Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީދު ދުވަހުގެ މާރާމާރީ

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި ގުޅިގެން ދައުލަތަށް މުއްދަތު ދޭންޖެހޭތީ އީދު ދުވަހުގެ މާރާމާރީގެ މައްސަލައިގެ އަޑުއެހުން ކެންސަލް

ގާނޫނުގައި ބުނާ ގޮތުން، ހުށަހެޅުންތައް ދިރާސާކުރަން 5 ދުވަހުގެ މުއްދަތެއް ޝަރީއަތުގައި ހިމެނޭ ފަރާތަށް ދޭންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ނޮވެމްބަރު 2022 | ބުދަ 09:12
އީދު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

އީދު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުންގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ބުދަ ދުވަހު އޮތް އަޑުއެހުން ކެންސަލްކޮށްފައިވަނީ، ދިފާއުން، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން، ހުށަހަޅާފައިވާތީ، ގާނޫނުގައި ބުނާ ގޮތުން، އެ ހުށަހެޅުންތައް ދިރާސާކުރަން 5 ދުވަހުގެ މުއްދަތެއް ޝަރީއަތުގައި ހިމެނޭ ފަރާތަށް ދޭންޖެހޭނެކަމަށް ބުނެފައިވާތީއެވެ. އެހެންކަމުން ދިފާއުން ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅިގެން އެ ހުށަހެޅުން ދިރާސާކުރުމަށް ދައުލަތަށް 5 ދުވަސް ދޭންޖެހޭތީ ކޯޓުން ވަނީ ބުދަ ދުވަހުގެ އަޑުއެހުން ކެންސަލްކޮށްފައެވެ.

އެންމެ ފަހުން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ސ ހުޅުދޫ ނާދީ މުނާޒު ޖައުފަރާއި، ގއ މާމެންދޫ ގުލޭނޫރަންމާގޭ އަޙުމަދު ރަބީއުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި މައްސަލައިގައި މުނާޒު ޖައުފަރުގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެެ. 

އަޙުމަދު ރަބީއުގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެއްޖެނަމަ އަންނާނީ 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ޙުކުމެކެވެ.

މި މައްސަލައިގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، 7 ސެޕްޓެމްބަރުގައި އެ ދައުވާތަކުގ ގުޅޭ އަޑުއެހުމެއް ބޭއްވިއެވެ. އެ އަޑުއެހުމުގައި ދިފާއުން ވަނީ ދައުވާލިބޭ ފަރާތްތައް ރިމާންޑް ޖަލަކަށް ބަދަލު ކުރެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަމާ ގުޅިގެން ދައުލަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަށް ސިޓީވެސް ފޮނުވާފައިވާނެ ކަމަށެވެ.

މި އަޑުއެހުމުގައިވެސް ދިފާއީ ވަކީލު ޝަޒްމީ އަހުމަދު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ކަރެކްޝަންސްއިން އެކަމާ ގުޅޭގޮތުން އަދި ޖަވާބެއް ދީފައިނުވާ ކަމަށާއި، ދައުލަތުން އަނެއްކާވެސް ސިޓީއެއް ފޮނުވާނެ ކަމަށެވެ.

ދައުލަތުން އެދިފައިވާ ގޮތަށް މި އަޑުއެހުމުގައި ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރެއްވެސް ނެރުއްވާފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ލޫތު އަހުމަދު އާސިފް، މައުސޫމު މުޙައްމަދު ދީދީ އަދި އަހުމަދު ސާތިއުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މީހަކަށް ނުރައްކާތެރި ހަނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުުގެ ކުށުގެ ދައުވާއެވެ. އޭގެ އިތުރުން، ޙަސަން ޒިޔާން އިބްރާހިމްއާއި، އަހުމަދު ސިމްހާޒްގެ އިތުރުން، އަހުމަދު ނާޒިހުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.  

މާރާމާރީ ހިންގުމުގެ ދައުވާތައް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެެ. އަދި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެއްޖެނަމަ އަންނާނީ 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ޙުކުމެކެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު