Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމީސްލްސް ފެތުރެން ފަށާފާނެ

ކޮވިޑް ޕެންޑަމިކްއަށްފަހު ހިމަބިހި ވަރަށް ބާރަށް ފެތުރެން ފަށާފާނެ، އަވަސް ފިޔަވަޅުތަކެއް އަޅަން ބޭނުންވޭ: ޑަބްލިއުއެޗްއޯ

26 ނޮވެމްބަރު 2022 | ހޮނިހިރު 07:29

އިންޑިޔާގެ މުމްބާއީގައި މީސްލް ވަރަށް ބާރަށް ފެތުރެމުންދާކަމަށް ޚަބަރުލިބޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 26 ނޮވެމްބަރު 2022 | ހޮނިހިރު 07:29
މީސްލްސް ވެކްސިން

މީސްލްސް ވެކްސިން

ކޮވިޑް19 ޕެންޑަމިކްއަށްފަހު މީސްލްސް ނުވަތަ ހިމަބިހި މުޅިދުނިޔޭގައި ވަރަށް ބާރަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމުގައި ޑަބްލިއު އެޗްއޯ އަދި އެމެރިކާގެ ސީޑީސީން ބުނެފިއެވެ. އެ ދެ އިދާރާ ގުޅިގެން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން، މިހެން ވާނެކަމަށް ގަބޫލުކުރެވޭ ސަބަބަކީ ކޮވިޑް 19ށް ސަމާލުކަން ދިނުމުގެ ތެރޭން، އެހެން ބަލިތަކަށް ދެވޭ ވެކްސިންތަކުގެ ކަވަރޭޖް ވަރަށް ބޮޑަށް ދަށްވެ، އަދި ސަރވެލަންސްގެ ކަންތައްވެސް މުޅިންހެން ހުއްޓިފައިވާތީއެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ، އެހެން ނަމަވެސް ވެކްސިން ފުރިހަމަ ކުރުމުން ބަލިން ދިފާއުކޮށްދޭ ބައްޔެކެވެ. ނަމަވެސް ހިމަބިހި އާންމުންތެރޭ ފެތުރިގެން ދިޔަ ނުދިނުމަށް ޓަކައި 95 އިންސައްތަ މީހުންނަށް ވެކްސިން ދެވިފައި ހުންނަން ޖެހެއެވެ.

ޑަބްލިއު އެޗްއޯ އަދި ސީޑީސީން ގުޅިގެން ނެރުނު ރިޕޯޓެއް ބުނާގޮތުން، ކޮވިޑް 19ގެ ސަބަބުން 2021ވަނަ އަހަރު 40 މިލިއަނެއްހާ ކުޑަކުދިންނަށް މި ވެކްސިން ނުދެވި ވަނީ ގޮސްފައެވެ. އަދި މިހާތަނަށް ހިމަބިހީގެ ކޭސްތައް މާބޮޑަށް ފެތިރެމުން ގޮސްފައި ނުވިނަމަވެސް، މިއީ އެފަދަ ނުރައްކަލަކާދެކޮޅަށް ފިޔަވަޅު އަޅަންވީ ވަގުތު ކަމުގައި، ޑަބްލިއުއެޗްއޯގެ މީސްލްސްއާބެހޭ އެންމެ އިސް ވެރިޔާ ޕެޓްރިކް އޮކޮނަރ ވިދާޅުވެފައިވެއެވެ. މިވަގުތު އަހަރެމެންނަށް މި ތިބެވެނީ ހަތަރު އަނގޮޅިއެއްގެ މެދުގައި ކަމަށާއި، މިމައްސަލަ ބޮޑުޕެންޑަމިކެއްގެ ދަރަޖައަށް ނުދަނީސް އަވަހަށް ފިޔަވަޅުއަޅައި، ހައްލު ހޯދުންވާނީ ވަރަށްވެސް ބޮޑު ގޮންޖެހުމަކަށް ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

އަނެއްކޮޅުން ޚަބަރުލިބޭގޮތުގައި، އިންޑިޔާގެ މުމްބާއީގައި ހިމަބިހި ފެތުރެން ފަށާފައި ވުމުގެ ސަބަބުން ސިއްހީ އިދާރާތަކުން އަވަސްފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ޚަބަރުތައް ބުނާގޮތުން، ފާއިތުވި މަސްދުވަހުގެތެރޭގައި މި ބަލި ޖެހިގެން މުމްބާއީން 12 ކުދިން މަރުވެފައި ވެއެވެ. އިންޑިޔާގެ ފައިނޭންޝަލް ކެޕިޓަލް، މުމްބާއީގައި ކޭސްތައް ވަރަށް ބޮޑަށް ދަނީ އިތުރު ވަމުންނެވެ. މިގޮތުން ނޮވެމްބަރ 24 ވަނަ ދުވަހާ ހަމައަށް 252 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާއިރު، ހިމަބިހި ޖެހުމުން މުޅިގައިގައި ރަތް ކުލައިގައި ހުންނަ ކުދި ބިހިތަކެއް ނަގައެވެ. ހިމަބިހި އެންމެ ފަސޭހައިން ޖެހެނީ އުމުރުން 9 މަހާ 5 އަހަރާ ދެމެދުގެ ކުޑަކުދިންނަށެވެ.

މުމްބާއީގައި އެއްފަހަރާ 252 ހިމަބިހީގެ ކޭސް ފެނުން މިއީ އެހެން އަހަރުތަކާ އަޅާބަލާއިރު ސީރިއަސް އަދަދެއްކަމަށް ޚަބަރުތައް ބުނެއެވެ.

2019 ވަނަ އަހަރު މުމްބާއީގައި ރިޕޯޓް ކުރެވުނީ މީގެ 25 ކޭސްއަށް ވާއިރު، 2020 ވަނަ އަހަރު ރިޕޯޓްކުރެވިފައިވަނީ 9 ކޭހެވެ. ނަމަވެސް މިއަހަރު ދެމަސްދުވަހުގެ ތެރޭގައި 233 ކޭސް ރިޕޯޓްކޮށްފައި ވެއެވެ.

މުމްބާއީގައި މިހާރު ވަނީ މީސްލްސް ފެތުރޭ ހަތް ސަރަހައްދެއް ފާހަގަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
17 ޖޫން 2017

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު

17 ޖޫން 2017
ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު
12 ޖޫން 2017

ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

12 ޖޫން 2017
ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު
10 ޖޫން 2017

ބެލެސްޓިކް މިސައިލެއް ވަރަށް އަވަހަށް ޓެސްޓްކުރާނެ ކަމަށް ކަމަށް އުތުރު ކޮރެއާއިން ބުނެފި

10 ޖޫން 2017
ބެލެސްޓިކް މިސައިލެއް ވަރަށް އަވަހަށް ޓެސްޓްކުރާނެ ކަމަށް ކަމަށް އުތުރު ކޮރެއާއިން ބުނެފި
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް