Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

މޮރޮކޯގެ މެޗަކީ ކެނެޑާ އަށް ފުޓުބޯޅައިގައި ކުރިއަށް ދެވޭނެކަން ދައްކުވައިދޭން ރަނގަޅު މެޗެއް: ހާޑްމަން

މިއަހަރުގެ މުބާރާތަށް ކެނެޑާ އައީ 36 އަހަރުގެ މެދު ކެނޑުމަކަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2022 | ބުރާސްފަތި 02:08
ެކެނެޑާގެ ކޯޗު ހާޑްމަން ޕްރެސްގައި

ެކެނެޑާގެ ކޯޗު ހާޑްމަން ޕްރެސްގައި

މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗަކީ ކެނެޑާ އަށް ފުޓުބޯޅައިގައި ކުރިއަށް ދެވޭނެކަން ދައްކުވައިދޭން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު ޖޯން ހާޑްމަން ބުނެފިއެވެ.

ހާޑްމަން މިހެން ބުނީ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ މޮރޮކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ކުރިމަތިލާއިރު ވެސް ކެނެޑާ ވަނީ މުބާރާތުން ކަޓައިފައެވެ. އެއީ ގްރޫޕް ސްޓޭޖުގައ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ބަލިވެފައި ވުމުންނެވެ.

ހާޑްމަން ބުނީ އެ މެޗަކީ ކެނެޑާގެ ކުޅުންތެރިންނާއި މުޅި ކެނެޑާ އަށް ކުރިއަށް ދާން ލިބޭނެ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށެވެ. އޭނާ ބުނީ ކެނެޑާގެ ސްކޮޑުގައި ތިބި ކުޅުންތެރިންނާއެކު އެ ޓީމުން މިއަހަރުގެ މުބާރާތުގައި ރަނގަޅު ވާދައެއް ކުރި ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި ކެނެޑާ ދެއްކާނެ ކުޅުމަަށް ފުޓުބޯޅަ އަށް ލޯބި ކުރާ އެތައް ބަޔަކު އިންތިޒާރު ކުރި ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި ކެނެޑާ އިން ދައްކައިދިނީ އެ ޓީމަކީ ވެސް ވާދަކުރެވޭ ފެންވަރުގެ ޓީމެއް ކަމަށެވެ. އޭނާ ބުނީ ހިތްވަރު އެލުވާނުލާ، މޮރޮކޯ މެޗަށް ނިކުނެ ބޭނުންވަނީ ތާރީޚު ލިޔަން ކަމަށެވެ. ހާޑްމަން ބުނީ ފާއިތުވި ދުވަސްތަކުގައި ކެނެޑާ އިން ވަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ހާޑްމަން ބުނީ މުބާރާތުގައި ކެނެޑާއަށް މާ ދުރަށް ނުދެވޭނެކަން އިނގޭ ކަމަށެެވެ. ނަމަވެސް އަދިވެސް ކުޅުންތެރިން ތިބީ އެމީހުންގެ އާއިލާ އަދި ސްޕޯޓަރުންނަށްޓަކައި ފަހު މެޗުގައި މޮޅު ކުޅުމެއް ދެއްކުމުގެ އުއްމީދުގައި ކަމަށް ވެސް ހާޑްމަން ބުންޏެވެ.

މިއަހަރުގެ މުބާރާތަކީ ކެނެޑާ އަށް ތާރީޚީ މުބާރާތެކެވެ. މިއީ ގިނަ އަހަރުތަކަކަށްފަހު އެ ޤައުމުން ވޯލްޑް ކަޕްގައި ވާދަ ކުރި ފުރަތަމަ އަހަރެވެ. މިއަހަރު ނޫނީ އެންމެ ފަހުން އެ ޤައުމުން ވޯލްޑް ކަޕްގައި ކުޅުނީ 1986 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތް ކެނެޑާ އިން ނިންމާލީ ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުންނެވެ. މިއަހަރުގެ މުބާރާތަށް ކެނެޑާ އައީ 36 އަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ

20 މެއި 2017
އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ
11 މެއި 2017

ސެލްޓާވިގޯ މެޗަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ މުހިތްމު މެޗު: މޮރީނިއޯ

11 މެއި 2017
ސެލްޓާވިގޯ މެޗަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ މުހިތްމު މެޗު: މޮރީނިއޯ
27 އެޕްރީލު 2017

ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަނީ

27 އެޕްރީލު 2017
ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަނީ
12 އެޕްރީލު 2017

ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

12 އެޕްރީލު 2017
ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު