Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފުޓުބޯޅައިގައި ޤަތަރަށް ކުރިއަށް ދެވޭނެ، ހިތްވަރާއެކު މަސައްކަތް ކުރާނެ

ވޯލްޑް ކަޕާއެކު ޤަތަރުން އައު ޗެޕްޓާއެއް ނިންމާލަނީ، ދެން އޮތީ ކުރިއަށް އޮތް ޗެޕްޓާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ނޮވެމްބަރު 2022 | އަންގާރަ 02:06
ޤަތަރުގެ ކޯޗު ސަންޗޭޒް ޕްރެސްގައި

ޤަތަރުގެ ކޯޗު ސަންޗޭޒް ޕްރެސްގައި

ފުޓުބޯޅައިގައި ޤަތަރަށް އަދިވެސް ކުރިއަށް ދެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ފެލިކްސް ސަންޗޭޒް ބުނެފިއެވެ.

ސަންޗޭޒް މިހެން ބުނީ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ކުރިމަތިލާއިރު ޤަތަރު ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެ އެ ޓީމު އޮތީ ގްރޫޕް އޭގެ ފުލުގައެވެ. ޕްރެސްގައި ވާހަކަ ދައްކަމުން ސަންޗޭޒް ބުނީ، ފާއިތުވި އަހަރުތަކުގައި ޤަތަރުން ތަފާތު މަސައްކަތްތަކެއް ކުރި ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕާއެކު ޤަތަރުން އައު ޗެޕްޓާއެއް ނިންމާލަނީ ކަމަށާއި، ދެން އޮތީ ކުރިއަށް އޮތް ޗެޕްޓާއަށް ތައްޔާރުވުން ކަމަށެވެ.

މީގެ އިތުރުން ސަންޒޭޒް ބުނީ ވޯލްޑް ކަޕްގެ ދަތުރުގައި ޤަތަރުން ކުޅުނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކަމަށެވެ. އެގޮތުން އެފްރިކާގެ ޗެމްޕިއަން ސެނެގާލް އަދި ސައުތު އެމެރިކާގައި ނަން ހިނގާ އިކުއެޑޯ ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ދާއިރު ތިން ޓީމުން ވެސް ދަނީ ގްރޫޕްގެ އެއް ވަނަ އަދި ދެ ވަނަ އަށް ވާދަކުރަމުން ކަމަށެވެ. އެ ގްރޫޕްގައި ޖެހޭނީ ވަރުގަދަ ވާދައެއް ކުރަން ކަމަށާއި، ޤަތަރަށް ނަސީބު ނެތީ ކަމަށެވެ. ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން ޓީމުގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވާ ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގައި ޤަތަރުގެ ފަހު މެޗަކީ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ

20 މެއި 2017
އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ
27 އެޕްރީލު 2017

ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަނީ

27 އެޕްރީލު 2017
ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަނީ
12 އެޕްރީލު 2017

ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

12 އެޕްރީލު 2017
ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު