަތުގައި އުޅެނީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. މީގެ އިތުރުން ފްލިކް ބުނީ ޓީމަށް އޭނާގެ ފުރިހަމަ އިތުބާރު އޮންނަ ކަމަށާއި، ކުޅުންތެރިން ރޫހު ހުރީ ރަނގަޅަށް ކަމަށެވެ.

މުބާރާތުގައި ޖަރުމަނާއި ކޮސްޓަރިކާ ބައްދަލު ކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު