Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލަ

މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލަ: ގޮވާ އެއްޗެއް ހަދަން ބޭނުން ކުރެވިދާނެ ތަކެތީގެ މައުލޫމާތު ފޯނުން ފެނުނު - ހެކި

ފޮރެންސިކް އެކްސްޕަރޓް ތައްޔާރުކުރި 4 ރިޕޯޓްގެ ތެރެއިން 3 ރިޕޯޓަކީ ރާޒީއާ ގުޅުންހުރި ރިޕޯޓް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ނޮވެމްބަރު 2022 | އަންގާރަ 14:03
މަޑުއްވަރީ ޕޮލިސް އޮޕަރޭޝަން

މަޑުއްވަރީ ޕޮލިސް އޮޕަރޭޝަން

ރ. މަޑުއްވަރީގައި, ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރާ މައްސަލައިގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ ހެކީގެ ތެރެއިން ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އެނަލައިޒްކޮށް ބެލިބެލުމުން، ގޮވާތަކެތި އުފައްދަން ބޭނުންކުރެވިދާނެ ކަަމަށް ބެލެވޭ ތަކެތީގެ މައުލޫމާތު ފެނިފައިވާކަމަށް އެ މައްސަލައިގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި އެކްސްޕަރޓް، ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުންގެ ތަފްސީލަށް ބަލާއިރު އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހެއްގެ މައްޗަށް (ޓެރަރިޒަމްގެ ގާނޫނުގެ ދަށުން) ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ. އޭގެތެރޭގައި ހިމެނެނީ މަޑުއްވަރިއަށް ނިސްބަތްވާ އިބްރާހީމް ޖިހާދުއާއި، ހަސަން ރާޒީއާއި، ހަސަން ސިޔާދުއާއި، އާދަމް ސުހައިލްއާއި، ނ. މަނަދޫއަށް ނިސްބަތްވާ އިބްރާހީމް ޝިބުނީއެވެ. މީގެ އިތުރުން އިބްރާހީމް ޖިހާދުއާއި، ހަސަން ރާޒީއާއި އާދަމް ސުހައިލްގެ މައްޗަށް، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުމުގެ ކުށުގެ ދައުވާވެސް ވަނީ ކޮށްފައެވެ. އޭގެ ތެރެއިން، އަންގާރަ ދުވަހު ކުރިއަށްގެންދިޔައީ ޝިބުނީ ފިޔަވައި ދެންތިބި މީހުންގެ ޝަރީއަތުގެ އަޑުއެހުމެވެ.

Advertisement - newsAdvertisement

ދައުވާ އުފުލާފައިވާ 4 މީހުންވެސް ދައުވާއަށް ކުރީ އިންކާރެވެ. މި މައްސަލައިގައި ހައްޔަރުކުރި ރާޒީގެ މައްޗަށް ވަނީ (ގާނޫނުލް އުގޫބާތުގެ ދަށުން) އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކޮށްފައެވެ. އެ ދައުވާއަށްވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ. އޮރިޔާން ކާޑު އުފެއްދުމުގެ މައްސަލައިގައި އެކްސްޕަރޓްގެ ހެކިބަސް ނެގުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ފޮރެންސިކް އެކްސްޕަރޓް ތައްޔާރުކުރި 4 ރިޕޯޓްގެ ތެރެއިން 3 ރިޕޯޓަކީ ރާޒީއާ ގުޅުންހުރި ރިޕޯޓެވެ. ބާކީ އޮތް ރިޕޯޓަކީ ޖިހާދުއާ ގުޅުންހުރި ރިޕޯޓެކެވެ. މި މައްސަލައިގައި ހޯދާފައިވާ ފޯނުން ފެނުނު މައުލޫމާތުތަކުގެ ތަފްސީލް ހިއްސާކުރަމުން ޝަރީއަތުގެ މަޖިލީހުގައި ހެކިވެރިޔާ ބުނީ، ގޮވާއެއްޗެއް ހަދަން ބޭނުން ކުރެވިދާނެ ތަކެތި ފެންނަން ހުރި ފޮޓޯތަކެއް އެ ފޯނުގައި ހުރި ކަމަށެވެ. އެއީ ގޮވާ އެއްޗެއް އުފައްދަން ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް ބުނަނީ، އޭނާއަށް ލިބިފައިހުރި ތަމްރީނާއި އިލްމުގެ އަލީގައި ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ. އަދި ހަނގުރާމަމަތީގެ މަންޒަރު ފެންނަ ފޮޓޯތަކާއި އެ މީހުންގެ މީޑިއާއާއި ޓެރަރިޒަމަށް ސަޕޯޓްކުރާ ދިދަ ފެންނަ ފޮޓޯތައް ހުރިކަަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ދިފާއުން، ހެކިވެރިޔާއާ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވިއެވެ. އެގޮތުން ބައެއް ޑޮކިއުމެންޓްތައް އެއްކޮށް ކިޔާފައި ނުވާކަަމަށް އޭނާ ބުނުމުން، އެއްކޮށް ނުކިޔައި އެ ރިޕޯޓް އެކުލަވާލިގޮތާމެދު ސުވާލު އުފައްދާފައިވެއެވެ. އަދި އަރަބި ބަހުން ހުރި ގިނަ ޑޮކިއުމެންޓްތައް ހިމެނޭއިރު، އަރަބި ނޭނގި އެ ރިޕޯޓް އެކުލަވާލިގޮތާމެދު ވެސް ސުވާލު އުފެއްދިއެވެ. ޖަވާބުގައި ހެކިވެރިޔާ ވަނީ، އޭނާ އަރަބި ލިޔުންތަކާމެދު އެކްސްޕަރޓް އޮޕީނިއަން ހޯދިކަމަށާއި ތަރުޖަމާނެއްގެ އެހީ ހޯދާފައިވާ ކަަމަށް ބުނެފައެވެ.

އަންގާ ދުވަހުގެ އަޑު އެހުމުގައި، މި މައްސަލައިގެ ހެކި ހޯދުމަށް ބަލައިފާސްކުރި ދެ ފުލުހަކު ވަނީ ހާޒިރުކޮށްފައެވެ. އެ ދެ ހެކިވެރިން ވަނީ، ބަލައިފާސްކުރީ ކޯޓު އަމުރެއްގެ ދަށުން، ގޭގެ ވެރިފަރާތުގެ ހާޒިރުގައި ކަމަށް ބުނެފައެވެ. އަދި އެ ތަކެތި ހޯދާފައި ވަނީ ރ. މަޑުއްވަރީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށްވެސް ހެކިވެރިން ވަނީ ބުނެފައެވެ.

މި މައްސަލަ ބައްލަވާ ގާޒީ ވަނީ، އަންނަ ޑިސެމްބަރު މަހު މައްސަލައިގެ އަޑު އެހުމެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެ މަހުގެ ތެރޭގައި ކޯޓު ރިސެސްއަށް ދާތީ މައްސަލަ ތާވަލް ނުކުރެވުން އެކަށީގެންވާ ކަމަށާއި، އެ ހާލަތުގައި ޖެނުއަރީ މަހުގެ ތެރޭގައި މައްސަލައިގެ އަޑު އެހުމެއް ބާއްވާނެ ކަަމަށް ގާޒީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު