Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެވެށި ގުޅުން ކެމްޕޭން

ގެވެށި ގުޅުން ކެމްޕޭންގައި ހިމެނޭ ކުޑަކުދިންގެ ވާހަކަ ފޮތާއި ސާސްތުރަ މަޖައްލާގެ އޯޑިއޯ އަދި ވީޑިއޯ ލަވަ ލޯންޗްކޮށްފި

29 ނޮވެމްބަރު 2022 | އަންގާރަ 11:29

ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒްއަކީ 6 އަހަރުން މަތީގެ ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ސީރީޒްއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ނޮވެމްބަރު 2022 | އަންގާރަ 11:29
ގެވެށި ގުޅުން ކެމްޕޭންގެ ތެރެއިން ކުޑަކުދިންގެ ވާހަކަ ފޮތް ނައިބް ރައީސް ނެރެދެއްވަނީ

ގެވެށި ގުޅުން ކެމްޕޭންގެ ތެރެއިން ކުޑަކުދިންގެ ވާހަކަ ފޮތް ނައިބް ރައީސް ނެރެދެއްވަނީ

ގެވެށި ގުޅުން ކެމްޕޭންގައި ހިމެނޭ ކުޑަކުދިންގެ ވާހަކަ ފޮތާއި ސާސްތުރަ މަޖައްލާގެ އޯޑިއޯ އަދި ވީޑިއޯ ލަވަ ލޯންޗްކޮށްފިއެވެ.

ގެވެށި ގުޅުން ކެމްޕޭންގައި ހިމެނޭ ކުޑަކުދިންގެ ވާހަކަ ފޮތާއި ސާސްތުރަ މަޖައްލާގެ އޯޑިއޯ އަދި ވީޑިއޯ ލަވަ ލޯންޗްކޮށްދެއްވީ ނައިބްރައީސް ފައިސަލް ނަސީމެވެ.

“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ މި އުފެއްދުންތައް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ،  މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ޖީހާން މަޙުމޫދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތުން އިފްތިތާހް ކުރެވުނު މަޖައްލާގެ އޯޑިއޯ ވަރޝަންއަކީ 2022 ފެބުރުވަރީ 22 ވަނަ ދުވަހު ޝާއިޢުކުރި “ސާސްތުރަ” މަޖައްލާގެ އޯޑިއޯ ވަރޝަންއެވެ. ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒްއަކީ 6 އަހަރުން މަތީގެ ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ. މި ސީރީޒްގައި ޖުމްލަ 6 ފޮތް ހިމެނެއެވެ. މި ވާހަކަފޮތް ސީރީޒްއަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އެސްކޫލެއްގެ އާބަދީގެ ނިސްބަތުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ ފޮތްތަކެކެވެ. އަދި މިއަދު ލޯންޗްކުރެވުނު ވީޑިއޯ ލަވައަކީ ޢާއިލީ ގުޅުން ބަދަހި ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލަވައެކެވެ.

މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން މިހާތަނަށް ގިނަ ޙަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިތުރަށް ކިޔާލަން

16 މެއި 2017

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަނީ

16 މެއި 2017
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަނީ
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
01 މެއި 2017

ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ

01 މެއި 2017
ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް