Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު

އުތުރު ކޮރެއާއިން ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއަރ ފޯސް އެކުލަވާލަނީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ދަނީ ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއަރ ފޯސް ތައްޔާރުކުރުމަށް މަސައްކަތްކުރައްވަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2022 | އާދީއްތަ 08:21
އުތުރު ކޮރިއާއިން ޓެސްޓުކުރާ މިސައިލްތައް

އުތުރު ކޮރިއާއިން ޓެސްޓުކުރާ މިސައިލްތައް

އުތުރު ކޮރެއާއިން ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއަރ ފޯސް އެކުލަވާލަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ކޮރެއާގެ ނޫސް އިދާރާ، ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ އިން ރިޕޯޓްކޮށްފައިވަ ގޮތުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ގެންދަވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއަރ ފޯސް ތައްޔާރުކުރުމަށް މަސައްކަތްކުރައްވަމުންނެވެ. އެކަމުގެ މަގްސަދަކީ މި ގަރުނުގައި އެއްވެސް ބަޔަކަށް ލިބިފައި ނުވާ ފަދަ ބާރުވެރިކަމާއި ހައިސިއްޔަތު ހޯދުން ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އުތުރު ކޮރެއާގެ އަސްކަރީ އޮފިޝަލުންނާއި މުޚާތަބުކުރައްވާ ކިމް ޖޮން އުން ވަނީ ނިއުކްލިއަރ ހަކަތަ ބޭނުންކުރުން މިހާރަށް ވުރެ ވަރުގަދަ ކުރުމަށް ގޮވަލައްވާފައެވެ. އަދި އައު ނިއުކްލިއަރ ހަތިޔާރުތައް ޓެސްޓުކުރުމުގެ މަސައްކަތް ކުރުމަށް ވެސް މީގެ ދުވަސްކޮޅެއް ކުރިން އަސްކަރިއްޔާ އަށް ކިމް ވަނީ އަމުރުކުރައްވާފައެވެ. އެގޮތުން ދާދިފަހުން އެ ގައުމުން ވަނީ އެމެރިކާގެ މައި ބިމަށް ހަމަލާ ދިނުމުގެ ގާބިލުކަން ހުރި ބޮޑު ރޮކެޓެއްގެ ޓެސްޓުކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައެވެ. ކިމް ވަނީ އައު މިސައިލްތައް އުފެއްދުމަށް ކަމާއި ބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.

މީގެ އިތުރުން އުތުރު ކޮރެއާއިން ޖަޕާނުގެ ސަރަހައްދަށް މިސައިލުތަކެއް ފޮނުވާފައިވާ ކަމަށް ބުނެ އެ ގައުމުގެ ސަރުކަރުން ވެސް ވަނީ ދާދިފަހުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް މިސައިލްތައް ފޮނުވި ހަތްވަނަ ފަހަރެވެ. މި މިސައިލްތައް ފޮނުވަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ކުރިން ފޮނުވި މިސައިލްތަކަކީ ތަމްރީންތަކެއް ކަމަށް އުތުރު ކޮރެއާއިން ބުނެފައިވާއިރު ޖަޕާނާއި ދެކުނު ކޮރެއާ އަދި އެމެރިކާއިން ވެސް ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު