Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދަނޑުވެރިކަން

ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް

މިވެރިކަމުގައި ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2018 | އަންގާރަ 02:02
ތޮއްޑޫގެ ދަނޑުތައް-- ފޮޓޯ: ޖުމާން އާދަމް

ތޮއްޑޫގެ ދަނޑުތައް-- ފޮޓޯ: ޖުމާން އާދަމް

ދަނޑުވެރިކަމަކީ ދިވެހިން އިހު ޒަމާނުއްސުރެ ކުރަމުން އައި ބުރަ މަސައްކަތެކެވެ. ކައިބޮއެ އުޅުމަށާއި، ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ދަނޑުވެރިކަން ކުރާ ދިވެހިން މަދެއް ނުވާނެއެވެ. ދިވެހިންގެ މުޅި ދިރިއުޅުމާއި ދަނޑުވެރިކަން ގުޅިފައިވާއިރު މިފާއިތުވި ފަސްއަހަރު ދަނޑުވެރިކަން ކުރިއެރުވުމަށް މިސަރުކާރުން ކުރި މަސައްކަތެއް ފެންނާކަށް ނެތެއެވެ. ދުވަސްތައް ފާއިތުވެގެން ގޮސްފިއެވެ. މިމަހުގެ 17 ވަނަ ދުވަހު ގައުމުގެ ހުންގާނައާއި ހަވާލުވެލެއްވި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދަނޑުވެރިންނަށް މިއޮތީ އުފާވެރި ޚަބަރުތަކެކެވެ. ނާއުންމީދުވެފައިވާ ދަނޑުވެރިންނަށް އައު އުންމީދުތަކެއް ގެނެސްދީފިއެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަނޑުވެރިންނަށް ޚާއްސަކޮށް ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް މިވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި 100 ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލާނެއެވެ. އެގޮތުން މިހާރު އިމްޕޯޓު ޑިއުޓީ ނަގާ މިންވަރަށް ބަލާއިރު، ދަނޑަށްޖަހާ އެކިއެކި ބޭސްތައް ރާއްޖޭން ބޭރުން ގެންނައިރު، ގެންނަ އަގުގެ 10 އިންސައްތަ ސަރުކާރަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނަގައެވެ. ދަނޑު ހެއްދުމާއި ގޮވާން ކުރުމަށް ބޭނުންކުރާ އެކިއެކި ސާމާނުން 20 އިންސައްތަ ޑިއުޓީ ނަގައެވެ. ރާއްޖޭން ބޭރުން ގަސް އެތެރެ ކުރާއިރު، އޭގެ އަގުގެ 25 އިންސައްތަ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ސަރުކާރަށް ނަގައެވެ.

ދަނޑުވެރިކަން ކުރާ މީހުން އަތުން ނިސްބަތުން ބޮޑު އަދަދެއް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ސަރުކާރަށް ނަގާއިރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ވެސް ދަނޑުވެރިންނަށް ފޮނި ވައުދުތަކާއެކު އެވެ. އެއީ ދަނޑުވެރިކަމުގައި މަސައްކަތް ކުރާ މީހުންގެ އަދަދު 10،000 އަށް މަތިކޮށް، އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ އާމްދަނީ މަހަކު 10،000 ރުފިޔާއަށް ހެދުމަށް ވައުދުވިއެވެ. ޒުވާނުން މިސިނާއަތަށް ވެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވައުދުވި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ދަނޑުވެރިކަމަށް އާންމުން ހޭލުންތެރިކޮށް، ދަނޑުވެރިކަން ކުރާ މީހުންގެ އަދަދު 10،000 އަށް ޖެއްސުނު ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ. އަދި ކޮންމެ ދަނޑުވެރިއަކަށް ދޭން ވައުދުވި 8،000 ރުފިޔާގެ ވައުދު ވެސް ވީ ހުވަފެނަކަށެވެ.

ތޮއްޑޫ ދަނޑެއް--- ފޮޓޯ ޖުމާން އާދަމް

"ވަރަށް އުނދަގުލުން މަސައްކަތް ކުރީ. މާލެއަށް މުދާ ފޮނުވިއަސް ވިއްކާނުލެވި ހަލާކުވަނީ. ބަހައްޓާނެ ޖާގަނެތިގެން ދޯނި ކައިރީގައި ބެހެއްޓިއަސް ފުލުހުން އެ ނަގާނެ. އަހަރުމެންނަށް ހަމަ ޖެއްސުން ކުރީ ޔާމީންގެ ސަރުކާރު" މިދަނޑުވެރިޔާ ބުންޏެވެ.

ކާށިދޫ ކަނޑުގެ މެދުގައި އޮންނަ ކާށިދޫ އަކީ ދަނޑުވެރި ރަށަކަށް ވާއިރު މިރަށުގެ ރައްޔިތުން ވެސް ތިބީ ބޮޑު ކަންބޮވުމެއްގެ ތެރޭގައެވެ. އެރަށުން ވާހަކަ ދެއްވި ދަނޑިވެރިޔަކު ބުނީ ދަނޑު ހައްދާނެ ބިން އެރަށުގައި ނެތް ކަމަށާއި، ބިމުގެ ދަތިކަން މިހާރު ފޯރާފައިވާ ކަމަށެވެ. އެއީ އެރަށުގެ އާބާދީ އިތުރުވަމުން ދިޔުމާއި އެކު ގޯތި ގެދޮރުގެ ދަތިކަން ފިލުވުމަށް ގޯތި ދިނުންވެސް އިތުރުވުމުން ދަނޑު ބިންތަކުން ވެސް ގޯތި ދޭން މަޖުބޫރުވެފައިވާ ކަމަށެވެ. ރަށުގެ ތަރައްގީގެ އެކި ބޭނުންތަކަށް ބިން ބޭނުންވުމުން ދަނޑުބިންތަކަށް އެކަމުގެ އަސަރުތައް ކުރަމުން އަންނައިރު، މިކަންކަމަށް ޔާމީންގެ ސަރުކާރުން ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ.

"ރަށުގެ ދަނޑުބިންތައް ރައްޔިތުން ބޭނުންވޭ. އަދި ގޯތި ގެދޮރުއަޅައި ދިރިއުޅޭނެ ބިން ވެސް ބޭނުންވޭ. ރަށުގެ ގިނަ މީހުން ބޭނުންވަނީ ފަޅު ހިއްކައިގެން ބިން ބޮޑުކުރުން. ޔާމީންގެ ސަރުކާރުގެ އިސްފަރާތްތަކުގެ ސަމާލުކަމަށް ގެނައިން. އެމީހުން އޭރު ވިދާޅުވި ހައްލުކޮށްދޭނަމޭ. އެކަމަކު ދިޔައީ ހަމަފަނުފުލުން" އެމީހާ ބުންޏެވެ.

ށ. ފީވަކުގެ ދަނޑުވެރިޔަކު ބުނީ ދަނޑުވެރިކަމަށް އެންމެ ބޮޑު އިހުމާލެއްވީ މިސަރުކާރުން ކަމަށާއި، ދަނޑުވެރިންނަށް މިފާއިތުވި ފަސް އަހަރު ދަތި އުނދަގޫ ކަމެއް ކުރިމަތިވި ނަމަވެސް މިސަރުކާރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށެވެ.

"މިރަށުގެ ބޮޑު ބައެއްގައި އޮންނާނީ ދަނޑުބިން. އެކިފަހަރު މަތިން އުދައަރައި ދަނޑަށް ބޮޑެތި ގެއްލުންތައްވި. އެކަމަކު މިއީ ސަރުކާރަށް އެނގޭ ކަމެއް ވެސް ނޫން. އަޅާ ވެސް ނުލި. ދެން ދަނޑުތަކަށް ބޮޑު ގެއްލުމެއްދޭ ސޫތްޕެއް ފުރުޓް ފްލައި ކޮންޓްރޯލް ނުކުރެވިގެން އުޅުނު އިރުވެސް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކުގެ ސަމާލުކަމަށް ގެނައިން. އެކަމަކު އަޅާ ވެސް ނުލި އެއްވެސް މުއައްސަސާއަކުން. އަހަރުން އޭރު ޔާމީނަށް ވޯޓު ދިނީ ދަނޑުވެރިންނަށް ވެސް ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނީމަ ވަރަށް އުންމީދާއެކު." ފީވަކު ދަނޑުވެރިޔާ ބުންޏެވެ.

ދަނޑުވެރިންގެ ޝުއޫރުތައް މިހެން ހުރި ނަމަވެސް އައު ސަރުކާރުން ދަނޑުވެރިކަން ކުރިއެރުމަށް ގިނަކައްތައްތަކެއް ކޮށްދޭނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރަށް ރައީސް ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ދަނޑުވެރިންނަށް ޚާއްސަ ކަންތައްތަކެއް ކޮށްދޭއިރު، ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުންނާއި، ބޭންކްތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެވޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ފަޅޮލަކީ މިހާރު ތޮއްޑޫގައި އާންމުކޮށް ހައްދާ ބާވަތެއް--- ފޮޓޯ: ތޮއްޑޫ ދަނޑުވެރިން

ދަނޑުބިން ދޫކުރާނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލާނެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ދަނޑުވެރިކަން (އެނިމަލް ފާމިން) ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑު ހައްދާނެ ބިން ދޫކުރަން ފަށާނެ ކަމަށެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުބިން ދޫކުރާނެ އުސޫލުތަކާއި، އަދި މީހުން ދިރިއުޅޭ ރަށްރަށާއި، ކައިރީގައިވާ ފަޅުރަށް ރަށުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާ ފަޅުރަށްރަށުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަކީ ސިއްހަތައް ގެއްލުން ނުވާ (އިތުރު ޕެސްޓިސައިޑްސް ނުލާ) ތަކެތިންކަން ކަށަވަރުކޮށް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސާނެ ކަމަށެވެ.

އައު ސަރުކާރުން ދެމެހެއްޓެނެވި ގޮތުގެ މަތީން ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް މިވަނީ އަތުކުރި އޮޅާލާފައެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް ދަނޑުވެރިންނަށް ބޮޑު ލުޔެއް ލިބި، މިސިނާއަތް ބޮޑުތަނުން ކުރިއެރުމެއް ލިބޭނެ ކަމާމެދު ޝައްކެތްނެތެވެ. ދަނޑުވެރިންނަށް ލިބުނު ބަނަދުވަސްތަކުން އުދަރެސް ފެނިފައިވާއިރު، މިދަނޑުވެރިން މިއަދު ތިބީ މިކަންކަން ތަންފީޒުވާނެ ވަގުތަކަށް ބަލަބަލައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު