Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ރިކަވަރީ: މިމަހު 7.5 އިންސައްތައިގެ ކުރިއެރުމެއް

މިމަހުގެ މިހާތަނަށް 111،813 ފަތުރުވެރިން އައިސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ނޮވެމްބަރު 2022 | އާދީއްތަ 12:33
މިއަހަރު ރާއްޖެ އައި 1 މިލިއަން ވަނަ ފަތުރުވެރިޔާ

މިއަހަރު ރާއްޖެ އައި 1 މިލިއަން ވަނަ ފަތުރުވެރިޔާ

ރާއްޖޭގެ ފަތުރުވެރިކަމަށް މިމަހު 7.5 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހުގެ 1 އިން 23 އަށް ރާއްޖެ އައިސްފައިވަނީ 111،813 (އެއްލައްކަ އެގާރަހާސް އަށްސަތޭކަ ތޭރަ) ފަތުރުވެރިންނެވެ. މިއީ ފާއިތުވި ދެ އަހަރު އަދި ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރު ފަތުރުވެރިން އައި މިންވަރާ އަޅާ ބަލާއިރު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

2021 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 109،317 (އެއްލައްކަ ނުވަހާސް ތިންސަތޭކަ ސަތާރަ) ފަތުރުވެރިންނެވެ. 2020 ވަނަ އަހަރު 25،288 (ފަންސަވީސްހާސް ދުއިސައްތަ އަށްޑިހަ އަށް) ފަތުރުވެރިން އައިސްފައިވާއިރު، ކޮވިޑްގެ ހާލަތުގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 103،981 (އެއްލައްކަ ތިންހާސް ނުވަސަތޭކަ އަށްޑިހަ އެއް) ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ލިބިފައިމިވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް 1،456،170 (އެއް މިލިއަން ހަތަރުލައްކަ ފަންސާސް ހަހާސް ސަތޭކަ ހަތްދިހަ) ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 29.8 އިންސައްތަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،122،245 (އެއް މިލިއަން އެއްލައްކަ ބާވީސްހާސް ދުއިސައްތަ ސާޅީސް ފަހެއް) ފަތުރުވެރިންނެވެ. އެހެންނަމަވެސް 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިއީ 2.8 އިންސައްތަ ދަށް އަދަދެކެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 1،497،599 (އެއްމިލިއަން ހަތަރުލައްކަ ނުވަދިހަ ހަތްހާސް ފައްސަތޭކަ ނުވަދިހަ ނުވަ) ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއަހަރު އެވަރޭޖުކޮށް ދުވާލެއްގެ މައްޗަށް 4،453 ފަތުރުވެރިން ރާއްޖެ އާދެއެވެ. އަދި 8 ދުވަހު މަޑުކުރެއެވެ.

އަދިވެސް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ އިންޑިއާ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން އަހަރުގެ މިހާތަނަށް އެ މާކެޓުން 203،812 (ދެލައްކަ ތިންހާސް އަށްސަތޭކަ ބާރަ) ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ މާކެޓުންނެވެ. އެ މާކެޓުން މިހާތަނަށް 178،934 (އެއްލައްކަ ހަތްދިހަ އަށްހާސް ނުވަސަތޭކަ ތިރީސް ހަތަރު) ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ތިންވަނައިގައި އިނގިރޭސިވިލާތް ހިމެނޭއިރު މިހާތަނަށް އެ މާކެޓުން 158،855 (އެއްލައްކަ ފަންސާސް އަށްހާސް އަށްސަތޭކަ ފަންސާސް ފަހެއް) ފަތުރުވެރިން އައިސްފައިވެއެވެ. މި މާކެޓުތަކުގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނެނީ ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ސައުތު ކޮރެއާ އަދި ސްވިޒަރލޭންޑް ހިމެނެއެވެ.

މީގެ އިތުރުން މިވަގުތު 1،197 އެކޮމޮޑޭޝަން ފެސިލިޓީއެއް ހިންގަމުންދާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަވެއެވެ. މީގެ ތެރޭގައި ހިމެނެނީ 166 ރިސޯޓާއި، 874 ހޮޓާ އަދި ގެސްޓްހައުސްގެ އިތުރުން 157 ސަފާރީއެވެ. މި ފެސިލިޓީތަކުގައި ޖުމްލަ 59،351 އެނދުގެ ޖާގަ ހިމެނެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2018

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި
08 ޖެނުއަރީ 2018

މި އަހަރު އެކި ފެއަރތަކުގައި ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމްއެމްޕީއާރްސީ އިން ބައްދަލުކޮށްފި

08 ޖެނުއަރީ 2018
މި އަހަރު އެކި ފެއަރތަކުގައި ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމްއެމްޕީއާރްސީ އިން ބައްދަލުކޮށްފި
10 ޑިސެމްބަރު 2017

މިމަހުގެ 31 ވަނަ ދުވަހު ހުރިހާ ބޭންކެއް ބަންދުވާނެ

10 ޑިސެމްބަރު 2017
މިމަހުގެ 31 ވަނަ ދުވަހު ހުރިހާ ބޭންކެއް ބަންދުވާނެ
03 ނޮވެމްބަރު 2017

ގެޓްސެޓް ލޯން ލިބުނު ފަރާތްތައް މިމަހު އިއުލާން ކުރާނެ: އިކޮނަމިކް މިނިސްޓްރީ

03 ނޮވެމްބަރު 2017
ގެޓްސެޓް ލޯން ލިބުނު ފަރާތްތައް މިމަހު އިއުލާން ކުރާނެ: އިކޮނަމިކް މިނިސްޓްރީ
02 ނޮވެމްބަރު 2017

ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ މިމަހުގެ ނަސީބުވެރިން ހޮވައިފި

02 ނޮވެމްބަރު 2017
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ މިމަހުގެ ނަސީބުވެރިން ހޮވައިފި
10 އޮކްޓޯބަރު 2017

މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!

10 އޮކްޓޯބަރު 2017
މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!
03 އޮކްޓޯބަރު 2017

ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ މިމަހުގެ ނަސީބުވެރިން ހޮވައިފި

03 އޮކްޓޯބަރު 2017
ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ މިމަހުގެ ނަސީބުވެރިން ހޮވައިފި
12 ޖުލައި 2017

ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން

12 ޖުލައި 2017
ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު