Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފްރާންސާ ދެކޮޅަށް ޑެންމާކު އޮތީ ފުރިހަމައަށް ތައްޔާރުވެގެން

އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ފްރާންސް ވަނީ ޑެންމާކު އަތުން ބަލިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ނޮވެމްބަރު 2022 | ހޮނިހިރު 02:38
ޑެންމާކުގެ ކޯޗު ހުލްމަޑް

ޑެންމާކުގެ ކޯޗު ހުލްމަޑް

ފީފާ ވޯލްޑް ކަޕް ގްރޫޕް ޑީގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ނުކުންނަން ޑެންމާކު އޮތީ އެންމެ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް، އެ ޓީމުގެ ކޯޗު ކެސްޕާ ހުލްމަޑް ބުނެފިއެވެ.

މުބާރާތުގެ ދެ ވަނަ މެޗަށް ކުރިމަތިލާއިރު ޑެންމާކު ވަނީ ކުޅުނު ފުރަތަމަ މެޗުގައި ޓިއުނީޝިޔާއާ އެއްވަރުވެފައެވެ. އެއާ ޚިލާފަށް ފްރާންސް ވަނީ އޮސްޓްރޭލިޔާ ބަލިކޮށް މޮޅަކުން މުބާރާތް ފަށާފައެވެ. ދެ ވަނަ މެޗުގައި ޑެންމާކާ ދެކޮޅަށް ނުކުންނައިރު ފްރާންސަށް އޮތް އެންމެ ބޮޑު ބިރަކީ، އެންމެ ފަހުން ޑެންމާކާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް އެ ޓީމު ބަލިވެފައިވުމެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްވެސް ވަނީ ވަރަށް ބޮޑަށް އެކަން ފާހަގަކޮށްފައެވެ.

ފްރާންސް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ހުލްމަޑް ބުނީ، މުބާރާތުގެ ފެށުން ޑެންމާކަށް ދިޔަ ގޮތުންވެސް، ފްރާންސް މެޗަކީ ވަރަށް މުހިންމު މެޗަކަށް ވާނެ ކަމަށެވެ. އޭނާ ބުނީ އިދިކޮޅު ފްރާންސް ޓީމަކީ ވަރަށް މޮޅު ބައެއް ކަމަށާއި، އެމީހުންނަނީ ދުނިޔޭގެ އެންމެ މަތީ ލެވެލްގައި ފާހަގަކޮށްލެވޭ ވަރުގެ ޓީމެއް ކަމަށެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންވެސް ފްރާންސް އޮތީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. މީގެ އިތުރުން ހުލްމަޑް ބުނީ، ފްރާންސް ޓީމުން ފުރަތަމަ މެޗުގައި ނެރުނު ނަތީޖާއިންވެސް އެމީހުންނަކީ ވަރުގަދަ ބައެއްކަން އެނގޭ ކަމަށެވެ.

މި ޕްރެސްގައި ވާހަކަދައްކަމުން، ޑެންމާކުގެ އުންމީދުތަކާ ގުޅިފައިވާ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ބުނީ، މެޗުގެ ނަތީޖާ ބިނާވެގެންދާނީ ދަނޑުމަތީގައި ކަންތައް ވާ ގޮތުގެ މައްޗަށް ކަމަށެވެ. އެރިކްސަން ބުނީ ކުރީފަހަރަށްވުރެ މިފަހަރުގެ މެޗު ހުރިހާ ގޮތަކުންވެސް ތަފާތުވާނެ ކަމަށެވެ. އޭނާ ބުނީ މިހާރު މެޗުތަކުގައި އިތުރު ވަގުތުގެ ގޮތުގައި ގިނަ މިނެޓު ދައްކާކަމަށާއި، އެއީ ކުރިން ނޭނގޭ ކަމެއް ކަމަށެވެ. އޭނާވެސް ބުނީ ކޯޗު ބުނި ގޮތަށް ޓީމު އޮތީ މެޗަށް ތައްޔާރަށް ކަމަށާއި، ޑެންމާކަށް ނަތީޖާ ނެރެވޭނެ ކަމަށެވެ.

ޑެންމާކާއި، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00ގައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު