Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މިއީ ސްޕެއިން އަށް ވަރަށް ރީތި ޗެލެންޖެއް: އެންރީކޭ

ކުޅުމުގެ ވައްޓަފާޅި ޖަރުމަނާ ސްޕެއިންއާ ދާދި އެއް ގޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ނޮވެމްބަރު 2022 | އާދީއްތަ 07:19
ސްޕެއިންގެ ކޯޗު އެންރީކޭ

ސްޕެއިންގެ ކޯޗު އެންރީކޭ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޖަރުމަނާ ދެކޮޅަށް ކުޅުމަކީ ސްޕެއިން އަށް ވަރަށް ރީތި ޗެލެންޖެއް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ޖަރުމަނު މެޗަށް ކުރިމަތިލާއިރު ސްޕެއިން ވަނީ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ކޮސްޓަރިކާ ބަލިކޮށްފައެވެ. އެހެންކަމުން މި މެޗުގެ ސީރިއަސްކަން ގެއްލުވާ ނުލާނެ ކަމަށް އެންރީކޭ ބުންޏެވެ. ޖަރުމަނު މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އޭނާ އަށް ގަބޫލު ކުރެވޭ ގޮތުގައި ޖަރުމަނަކީ އަބަދު ވެސް އެޓޭކަށް އިސްކަން ދީގެން ކުޅޭ ޓީމެކެވެ. ޚާއްސަކޮށް ފުރަތަމަ މެޗުގެ ނަތީޖާ އައި ގޮތުން މި މެޗުގައި ޖަރުމަނުން އެޓޭކިން އަށް މާބޮޑަށް އިސްކަން ދޭނެ ކަމަށެވެ. އެންރީކޭ ބުނީ ޖަރުމަނު އަބަދުވެސް ކުޅޭނީ އިދިކޮޅު ޓީމުގެ ހާފުގައި ބޯޅަ ހިފަހައްޓައިގެންނެވެ. އޭނާ ބުނީ ކުޅުމުގެ ވައްޓަފާޅި ޖަރުމަނާ ސްޕެއިންއާ ދާދި އެއް ގޮތް ކަމަށެވެ. އެހެންކަމުން މިއީ ރީތި ޗެލެންޖަކަށްވާނެ ކަމަށެވެ.

އެންރީކޭ ބުނީ ފުރަތަމަ މެޗުން ބޭނުންވީ މޮޅެއް ކަމަށާއި، އެކަން ހާސިލްވުމުން ޓީމަށް ބޮޑު އިތުބާރެއް ލިބުނު ކަމަށެވެ. ނަމަވެސް ޖަރުމަނާ ދެކޮޅަށް ނުކުންނައިރު، އެކަން ކަމަށް ވިސްނާނެ ކަމަށް އޭނާ ބުންޏެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން ސްޕެއިންގެ މިޑްފީލްޑަރު ޑެމީލް އޮލްމޯ ބުނީ ޖަރުމަނު އޮންނަނީ ބޮޑު ޕްރެޝަރެއްގައިކަން އެނގޭ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ޖަރުމަނަކީ މިވަގުތު ވެސް ދުނިޔޭގެ އެންމެ މޮޅެތި ޓީމުތަކުގެ ތެރޭގައި ހިމެނޭނެ ޓީމެއް ކަމަށެވެ. އެހެންކަމުން އެއް މެޗުން ބަލިވުމުން ޖަރުމަނު ފަހަތަށް ޖައްސާނުލެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޮލްމޯ ޖަރުމަނުން އެ މެޗު ކުޅޭނީ ފައިނަލެއް ގޮތަށް ދެކިގެންކަން އެނގޭ ކަމަށާއި، ސަބަބަކީ އެމީހުން ވެސް ދެން އޮތް ބުރުގެ ޖާގަ ބޭނުންވުން ކަމަށް އޭނާ ބުންޏެވެ. އޮލްމޯ ސްޕެއިންގެ އަމާޒަކީ މެޗުން ތިން ޕޮއިންޓު ހޯދުން ކަމަށެވެ.

ސެޕެއިން އަދި ޖަރުމަނު ބައްދަލު ކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު