Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ވޭލްސް އަކީ ވަރުގަދަ ބައެއް، ތައްޔާރުވާނީ އެންމެ ފުރިހަމަ އަށް: ސައުތުގޭޓް

ކުރިން ދެ މެޗުގައި ދެއްކި ކުޅުމާއެކު ސައުތުގޭޓް ޓީމުގެ ކުުންތެރިންނަށް އިތުބާރު ކުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2022 | އަންގާރަ 11:56
އިންގްލެންޑުގެ ކޯޗު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗު ސައުތުގޭޓް

ވޭލްސް އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ މީހުންނާ ދެކޮޅަށް ވެސް ނިކުންނާނީ އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފިއެވެ.

ސައުތުގޭޓް މިހެން ބުނީ ފީފާ ވޯލްޑް ކަޕް ގްރޫޕް ބީގެ ފަހު މެޗުގައި ވޭލްސްއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ވޭލްސްއަކީ މޮޅު ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ފަޚުރުވެރި ޓީމެއް ކަމަށެވެ. އެހެންކަމުން ވޭލްސްއާ ދެކޮޅަށް ނިކުންނާނީ ވެސް ކުރިން ދެ މެޗަށް ތައްޔާރުވީ ގޮތަށް ކަމަށް ސައުތުގޭޓް ބުންޏެވެ. ސައުތުގޭޓް ފާހަގަ ކުރި ގޮތުގައި ވޭލްސް ގައި ތިބި ކުޅުންތެރިންނަކީ ކުލަބު ލެވެލްގައި ވެސް ވަރަށް މޮޅަށް ކުޅޭ، އަދި ކުޅެފައިވާ ކުޅުންތެރިން ކަމަށެވެ. އެހެންކަމުން ޖުމުލަ ގޮތެއްގައި ވޭލްސް ޓީމު މިހާރު އޮންނާނީ ވަރަށް ރަނގަޅު ރޫޙެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ ވޭލްސް ޓީމުގެ ކުޅުން ބައްޓަން ކުރަމުން އަންނަނީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށާއި، ކޮލިފައިންގައި އެމީހުންގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. އޭނާ ބުނީ އެ ހުރިހާ ކަންކަމަށްވުރެ އިންގްލެންޑުން އިސްކަން ދޭން ޖެހޭނީ އެ މީހުންގެ އަމިއްލަ ކުޅުމަށް ކަަމަށާއި، މެޗުގައި އެ މީހުންގެ ގޭމް ކުޅުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މެޗުގައި އިނގިރޭސި ކެޕްޓަން ހެރީ ކޭން ފެންނާނެތޯ ސުވާލު ކުރުމުން ސައުތުގޭޓް ބުނީ މެޗުން މޮޅުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އެހެންކަމުން މެޗުގައި ކޭން ކުޅޭނެ ކަމަށް އޭނާ ބުންޏެވެ. ސައުތުގޭޓް ބުނީ މިހާރު ކޭން ހުރީ ފިޓުކޮށް ކަމަށާއި، ޓީމުގެ ފަރިތަކުުރުންތަކުގައި ވެސް ކޭން ވަނީ ރަނގަޅަށް މަސައްކަތް ކޮށްފައި ކަމަށެވެ. އެހެންކަމުން މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އެމީހުންގެ އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ. ސައުތުގޭޓް ބުނީ ކުރިން ދެ މެޗުގައި ދެއްކި ކުޅުމާއެކު އޭނާ ޓީމުގެ ކުުންތެރިންނަށް އިތުބާރު ކުރާ ކަމަށެވެ.

އިންގްލެންޑާއި ވޭލްސް ބައްދަލު ކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު