Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ޕީކް ސީޒަންއަށް ތައްޔާރުވުމަށް އެއާޕޯޓުގެ އިންތިޒާމްތަކަށް ބަދަލުތަކެއް

27 ނޮވެމްބަރު 2022 | އާދީއްތަ 07:49

މިއަހަރު އަންނާނެ ކަމަށް ލަފާކޮށްފައިވާ ފަތުރުވެރިންގެ ޓާގެޓް އަންނަ މަހުގެ ތިންވަނަ ހަފުތާގައި ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ނޮވެމްބަރު 2022 | އާދީއްތަ 07:49
ފަތުރުވެރިން

ފަތުރުވެރިން

ފަތުރުވެރިކަމުގެ ޕީކް ސީޒަން އަށް އިދާރާތަކުން އޮތީ ތައްޔާރަށްކަމަށް ކަމަށާއި ޕީކް ސީޒަން އަށް ތައްޔާރުވުމަށް އެއާޕޯޓުގެ އިންތިޒާމްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަންއަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މިއުވާން ވިދާޅުވީ ޕީކް ސީޒަންއާ ދިމާކޮށް އެއާޕޯޓުގައި ގާއިމްކޮށްފައިވާ އިމިގްރޭޝަންގެ ކައުންޓަރުތައް އިތުރުކޮށްފައިވާ ކަމަށެވެ. ޑިޕާޗަރގައި މިވަގުތު ހުރި 11 ކައުންޓަރުގެ އިތުރުން 7 ކައުންޓަރު އިތުރުކޮށްފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ. މީގެ އިތުރުން އެރައިވަލްގައި 14 ކައުންޓަރު ހުރި އިރު 12 ކައުންޓަރު އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލުތައް ގެނެސްފައި ވަނީ އެއާޕޯޓާއި އިމިގްރޭޝަނުން ޕީކް ސީޒަންގައި ފަތުރުވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކަމަށް މިއުވާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

80 ޓުއަރިސްޓް ކައުންޓަރު އައު ކައުންޓަރުތަކަށް ބަދަލުކޮށް، ފަސިންޖަރުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާދީފައިވާ ކަަމަށް ވެސް މިއުވާން ވިދާޅުވިއެވެ. ހަމައެހެންމެ ކުރިއަށް އޮތް ޕީކް ސީޒަންގައި ފަތުރުވެރިންނަށް ފަސޭހަ ކުރުމަށް އިތުރު ބައެއް އިންތިޒާމްތައް ވެސް ހަމަޖައްސާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރު އަންނާނެ ކަމަށް ލަފާކޮށްފައިވާ ފަތުރުވެރިންގެ ޓާގެޓު އަންނަ މަހުގެ ތިންވަނަ ހަފުތާގައި ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެއެވެ. ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރު އައި ޖުމްލަ ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 7.5 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި މި އަހަރު ނިމެން އަދި 38 ވަރަކަށް ދުވަސް އޮތްއިރު 1.6 މިލިއަން ފަތުރުވެރިންގެ ޓާގެޓު އަންނަ ޑިސެމްބަރު މަހުގެ ތިންވަނަ ހަފުތާގައި ހާސިލުވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 އޯގަސްޓު 2018

ފުނަދޫ އެއާޕޯޓުގެ ރަންވޭ އަޅުމަށް އަޅަން ޖެހޭ ފުރަތަމަ ފަށަލަ އަޅަންފަށައިފި

07 އޯގަސްޓު 2018
ފުނަދޫ އެއާޕޯޓުގެ ރަންވޭ އަޅުމަށް އަޅަން ޖެހޭ ފުރަތަމަ ފަށަލަ އަޅަންފަށައިފި
28 މެއި 2018

ހޯރަފުށީ އެއާޕޯޓުގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި

28 މެއި 2018
ހޯރަފުށީ އެއާޕޯޓުގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
27 ފެބުރުއަރީ 2018

ކުޅުދުއްފުށީ އެއާޕޯޓުގެ އޮޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދުމަށް އިއުލާންކޮށްފި

27 ފެބުރުއަރީ 2018
ކުޅުދުއްފުށީ އެއާޕޯޓުގެ އޮޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދުމަށް އިއުލާންކޮށްފި
23 ޖެނުއަރީ 2018

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ތައްޔާރުވުމަށް ޕީޕީއެމުން ޓްރޭނިން ސެޝަންތަކެއް ކުރިއަށް ގެންދަނީ

23 ޖެނުއަރީ 2018
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ތައްޔާރުވުމަށް ޕީޕީއެމުން ޓްރޭނިން ސެޝަންތަކެއް ކުރިއަށް ގެންދަނީ
19 ޑިސެމްބަރު 2017

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި

19 ޑިސެމްބަރު 2017
ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި
25 ނޮވެމްބަރު 2017

ޕީޕީއެމް ތިނަދޫ ޖަލްސާއަށް ތައްޔާރުވުމަށްވެސް ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރަނީ

25 ނޮވެމްބަރު 2017
ޕީޕީއެމް ތިނަދޫ ޖަލްސާއަށް ތައްޔާރުވުމަށްވެސް ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރަނީ
13 ނޮވެމްބަރު 2017

އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެ މައްސަލަ ކޯޓަށް ހުށަހަޅައިފި

13 ނޮވެމްބަރު 2017
އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެ މައްސަލަ ކޯޓަށް ހުށަހަޅައިފި
20 އޮކްޓޯބަރު 2017

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި: ހަސަން ލަތީފް

20 އޮކްޓޯބަރު 2017
ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި: ހަސަން ލަތީފް
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
04 މެއި 2017

ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފަށް ތައްޔާރުވުމަށް ދައުލަތަށް ފަސް ދުވަސް ދީފި

04 މެއި 2017
ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފަށް ތައްޔާރުވުމަށް ދައުލަތަށް ފަސް ދުވަސް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް