Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

މިހާތަނަށް ފްރާންސް ޓީމުން ފެނުނީ ކުޅުންތެރިންގެ މޮޅުކަމާއި ކޯޗުގެ ރޭވުންތެރިކަން

ސައްތައިން ސައްތަ ރެކޯޑަކާއެކު ދެ ވަނަ ބުރަށް ދަތުރުކުރީ ޓީމުގެ ކުޅުދާނަކަން ސާބިތުކޮށްދެމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2022 | ބުދަ 07:38
ފްރާންސް ޓީމު ޓްރެއިނިންގައި

ފްރާންސް ޓީމު ޓްރެއިނިންގައި

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޓިއުނީޝިޔާއާ ދެކޮޅަށް ނުކުންނައިރު ފްރާންސް ވަނީ މުބާރާތުގެ ދެ ވަނަ ބުރުގައެވެ.

މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު އެންމެ ފަހުގެ ޗެމްޕިއަނުން ދެ ވަނަ ބުރަށް ދަތުރުކުރީ ޓީމުގެ ކުޅުދާނަކަން ސާބިތުކޮށްދެމުންނެވެ. މުހިންމު އެތައް ކުޅުންތެރިންނެއް އަނިޔާގެ ސަބަބުން ވޯލްޑްކަޕް ސްކޮޑުގައި ނުހިމެނުނު ނަމަވެސް ފްރާންސްގެ ކުޅުންތެރިންގެ މޮޅުކަމާއި ކޯޗުގެ ރޭވުންތެރިކަން ދިޔައީ މުޅި ދުނިޔެ އަށް ސާބިތުކޮށްދެމުންނެވެ. މިހެންވެ މިރޭ ފްރާންސް ޓީމުން ބަދަލުތަކެއް ފެނިގެންދާނެއެވެ.

އެކަމަކު ފޯވާޑް ކީލިއަން އެމްބާޕޭ މިރޭގެ މެޗުގައި ވެސް ފުލްކޮށް ކުޅޭނެއެވެ. ކޯޗު ޑިޑިއޭ ޑެޝޯން ބުނީ ދެ ވަނަ ބުރުގައި އޮތުމަކީ ރިސްކު ނަގަންޖެހޭ ކަމެއް ނޫން ކަމަށާއި އެމްބާޕޭ އަކީ މުބާރާތުގައި ތަށި ހޯދުމުގެ އިތުރަށް އިންޑިވިޖުއަލް އެވޯޑްތަކަށް ވެސް ވާދަކުރެވޭނެ ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް މި މެޗާ ކުރިމަތިލާއިރު އޭނާ އަށް 8000 ޕައުންޑްގެ ސަސްޕެންޝަނެއްގެ ބިރު ވަނީ ކުރިމަތިވެފައެވެ. އެއީ މެޗުތަކަށް ފަހު ޕްރެސް ކޮންފަރެންސްއަށް ދާން ދެކޮޅު ހަދާތީއެވެ. ފްރާންސްގެ ކޭމްޕުން ބުނާ ގޮތުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕްރެސް އަށް ދާން ދެކޮޅު ހަދަނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ އެކު އޭނާގެ ކުރިމަގު އޮތްގޮތާ މެދު ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ނުދޭން ވެގެންނެވެ. ގިނަ ބަޔަކު ސިފާކުރާ ގޮތުގައި ޕީއެސްޖީއާ އާއި އެމްބާޕޭގެ ގުޅުން ރަނގަޅެއް ނޫނެވެ.

ވަކިވަކި ކުޅުންތެރިންގެ ތެރެއިން ޑިފެންޑަރު ރަފެއޭލް ވެރާން މި މެޗުގައި ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާގެ އުކުޅުވަޅަށް ހާނިއްކަވެފައިވާތީ އޭނާ ލައްވައި ކުޅުވައިގެން ކުރިއަށް ހުރި މެޗުތަކަށް ހުރަސް އެޅޭކަށް ކޯޗު ބޭނުމެއް ނުވެއެވެ. ނަމަވެސް ފޯވާޑް އޮލީވިއޭ ޖީރޫޑް މެޗުގައި ކުޅެން ކެތްމަދުވެފައި ހުރީ އޭނާގެ ކުރިމަތީގައި އޮތް އުފާވެރި ރެކޯޑެއްގެ ސަބަބުންނެވެ. ޖީރޫޑް ވަނީ މިހާތަނަށް ގައުމީ ޓީމަށް 51 ގޯލު ޖަހާފައެވެ. މިހެންވެ އިތުރަށް އެންމެ ގޯލެއް ޖެހުނަސް ފްރާންސްގެ ކުރީގެ ފޯވަޑް ތިއޭރީ އޮންރީ ފަހަތަށް އެއްލާލައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ޖީރޫޑަށް ހޯދޭނެއެވެ. އޭނާ އަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށްވާނީ ވޯލްޑް ކަޕް މެޗެއްގައި ގޯލު ޖަހައިގެން މި ރެކޯޑް އަމިއްލަ ކުރުމެވެ.

ފްރާންސް ވޯލްޑްކަޕް 2018 ކާމިޔާބުކުރި އިރު އެންމެ ބޮޑަށް ފެނުނީ ޑިފެންސިވްކޮށް ޓީމުގެ ވަރުގަދަކަމެވެ. މުޅި ޓީމުގެ ރޭވުންތެރިކަން ފުރިހަމައެވެ. ނަމަވެސް ޔޫރޯ 2020 ގައި ސްވިޒަލޭންޑްގެ ދެމެހެއްޓެނެވި ގޮތެއްގައި އެއްވާނެއްގައި ކުޅުމުގެ ނަތީޖާއަކަށްވީ އެމީހުން އަތުން ބަލިވެ ފްރާންސް ކެޓުމެވެ. މިއީ ކޯޗު ޑެޝޯމްޕްގެ 3-4-1-2 ގެ ފޯމޭޝަނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމުގެ ހެއްކެކެވެ. މިކަން ކުރުމަށް ފްރާންސްގައި ތަރިން މަދެއް ނޫނެވެ. އެކަމަކު ޓީމުގެ އެކި މަގާމުތަކުގެ ތެރެއިން ސުވާލު އުފެދޭ ހަމައެކަނި މަގާމަކީ ކަނާތު ބެކެއްގެ މަގާމެވެ. ބެންޖަމިން ޕަވާޑަކީ އެޓޭކުގައި ވަރަށް ރަނގަޅަށް ބައިވެރިވާ ކަނާތު ބެކެކެވެ. ކިންގްސްލީ ކޯމަން އެމަގާމަށް ފިޓްކުރަން އުޅުނަސް އެކަން މާބޮޑަށް ކާމިޔާބެއްނުވިއެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2020

ކީރިތި ކުރައްވައި ރައީސް ދެއްވި ޚާއްސަ މެސެޖުން ފެނުނީ ރައްޔިތުންނަށް އޮތް ލޯބި

15 އެޕްރީލު 2020
ކީރިތި ކުރައްވައި ރައީސް ދެއްވި ޚާއްސަ މެސެޖުން ފެނުނީ ރައްޔިތުންނަށް އޮތް ލޯބި
17 މާރިޗު 2020

ކޮވިޑް-19: މިހާތަނަށް ޕޮޒިޓިވްވެފެއިވާ ސިޔާސީ ފަރާތްތަކާއި އެހެނިހެން ފަންނާނުން

17 މާރިޗު 2020
ކޮވިޑް-19: މިހާތަނަށް ޕޮޒިޓިވްވެފެއިވާ ސިޔާސީ ފަރާތްތަކާއި އެހެނިހެން ފަންނާނުން
07 ޑިސެމްބަރު 2019

ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ

07 ޑިސެމްބަރު 2019
ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ
09 ޖޫން 2019

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

09 ޖޫން 2019
ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
05 ފެބުރުއަރީ 2019

މިއަދަކީ ކޮން ދެ ކުޅުންތެރިންގެ އުފަންދުވަސްކަން އެނގޭތަ؟

05 ފެބުރުއަރީ 2019
މިއަދަކީ ކޮން ދެ ކުޅުންތެރިންގެ އުފަންދުވަސްކަން އެނގޭތަ؟
16 އޮކްޓޯބަރު 2018

ސާފް ސުޒުކީ ކަޕް ރާއްޖެއިން ހޯދިތާ އެއް މަސް، ކުޅުންތެރިންގެ އަގު ވަޒަން ނުކުރޭ!

16 އޮކްޓޯބަރު 2018
ސާފް ސުޒުކީ ކަޕް ރާއްޖެއިން ހޯދިތާ އެއް މަސް، ކުޅުންތެރިންގެ އަގު ވަޒަން ނުކުރޭ!
25 ސެޕްޓެމްބަރު 2018

އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

25 ސެޕްޓެމްބަރު 2018
އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން
21 ސެޕްޓެމްބަރު 2018

އިބޫގެ ކެމްޕެއިން ދަތުރުފުޅުތައް: ތާއީދު ފެނުނީ ކިހިނެއް؟

21 ސެޕްޓެމްބަރު 2018
އިބޫގެ ކެމްޕެއިން ދަތުރުފުޅުތައް: ތާއީދު ފެނުނީ ކިހިނެއް؟
01 ޖެނުއަރީ 2018

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ
06 އޯގަސްޓު 2017

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު