Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖަޕާނުގެ ގައުމީ ކެއުންތައް

ޖަޕާނާއި ދިވެހިންގެ އެއްގޮތްކަން - ހިކިމަހަށް އޮތް ލޯބި

ރާއްޖެ އާއި ޖަޕާނުގެ އެއް ގޮތް ކަންތައްތަކުގެ ތެރެއިން "ހިކި މަހަށް" އޮތް ލޯބި ފާހަގަކޮށްލެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2022 | އާދީއްތަ 13:37
ޖަޕާން މޯލްޑިވްސް ފެސްޓިވަލްގެ ތެރެއިން

ޖަޕާން މޯލްޑިވްސް ފެސްޓިވަލްގެ ތެރެއިން

ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށްޓަކާ "ޖަޕާން މޯލްޑިވްސް ފެސްޓިވަލް" އިން ފެނުނީ ދިވެހި ސަގާފަތާއި ޖަޕާން ސަގާފަތުގެ ޗާލު ކުލަވަރެވެ. ދިވެހި ކަސަބު އެޅި ލިބާހާއި، އެ ނޫންވެސް ގައުމީވަންތަކަން ދައްކުވައިދިން ހެދުންތަކާއި، ޖަޕާނުގެ ސަގާފީ ހެދުމުގެ ޗާލޫކަމެވެ. ޝޫޝީ އާއި ޖަޕަނީޒް ބްރެޑް ފަދަ ޖަޕާނުގެ ސުފުރާ އާއި ރަހުމަތްތެރި ރަހަ ދިވެހިންނާއި ހަމައަށް އައެވެ. އަދި މި ނޫނަސް ސަގާފީ އަދި ގައުމީވަންތަކަން ދައްކުވާދިން އެތައް ކަމެއް މި ފެސްޓިވަލް އިން ފެނުނެވެ.

އެހެންނަމަވެސް އެތަނަށް ޒިޔާރަތްކުރި ދިވެހިންގެ ހިތްތައް ދަމައިގަތް ސްޓޯލް އަކީ ހަމަ އެއް ސްޓޯލްއެކެވެ. އެއީ ދިވެހިން އެހާ ގަޔާވާ ސްޓޯލް އަކަށްވީ އެ ސްޓޯލް އިން ފެންނަން ހުރި ކަންކަމަކީ ދިވެހިންނާއި ރަހުމަތްތެރި ކަމަކަށް ވުމެވެ. އެ ސްޓޯލް އަށް ޒިޔާރަތްކުރި ކޮންމެ މީހަކު ވެސް އަޖައިބުވީ އެ ސްޓޯލް އިން ފެންނަން ހުރި "ހިކި މަސް" ފެނިފައެވެ. ބަލާބެލުމަށް އެއީ ދިވެހިން ދަންނަ ގޮތުން ނަމަ ހިކި މަސް ނޫނީ ވަޅޯ މަސްހެން ހީވި ނަމަވެސް، އެ ދެ އުފެއްދުމުގައި ތަފާތުތަކެއް ހުރިކަން ގާތުން ބަލާލުމުން އެނގެއެވެ.

ދިވެހިންގެ އާދަކާދަ ހުންނަ ގޮތަށް ބަލާއިރު ހިކި މަސް ނުވަތަ ވަޅޯމަހަކީ ދިވެހިން އެ ކެއުމަކާއި ނުލާ އެއްވެސް ކާއެއްޗެއް ތައްޔާރުކުރަން ބޭނުން ނުވާއެއްޗެކެވެ. އަދި ދިވެހިންގެ އާއްމު ކެއުމުގެ އެންމެ ފަރިތަ އެއްބައިވެރިއަކީ ވެސް ވަޅޯމަހާއި ހިކިމަހެވެ، ރިހާކުރު ދިޔަ އާއި، މަސްކުރޮޅިން ފެށިގެން، ރިހަ ކެއްކުމާއި ނުވިތާކަށް ޕާސްތާ ފަދަ ކެއުންތަކަށް ވެސް ވަޅޯމަސް ނޫނީ ހިކިމަސް އެޅުމަކީ ދިވެހިންނަށް އާކަމެއް ނޫނެވެ. ދިވެހިންނާއި އެއް ފަދައިން ޖަޕާނުގައި ވެސް "ހިކި މަހަށް" އޮންނަ ލޯބި އެހާ ބޮޑެވެ. ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި ވަނީ ދެ ގައުމުގެ ދެމެދުގައި މީހުންގެ މެދުގައި ހުރި އެންމެ އެއްގޮތް ކަމަކީ ހިކި މަހަށް އޮތް ލޯބިކަމަށް ވިދާޅުވެފައެވެ.

ޖަޕާނު މީހުން މިއަށް ކިޔަނީ "ކަޓްސުއޯ ބުޝީ"އެވެ. ދިވެހިން އާއްމުކޮށް ވަޅޯމަހާއި ހިކިމަސް ތައްޔާރު ކުރަނީ މަސް ފެނުކެއްކުމަށް ފަހު އަވީލާ ހިއްކައިގެންނާއި އަށީގައި ހިއްކައިގެން ކަމަށް ވާއިރު އެކި ހިސާބުތަކުގައި މި މަސައްކަތްކުރާގޮތް ވަރަށް ތަފާތެވެ. ޖަޕާނުގައި ވެސް ހިކި މަސް ތައްޔާރު ކުރާ ގޮތް ތަފާތެވެ. އެންމެ އާންމުކޮށް އެކަން ކުރާ ގޮތަކީ މަސް ފެނުކެއްކުމަށް ފަހު އާވިން މަސް ހިއްކުމެވެ. އެއަށް ކިޔަނީ "އަރަބުޝީ"އެވެ. އެއަށް ފަހު މަސް ތުނިކޮށް ކޮށާ އެއްވަރުކުރެއެވެ. އެއަށް ކިޔަނީ "ހަޑަކަބުޝީ"އެވެ. ދެން އެއަށް ފަހު ހާއްސަ އުކުޅަކާއި އެކު މަހުގައި ފޫޖައްސައެވެ. އެއަށް ކިޔަނީ "ކަރެބުޝީ"އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު