Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޮޒައިނާ އާދަމް

ސިޔާސީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރުން ދަނީ އިތުރުވަމުން: ރޮޒައިނާ

26 ނޮވެމްބަރު 2022 | ހޮނިހިރު 07:34

ގާނޫނާއި ގަވާއިދުތައް ހެދުމުގައި އަންހެނުންގެ ޚިޔާލު އިތުރުކުރަންޖެހޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ނޮވެމްބަރު 2022 | ހޮނިހިރު 07:34
މެމްބަރު ރޮޒައިނާ އާދަމް

މެމްބަރު ރޮޒައިނާ އާދަމް

ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އަންހެނުންނަށް ފުރައްސާރަކުރުން އިތުރުވަމުން އަންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ، ހުކުރު ދުވަހު ބައިނަލްއަގުވާމީގޮތުން ފާހަގަކުރި، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހާ ގުޅިގެން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެނުންގެ ރޫހުގެ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނުގައެވެ. އެ ބަޔާނުގައި ރޮޒައިނާ ވިދާޅުވީ، އަންހެނުންނަށް ކުރާ ގެވެށި އަނިޔާގެ އިތުރުން، ފަހަކަށް އައިސް ސޯޝަލް މީޑިއާ މެދުވެރިކޮށް އަންހެނުން ނަފްސާނީގޮތުން ބަލިކަށި ކުރުވަން ފުރައްސާރަކުރާ ކަމަށެވެ. އަދި ޚާއްސަކޮށް ސިޔާސީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް މިފަދަ ކަންކަމާ ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރޮޒައިނާ ވިދާޅުވީ، ގާނޫނާއި ގަވާއިދުތައް ހެދުމުގައި އަންހެނުންގެ ޚިޔާލު އިތުރުކުރަން ޖެހޭ ކަމަށާއި، ބަދަލު ގެނެވޭނީ އޭރުން ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކީ މަޖިލީހާއި ސަރުކާރުގެ މަގާމުތަކަށް އަންހެނުން ގެނައުމަށް އޮތް މަގުކަމަށާއި، އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ހަރުދަނާ އަންހެން ލީޑަރުން ސިޔާސީ ހަރަކާތްތަކަށް ނެރުން މުހިންމު ކަމަށްވެސް އޭނާގެ ބަޔާނުގައި ވިދާޅުވިއެވެ.

ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމަށް ކުރާ މަސައްކަތަށް އޮތް ހުރަހަކީ ސޯޝަލް މީޑިއާގައި އަންހެނުންނަށް ކުރާ ފުރައްސާރަކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، ބިރުދެއްކުމާއި ޖިންސީ ފުރައްސާރަ ކުރަމުންދާ ކަމަށެވެ. އެގޮތުން، އަންހެނުންގެ ހަށިގަނޑު ހުންނަގޮތާ ގުޅިގެން އަނގަބަހުންނާއި ކުރަހައިގެން ނުވަތަ ފޮޓޯތައް ހަދައިގެން ފާޑުކިޔާކަމަށް ވިދާޅުވިއެވެ. މިކަމުގައި ފިރިހެނުންނާ އެއްގޮތަށް އަންހެނުންވެސް ބައިވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރޮޒައިނާ ވަނީ، ހުރިހާ ފަރާތްތަކުންވެސް ސިޔާސީގޮތުން ޚިޔާލުތަފާތުވިނަމަވެސް އެކަކު އަނެކަކަށް ދޭން ޖެހޭ އިހުތިރާމު އަބަދުވެސް ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ރީތި ގޮތުގައި ފާޑުކިޔުމާ، ފުރައްސާރަ ކުރުމާއި އަނިޔާ ކުރުމަށް ގޮވާލުމުގައި ތަފާތުތައް ހުންނާނެ ކަމަށާއި، އަންހެނުންނާއި ފިރިހެނުން ގުޅިގެން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

އެމްޑީޕީގެ އަންހެނުންނަށް ޚާއްސަކޮށް ދެއްވި މެސެޖުގައި ރޮޒައިނާ ވިދާޅުވީ، އަންހެނަކާމެދު އިހާނެތިކޮށް ކަމެއް ވާނަމަ ޕާޓީގެ ހުރިހާ އަންހެނުން އެކުގައި އެކަމާ ދެކޮޅަށް ތެދުވެގެން ނޫނީ އެކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެކަކު އަނެކަކަށް އެހީވެ، އަަންހެނުން ބާރުވެރިކޮށް ސިޔާސީ ދާއިރާގައި ކުރިއަށް ނެރުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލެއްވިއެވެ.

ސޯޝަލް މީޑިއާގައި އަންހެނުންނަށް ކުރާ ފުރައްސާރަ އިތުރުވެފައިވާ ކަމަށް ރޮޒައިނާ ވިދާޅުވެފައިވާއިރު، ދާދިފަހުން އޭނާއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ފުރައްސާރަކޮށް އިންޒާރުވެސް ދީފައެވެ. މީގެ ތެރޭގައި ސިޔާސީ ދާއިރާގައި އިސްކޮށް ހަރަކާތްތެެރިވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ. މި މައްސަލަ ތަހުގީގުކުރުމަށް އެމްޑީޕީންވެސް ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް