Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

މޮޅުވާން މަޖުބޫރު މެޗަށް ޓިއުނީޝިޔާ ނިކުންނާނީ އައު ހިތްވަރަކާއެކު

ފެންވަރުގެ ގޮތުން ބަލާއިރު ޓިއުނީޝިޔާ އަކީ މި ގްރޫޕުން ދެ ވަނަ ބުރަށް ދިއުމުގެ އެންމެ ފުރުސަތު ކުޑަ ޓީމު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2022 | ބުދަ 13:55
ޓިއުނީޝިޔާ ޓީމު ޓްރެއިނިންގައި

ޓިއުނީޝިޔާ ޓީމު ޓްރެއިނިންގައި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ ޓިއުނީޝިޔާ ކޮންމެހެން މޮޅުވާން މަޖުބޫރު މެޗެކެވެ.

މޮޅުވެގެން ނޫން ގޮތަކަށް އެމީހުންނަށް ދެ ވަނަ ބުރުން ޖާގަ އެއް ނުލިބޭނެއެވެ. މި ގްރޫޕުގެ އެއްވަނަ ޓީމަކަށްވާނީ ޗެމްޕިއަން ފްރާންސްއެވެ. އަނެއް ތިން ޓީމުގެ ތެރެއިން ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބުން އެންމެ ގާތީ އޮސްޓްރޭލިޔާ އަށެވެ. ޑެންމާކާ ދެކޮޅަށް އެމީހުން ތިބީ ތިން ޕޮއިންޓް ހަމަކޮށްގެންނެވެ. ޑެންމާކާއި ޓިއުނީޝިއާ އަށް ދެ މެޗުން ހޯދިފައިވަނީ އެންމެ ޕޮއިންޓެކެވެ. މިހެންވެ އެންމެ ފަހުގެ ޗެމްޕިއަނުން ބަލިކުރި ނަމަވެސް ޓިއުނީޝިޔާ އަށް ދެ ވަނަ ބުރަށް ދެވޭނީ ގިނަ ގޯލުތަކެއް ޖަހައިގެންނާއި، ޑެންމާކާއި އޮސްޓްރޭލިޔާ މެޗު ހަމަހަމަވެގެންނެވެ. މިހެންވެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ފެންވަރުގެ ގޮތުން ބަލާއިރު ޓިއުނީޝިޔާ އަކީ މި ގްރޫޕުން ދެ ވަނަ ބުރަށް ދިއުމުގެ އެންމެ ފުރުސަތު ކުޑަ ޓީމެވެ.

ޓިއުނީޝިޔާ ކުޅެނީ ކައުންޓަ އެޓޭކްގައި ލިބޭ ބޯޅައެއްގައި ނަތީޖާ ނެރެން ކުޅޭ ކުޅުމެކެވެ. އެމީހުންގެ އެންމެ ގަދަ ޑިޕާޓްމަންޓްކީ ފަހަތެވެ. މި ޑިފެންސް ފޫއަޅުވާ ނުލެވޭނެ ހުރިހާ ގޮތަކަށް ޓީމު ރާވަން އެމީހުން އިސްކަންދެއެވެ. އާއްމުކޮށް ކުޅެނީ 4-3-2-1 އަށެވެ. ނަމަވެސް މިރޭ ޑިފެންސްކޮށްގެން ފަރުޖައްސާލެވޭކަށް ނެތްކަން ހުދު އެމީހުންނަށް ވެސް އެނގޭނެއެވެ.

ޓިއުނީޝިޔާ އަކީ ވޯލްޑްކަޕް މެޗެއް ކާމިޔާބުކުރި އެފްރިކާގެ އެންމެ ފުރަތަމަ ގައުމެވެ. އެއީ 1978 ވަނަ އަހަރު މެކްސިކޯ ބަލިކޮށްގެންނެވެ. އެކަމަކު ޑެންމާކާއި ފްރާންސް އޮތް ގްރޫޕަކުން އެމީހުން ދެ ވަނަ ބުރަށް ދާނެތޯ އެހުމަކީ ޖަވާބުދޭން ދަތި ސުވާލަކަށްވާނެ ކަމަށް އެންމެން ލަފާކުރިކުރުން، މިހާރު އެދަނީ ހަގީގަތަކަށް ބަދަލުވަމުންނެވެ. ފްރާންސަކީ އިހުގައި އެފްރިކާގެ ގައުމުތައް ކުރިން އަޅުވެތިކޮށްގެން އުޅުނު ގައުމަކަށްވެފައި، މި ގައުމުތަކާ ދެކޮޅަށް ފުޓްބޯޅައިގައި ޓިއުނީޝިޔާފަދަ ގައުމުތައް ނުކުތުމަކީ ގިނަބަޔަކު ޝައުގުވެރިވާ ކަމެކެވެ. މިހެންވެ ޓިއުނީޝިޔާއިން ފްރާންސާ ދެކޮޅަށް އައުހިތްވަރެއް ނެރޭނެ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

އޭގެ ސަބަބަކީ މެޗަށް ނުކުންނައިރު ޓިއުނީޝިޔާގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމެވެ. ނަމަވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ފޯވަޑް ވައްހާބް ހަޒްރީ މި ވޯލްޑްކަޕުގައި ކުޅޭތަން ފެނިފައިވަނީ އެންމެ މެޗަކުންނެވެ. އެވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިއާއެކު އޭނާ އަށް ފުރަތަމަ 11 އިން ޖާގަ ދިނުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.

ބަދަލު ކުޅުންތެރިން ނެރުނަސް މިރޭގެ މެޗު ޓިއުނީޝިޔާ އަށް ފަސޭހައެއް ނުވާނެއެވެ. މިރޭގެ މެޗަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި މި ދެގައުމު ކުޅޭ ފުރަތަމަ މެޗެވެ. މީގެ ކުރިން މި ދެ ގައުމުގެ މެޗެއް ފެނިފައިވަނީ 17 އަހަރުން ދަށުގެ ވޯލްޑްކަޕުގައެވެ. އެ ދެ މެޗު ވެސް ފްރާންސް ވަނީ ބަލިވެފައެވެ.

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2022

ޕޮލެންޑު ނިކުންނާނީ ގަދަ 16އާ ބީރައްޓެހި ޓީމުގެ "ޓެގު" ނައްޓާލުމަށް

30 ނޮވެމްބަރު 2022
ޕޮލެންޑު ނިކުންނާނީ ގަދަ 16އާ ބީރައްޓެހި ޓީމުގެ "ޓެގު" ނައްޓާލުމަށް
25 ނޮވެމްބަރު 2022

މާނޭ ނެތަސް ސެނެގާލްއަށް ނަތީޖާ ނެރެން މަޖުބޫރު

25 ނޮވެމްބަރު 2022
މާނޭ ނެތަސް ސެނެގާލްއަށް ނަތީޖާ ނެރެން މަޖުބޫރު
25 ނޮވެމްބަރު 2022

ދަނޑު ބޭރުގެ މައްސަލަތަކުން އިރާން މެޗަށް ނުކުންނާނީ ކުރީގެ ބަލި ހަނދާން ނައްތާލަން

25 ނޮވެމްބަރު 2022
ދަނޑު ބޭރުގެ މައްސަލަތަކުން އިރާން މެޗަށް ނުކުންނާނީ ކުރީގެ ބަލި ހަނދާން ނައްތާލަން
24 ނޮވެމްބަރު 2022

ގާނާގެ ވިސްނުން ހުރީ މެޗަށް، ރޮނާލްޑޯގެ މައްސަލައަކަށް ނޫން

24 ނޮވެމްބަރު 2022
ގާނާގެ ވިސްނުން ހުރީ މެޗަށް، ރޮނާލްޑޯގެ މައްސަލައަކަށް ނޫން
16 ނޮވެމްބަރު 2022

ހަނަފަސްކަމޭ ބުނުމުން ސިފަކުރެވެނީ ހިކިފައި އޮތް ބިމެއްނަމަ، ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު!

16 ނޮވެމްބަރު 2022
ހަނަފަސްކަމޭ ބުނުމުން ސިފަކުރެވެނީ ހިކިފައި އޮތް ބިމެއްނަމަ، ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު!
23 ފެބުރުއަރީ 2022

"އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި"

23 ފެބުރުއަރީ 2022
"އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި"
02 އޯގަސްޓު 2020

މާސްކް އަޅަން މަޖުބޫރުކުރުން: އެއީ ސިޔާސީ އެންގުމެއް ނޫން!

02 އޯގަސްޓު 2020
މާސްކް އަޅަން މަޖުބޫރުކުރުން: އެއީ ސިޔާސީ އެންގުމެއް ނޫން!
22 ފެބުރުއަރީ 2020

ފަނޑުވުމެއްނެތި ވިދަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ 1000 ވަނަ މެޗަށް ތައްޔާރުތަ؟

22 ފެބުރުއަރީ 2020
ފަނޑުވުމެއްނެތި ވިދަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ 1000 ވަނަ މެޗަށް ތައްޔާރުތަ؟
07 ޖެނުއަރީ 2019

ރުއްގަސް ކަނޑަން މަޖުބޫރު ކުރުވާ މަހުޖަނުންގެ ނަން އާއްމު ނުކުރޭތަ؟

07 ޖެނުއަރީ 2019
ރުއްގަސް ކަނޑަން މަޖުބޫރު ކުރުވާ މަހުޖަނުންގެ ނަން އާއްމު ނުކުރޭތަ؟
14 ނޮވެމްބަރު 2018

ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ

14 ނޮވެމްބަރު 2018
ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު