Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ޤަތަރުން ނުކުންނާނީ ކީޕަރު ބަދަލުކޮށް އައު އުއްމީދަކާއެކު

25 ނޮވެމްބަރު 2022 | ހުކުރު 09:14

ޤަތަރުން މިއަދު ކުޅޭނީ 3-4-3 ފޯމޭޝަނަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 25 ނޮވެމްބަރު 2022 | ހުކުރު 09:14
ޤަތަރު ޓީމު ޓްރެއިނިންގައި

ޤަތަރު ޓީމު ޓްރެއިނިންގައި

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލްއާ ދެކޮޅަށް މިއަދު ގަތަރު ނުކުންނަ މެޗަކީ މޮޅުވާން މަޖުބޫރު މެޗެކެވެ. އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގެ ދެ ވަނަ ބުރަށް ދެވެން އޮތީ މި މެޗުން މޮޅުވެގެންނެވެ. ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ބޭއްވުމަށް ގަތަރުން ނުކުންނައިރު ގޯލު ބަލަހައްޓާނީ މިޝާލް ބަރްޝާމްއެވެ. އޭނާ އަކީ އޮލިމްޕިކްސްގެ އުސްފުންމުމުން ގޯލްޑް މެޑަލް ހާސިލުކުރި ގަތަރުގެ މުތާޒް އީސާ ބަރްޝިމްގެ ކޮއްކޮއެވެ. އިކުއެޑޯ މެޗުގައި ގޯލް ބެލެހެއްޓި ސާދް އަލް ޝީބަށް މި މެޗުގައި ފުރުސަތު ނުދޭން ކޯޗު ނިންމީ އެ މެޗުގައި އޭނާގެ ފުށުން ރަނގަޅު ކުޅުމެއް ނުފެނުމުންނެވެ.

އެ މެޗުން ބަލިވުމުން ގަތަރު ވެފައިވަނީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އަމިއްލަ ގައުމުގައި ބާއްވައިގެން ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ގައުމަށެވެ. އަނެއްކޮޅުން އެ މެޗުގައި ގޯލާ އަމާޒުކޮށް އެންމެ ބޯޅައެއް ވެސް ފޮނުވާލެވިފައިނުވުމަކީ ގަތަރަށް ކުރިމަތިވި ބޮޑު ލަދުވެތިކަމެކެވެ. މިކަމުން އަރައިގަތުމަށް މިއަދުގެ މެޗަށް ނުކުންނައިރު ތިން ޕޮއިންޓް ނުލިބިއްނަމަ ގަތަރު ވެގެންދާނީ މުބާރާތް ބާއްވައިގެ އެންމެ އަވަހަށް ވޯލްޑްކަޕުން ފޭލްވާ ގައުމަށެވެ. މި ގޯސް ރެކޯޑް ލިބުނަ ނުދީވޭތޯ ބަލަން ގަތަރުގެ ކުޅުންތެރިންނާއި ކޯޗު ވަނީ އަތުކުރި އޮޅާލާފައެވެ.

ހަގީގަތުގައި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި މުބާރާތުގެ އިންތިޒާމްތައް ކިތަންމެ ފުރިހަމަ ނަމަވެސް ގަތަރުގެ ގައުމީ ޓީމު މުބާރާތުގައި ނެރޭ ނަތީޖާ އަކީ ވަރަށް މުހިންމު އެއްޗެކެވެ. ގަތަރަށް ވޯލްޑްކަޕުގައި ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެނަމަ އެއީ މުޅި އޭޝިޔާ އަށް ވެސް ލިބޭނެ ލަދުވެތިކަމެކެވެ. އަދި މިއީ ގަތަރަށް އަމާޒުވަމުންދާ ފާޑުކިއުންތަކުގެ ސަބަބުން ފީފާ ވެސް އެދޭނެ ކަމެއްނޫނެވެ.

ގަތަރުގެ ކޯޗު ފެލިކްސް ސަންޗޭޒަށް މިހާރު ޖެހިފައިވަނީ ފޯވަޑް އަލްމުއީޒް އާއި އަކްރަމް އަފީފް އަދި ކެޕްޓަން ހަސަން އަލް ހައިދޯސްގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަކަށް ހިފޭނެ މޮޅު ގޮތެއް ރާވާށެވެ. މިކަމަށް ފޯމޭޝަން ބަދަލު ކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރަން އޭނާ ހުރީ ތައްޔާރަށެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި ވާތުބެކް އަބްދުލް ކަރީމް ހަސަން ޑިފެންސިވްކޮށް ކުޅުވައި ގަތަރުން މިރޭގެ މެޗަށް ޓީމު ސެޓްކުރާނީ މެދުތެރެ އަށް ހަތަރު ކުޅުންތެރިން ލައިގެންނެވެ. އެއީ 3-4-3 ފޯމޭޝަނަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 ޖޫން 2019

އައު ސަރުކާރުން ބޭރު ދުނިޔެއަށް ދިއްކޮށްލި އަތުގައި ޤައުމުތަކުން ހިފައިފި

29 ޖޫން 2019
އައު ސަރުކާރުން ބޭރު ދުނިޔެއަށް ދިއްކޮށްލި އަތުގައި ޤައުމުތަކުން ހިފައިފި
17 އެޕްރީލު 2019

އައު ސަރުކާރާއިއެކު ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން

17 އެޕްރީލު 2019
އައު ސަރުކާރާއިއެކު ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން
11 ޑިސެމްބަރު 2018

ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް

11 ޑިސެމްބަރު 2018
ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް
20 ނޮވެމްބަރު 2018

ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް

20 ނޮވެމްބަރު 2018
ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް
23 އޮކްޓޯބަރު 2018

އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ

23 އޮކްޓޯބަރު 2018
އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ
01 ޖެނުއަރީ 2018

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ
26 އޮކްޓޯބަރު 2017

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް
19 ޖުލައި 2017

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
07 ޖޫން 2017

މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

07 ޖޫން 2017
މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް