Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ

މުހިއްމު ގިނަ ބިލްތަކެއް ފާސްކޮށްފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2019 | ހޮނިހިރު 14:43
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީީޕީއަށް ނެތުމަކީ އެ ޕާޓީން ދެކޭ ގޮތުގައި ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ވެއްޓުމެކެވެ. އޭރު މަޖިލީސް ތެރޭގައި ކަން ހިނގައިގެން ދިޔަ ގޮތް ހަމަ އެންމެ ރަނގަޅަށްވެސް އެނގޭނީ އެ ޕާޓީ އަށެވެ. އޭރުގެ ސަރުކާރުން މަޖިލީސް ހިންގީ އެބައި މީހުން ބޭނުންވާ ގޮތަަކަށެވެ.

އިދިކޮޅުގައި އޮތް އެމްޑީޕީ އަށް މަޖިލީހުގައި ބަހެއް ކިޔަންވެސް އޭރަކު ފުރުސަތެއް ނުލިބެއެވެ. އެ ހުރިހާ ވޭނެއް ތަހައްމަލުކޮށް، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ހޯދުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕާޓީ ނިކުތީ ވަރަށް ފޯރިއާއި ޖޯޝުގައެވެ. އެ ނިކުތް ގޮތަށް އެންމެން އެކައްޗެއް ކިޔާފައި، ގިނަ މީހުން ހީކުރި ގޮތާއި ޙިލާފަށް އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ.

އެ ހިސާބުން އެނގިގެން ދިޔައީ، އެއީ ގިނަ ރައްޔިތުންވެސް ބޭނުންވެފައި ތިބި ބަދަލެއް ކަމެވެ. މީގެ ކުރިން މަޖިލިހުގައި ތިއްބެވި ގިނަ މެމްބަރުންތަކެއް ބޭރުކޮށްލުމަށް ފަހު، އެމްޑީޕީއަށް މަޖިލީހުގެ ގޮނޑިތައް ދިނީ ވައުދުވީ އިސްލާހުތަކަށް ފެންބޮވައިގަނެފައި ތިބި ރައްޔިތުންތަކެއް ކަމާއި މެދު ޝައްކެއްވެސް ނެތެވެ.

19 ވަނަ މަޖިލީހުގެ ރައީސަކަށް އިންތިހާބު ކުރެވިގެން ދިޔައީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ގައުމަށް ޑިމޮކްރެސީ ގެނައުމުގެ ބާނީ، ކުރީގެ ރައީސް ނަޝީދެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މުޅި މަޖިލިސް ހިންގާ ގޮތަށް ބަދަލު އައުމެވެ. ކުރިން ތިބި ރައީސުން އަމަލު ކުރެއްވި ގޮތާއި މުޅިން ހިލާފަށް، މަޖިލީހުގެ ކަންކަމުގައި ވަރަށް ބޮޑަށްވެސް ގަޔާވެގެން، ކަމާއި ވެގެން އުޅުއްވާ ރައީސެކެވެ.

މި ތަފާތު މި ދައުރުގެ ފުރަތަމަ ޖަލްސާއިން ވެސް މަޖިލީހުގެ ތަޅުމުން ފެންނަން ފެށިއެވެ. ކުރިން ''މަރުވެފައި'' އޮތް މަޖިލީހަށް ދިރުމެއް ލިބި ފުލުފުލުގައި ކޮމިޓީތައް އުފެދި ޖަލްްސާތަކުގެ ގަޑިތައް އިތުރު ކުރެވެން މާގިނަ ދުވަހެއް ނުނެގިއެވެ. މެމްބަރުން ކުރަންވި މަސައްކަތް ގިނަވިއެވެ.

ހޮނިހިރު ދުވަހު 19 ވަނަ މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާ ނިންމާލިއިރު މި ދައުރުގައި މަޖިލީހުން މުހިއްމު އެތައް މަސައްކަތެއް ވަނީ ކޮށްފައެވެ. ދައުރު ތެރޭގައި 11 ބިލެއްގެ މަޖިލީހުން ފާސްކޮށް ކޮމިޓީ މަރުހަލާގައި އަށްބިލެއް މިހާރުވެސް އެބައޮތެވެ. ދައުރުގެ އެންމެ ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ، މަޖިލީހުގެ ވޯޓުން ފަނޑިޔާރުން މަގާމުން ވަކިކުރުމެވެ. ކިލަނބުވެފައި އޮތް ފަނޑިޔާރުގެ މިނިވަން ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވަނީ މަޖިލީހުން ވަކިކޮށްފައެވެ. ރާއްޖޭގެ ސުޕްރީމް ކޯޓަކަށް އަލަން އަންހެން ދެ ފަނޑިޔާރުންވެސް ވަނީ އައްޔަން ކުރަންވެސް 19 ވަނަ މަޖިލީހުން ވަނީ ރުހުން ދީފައެވެ. ކޮރަޕްޝަން ފަޅާއަރުވާ ފަރާތްތަކަށް ހިމާޔަތްދޭ ބިލާއި، އާމްދަނީން ޓެކްސް ނެގޭ ބިލާއި ރަށްރަށުގެ ކައުންސިލްގެ 30 އިންސައްތަ އަންހެނުން އިންތިހާބު ކުރެވޭ ގޮތަށް ކަނޑައަޅާ ބިލްވެސް ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ މަސައްކަތްތައް މިހާ ބާރަށް ކުރިޔަށް ގެންދެވިފައިމިވަނީ ހަމަ ގައިމުންވެސް މަޖިލީހުގެ ރިޔާސާތުގައި ހުންނަވަ ރައީސް ނަޝީދުގެ ވަރަށް ވެސް މިންނަތް މަސައްކަތުންނެވެ. އެއީ މަޖިލީހުގެ ޖަލްސާތައް ކިތަންމެ ގިނަ އިރެެއްވަންދެން ކުރިޔަށް ގެންދަން ޖެހުނަސް އެ ދުވަަހަކަށް ހުރި މަސައްކަތްތައް ނިންމުމަށް ފަހު ނޫނީ މަޖިލީސް ނިންމަވާލައްވާކަށް އެމަނިކުފާނު އެއްވެސް ގޮތަކަށް ބޭނުންފުޅެއް ނުވެއެވެ.

މަޖިލީހުގެ މަސައްކަތް ކުރިޔަށް ދިޔައިރު 18 ވަނަ މަޖިލީހާ ހިލާފަށް އިދިކޮޅު މެމްބަރުންނަށް އެ މެމްބަރުންގެ އަޑު މަޖިލީހުގައި އިއްވުމުގެ ފުރުސަތު ހަމަ ހަމަޔަށް ލިބެއެވެ. އެ މެމްބަރުން އެކި ކަންކަމާއި ގުޅިގެން މަޖިލީހުގެ ތެރޭގައި ކުރި އިހްތިޖާޖުތައް ވެސް މަދެއް ނޫނެވެ. އެކަމަކު އެ ހުރިހާ ކަމެއް ހިނގިއިރުވެސް ނަޝީދު ބޭނުންވީ އެ މެމްބަރުންގެވެސް ބައިވެރިވުމާއި އެކު އިދިކޮޅުގެ އަޑު ކަނޑުވާނުލައި އެ ފުރުސަތުތައް ވެސް ދިގެން ކުރިއަށް ގެންދިޔުމަށެވެ. މަޖިލީހުގެ ހުރިހާ ބާރެއް އޮވެމެ ނަޝީދު އިސްކުރެއްވީ ކެތްތެރި ކަމެވެ. މަޖިލީހުގެ ރައީސް ވިދާޅުވާ ގޮތުންނަމަ އެމަނިކުފާނު މަޖިލީސް ހިންގަން ބޭނުންފުޅު ވަނީ ކްލާސް ރޫމެއް ގޮތަށެވެ. ހަމަ ހަގީގަތަށްވެސް މި ފަހަރުގެ މަޖިލީހުން ފެނިގެން ދިޔައީ ޓީޗަރު ބުނަ ގޮތަށް ދަރިވަރުން އަމަލުކުރި ތަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކީރިތި ކުރައްވައި ރައީސް ދެއްވި ޚާއްސަ މެސެޖުން ފެނުނީ ރައްޔިތުންނަށް އޮތް ލޯބި

ކީރިތި ކުރައްވައި ރައީސް ދެއްވި ޚާއްސަ މެސެޖުން ފެނުނީ ރައްޔިތުންނަށް އޮތް ލޯބި

15 އެޕްރީލު 2020
މުސްތަގުބަލަށް ބޭނުންވާހައި ތަޖުރިބާ، މާޒީން ދިވެހިން ޙާސިލްކުރި ރޯގާއެއް!

މުސްތަގުބަލަށް ބޭނުންވާހައި ތަޖުރިބާ، މާޒީން ދިވެހިން ޙާސިލްކުރި ރޯގާއެއް!

12 މާރިޗު 2020
ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

01 އެޕްރީލު 2019
އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

04 ނޮވެމްބަރު 2018
އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

25 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު