Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވިސާގެ ލުއިފަސޭހަކަން

އައު ސަރުކާރާއިއެކު ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން

17 އެޕްރީލު 2019 | ބުދަ 13:40

މިހާތަނަށް ދެ ގައުމަކަށް ވިސާއާ ނުލާ ދެވޭގޮތަށް ވަނީ ހަމަޖެހިފައި

| 17 އެޕްރީލު 2019 | ބުދަ 13:40
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދުއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދުއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް އައުމާއިއެކު ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކާއި އެކު އޮންނަ ގުޅުން އަނެއްކާ ވެސް ބަދަހިވެގެން ދާން ފެށިތަން ފެނުނެވެ. ރައީސް ޔާމީން ގެންގުޅުއްވި އެކަހެރިވުމުގެ ސިޔާސަތާއި ދުރަށް ގޮސް، އެހެން ގައުމުތަކާއި ގުޅުން ބަދަހިކުރަން ފެށުމުން، އެކަމުން ގިނަ ފައިދާތަކެއް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވަނީ ފެނިފައެވެ. އެގޮތުން ދިވެހިންނަށް ވިސާގެ ލުއި ފަސޭހަތައް އެތައް ޤައުމަކުން ވަނީ މިހާރު ދީފައެވެ. ފޮރިން މިނިސްޓްރީން ބުނީ، އިތުރު ޤައުމުތަކާއިއެކު ވިސާގެ ލުއި ފަސޭހަކަން ހޯދުމަށް މިހާރު ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް އައުމާއިއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްވެ ހުންނަވައި އެހެން ބައެއް ވަޒީރުންނާއިއެކު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހިންނަށް އިންޑިއާއަށް ދިޔުމުގައި ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއް އަންނާނެކަމުގެ ޔަޤީންކަން ލިބިގެން ދިޔައެވެ. އަދި ގިނަ ދުވަސްތަކެއް ނުވެ އިންޑިއާ އާއި އެކު ވިސާގެ އައު އެއްބަސްވުމެއް ހަދައި، މީގެ ކުރިން ނުލިބޭހާ ގިނަ އިނާޔަތްތަކާއި އެކު އިންޑިއާއިން ރާއްޖެއަށް ވިސާގެ ލުއި ފަސޭހަކަން ދިނެވެ. ބޭސް ފަރުވާގެ ބޭނުމަށާއި ތައުލީމަށް އަދި ދިރިއުޅުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ބޮޑެތި ފަސޭތަކެއް ލިބިގެން ދިޔައެވެ. އިންޑިއާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވެސް ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން ލިބި، ވިސާއާއި ނުލައި މިއަހަރުން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ދެވޭނެކަން މިނިސްޓަރ ޝާހިދު ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ޔޫއޭއީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އިއުލާން ކުރެއްވިއެވެ.

ފަތުރުވެރިކަމަށާއި އެހެނިހެން ބޭނުންތަކަށް ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ދިވެހިން ޔޫއޭއީގެ ޑުބާއީ، އަބޫދާބީ އަށް ދަތުރުކުރާއިރު، ވިސާ ނެގުމަށް ދެތިން ދުވަސް ހޭދަވާއިރު، ގިނަ އަދަދެއްގެ ފައިސާވެސް ވިސާއަށް ޚަރަދުވިއެވެ. އެހެން ނަމަވެސް މިހާރު ވިސާއާއި ނުލައި މަހެއްހާ ދުވަހަށް ޔޫއޭއީގައި ތިބުމަށް ދިވެހިންނަށް ވަނީ މަގުފަހިވެފައެވެ. ތައިލެންޑަކީވެސް ދިވެހިން ގިނަ އަދަދަކަށް ޗުއްޓީ ހޭދަކޮށްލާ، ބާޒާރުކޮށްލަން އަދި ޑޮކްޓަރަށް ދައްކަންވެސްދާ ޤައުމެކެވެ. މާލޭގައި ހުންނަ ތައިލެންޑްގެ ކޮންސިއުލޭޓް މެދުވެރިކޮށް ވިސާ މީގެ ކުރިން ލިބުނަސް، އެކަމަށް ވެސް ވަގުތުކޮޅެއް ހޭދަވެ، ފައިސާ ދައްކަން ޖެހެއެވެ. އެހެން ނަމަވެސް މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ފަތުރުވެރިކަމުގެ ބޭނުމަށް ދަތުރުކުރާ ދިވެހިންނަށްވެސް އަވަށްޓެރި ސްރީލަންކާއަށް އެތެރެވެވޭހާ ފަސޭހަކަމާއިއެކު ތައިލެންޑަށްވެސް އެތެރެ ވެވޭނެއެވެ.

ސްރީލަންކާ އަކީ ރާއްޖެއިން ބޭރުގައި ދިވެހިންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. ގިނަ އަދަދެއްގެ ދިވެހިން އާއިލާއާއި އެކު ދިރިއުޅެމުންދާ ލަންކާގައި، އާއިލާގެ މެމްބަރުންނާއި އެކު ދިވެހިންނަށް ދިރިއުޅުމަށް ވިސާގެ އުޞޫލުތަކަށް ބަދަލުގެނައުމަށް ވެސް މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އިންޑިއާ އާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން މިހާރު އިންޑިއާގައި ދިރިއުޅުއްވާ ދިވެހިންނަށް ވެސް އެބޭފުޅުންގެ މާމަ ނުވަތަ ކާފަ އާއިއެކު އެތަނުގައި ދިރިއުޅެވޭނެފަދަ އިންތިޒާމްތަކެއް ހަމަޖެހިފައިވާއިރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވާ "މާމަ ކާފަ ވިސާ" ދިވެހިން އާއްމުކޮށް ދިރިއުޅޭ އެހެން ޤައުމުތަކުން ވެސް ހޯދުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ޝާހިދު ބައެއް ނޫސްވެރިންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައިވެއެވެ.

ވިސާގެ ލުއި ފަސޭހަކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ، ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، ދިވެހިންނަށް ބޭރުގެ ގައުމުތަކަށް ފަސޭހަކަމާއިއެކު ދަތުރުކުރުމަށް މަގުފަހި ކޮށްދިނުމަކީ މިނިސްޓަރ ޝާހިދު ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވިފަހުން މިނިސްޓްރީން އިތުރު ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަމަށާއި، މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުތަކުގައި އެކަމާއި ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް އެކި ޤައުމުތަކާއިއެކު ކުރައްވާ ކަމަށެވެ. އެގޮތުން ޔޫއޭއީ އަދި އިންޑިއާ ވިސާގެ ކަންކަން ހަމަޖެހިގެން ދިޔައީ އެޤައުމުތަކަށް މިނިސްޓަރ ޝާހިދު ކުރެއްވި ދަތުރުފުޅުތަކަށް ފަހުގައިކަމާއި، ތައިލެންޑްގެ ވިސާގެ ކަންކަންވެސް ހަމަޖެހިގެން ދިޔައީ އާޖެންޓީނާގައި ދާދި ފަހުން އޮތް ކޮންފަރެންސެއްގެ ހަވާސާގައި ތައިލެންޑްގެ ސަރުކާރުގެ އޮފިޝަލުންނާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހުގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިނިސްޓަރ ޤައުމުތަކުގެ އޮފިޝަލުންނާއިއެކު ކުރައްވާ މަޝްވަރާތަކުންނާއި އަދި އެއަށްފަހު ދެޤައުމުގެ ސަރުކާރުގެ މެދުގައި ކުރެވޭ މަސައްކަތްތަކަށްފަހު ވިސާގެ ލުއިފަސޭހަކަން މިލިބެނީ. ޤައުމުތަކާއިއެކު ގުޅިގެން، ދިވެހިންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ވިސްނުމުގައި މަސައްކަތް ކުރުމުގެ ނަތީޖާ މިއީ." މިއުވާން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިތުރު ގައުމުތަކާއިއެކުވެސް ވިސާގެ އެއްބަސްވުންތައް އެކުލަވާލައި، ދިވެހިންނަށް ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ ގޮތް މަގު ފަހިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވިލާތުގެ ޤައުމުތަކަށް ދިޔުމަށް ބޭނުންވާ ޝެންގެން ވިސާ ހޯދުމަށް އަވަށްޓެރި ސްރީލަންކާއަށް ކުރަން ޖެހޭ ދަތުރު ހުއްޓާލުމަށް، މާލޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޖަރުމަންވިލާތުގެ ސަރުކާރާއި އެކު ދަނީ މަޝްވަރާ ކުރެވުމުންކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ދާދި ފަހުން މިނިސްޓަރ ޝާހިދު ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅުގަޔާއި، މާލޭގައި އެންމެ ފަހުން ބޭއްވި އީޔޫ ޕޮލިސީ ޑައިލޮގްގައިވެސް އެކަމާއި ބެހޭ މަޝްވަރާތައް ކުރެވުނުކަމަށް އޭރު ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.

ސަރުކާރުގެ އޮފިޝަލަކު ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ދިވެހި ޕާސްޕޯޓަކީ ދުނިޔޭގެ މިހާރު އެންމެ ރައްކާތެރި އެއް ޕާސްޕޯޓްކަމަށާއި ދިވެހިންނަށް ވިސާ ދިނުމުގައި ބޭރުގެ ޤައުމުތަކުން ފަސްޖެހުން ކުޑަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ބޭރުގެ ފަރާތްތަކާއިއެކު އެކަށީގެންވާ މަޝްވަރާތަކެއް ކޮށް، ގާތް ގުޅުމެއް ބާއްވާނަމަ ޤައުމުތަކުން ކަންބޮޑުވާ އެހެންކަމާއިމެދު މަޝްވަރާކޮށް ހައްލު ހޯދޭނެކަމަށެވެ. އަދި އެކަން ބިނާވެގެން ވަނީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށްކަމަށް އޭނާ ވިދާޅުވިއެވެ. ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ލިބުނު ވިސާގެ ފަސޭހަކަތާކައިއެކު ކުރިއަށް އޮތްތަނުގައި ވެސް ގިނަ ގައުމުތަކަކުން ވިސާގެ ލުއިފަސޭހަކަން ލިބުމަކީ ދިވެހިންގެ އުއްމީދަކަށްވާނެކަން ޔަޤީނެވެ. ގައުމުތަކާއި އެކު އޮންނަ ގުޅުން ރަނގަޅުވަމުން އަންނަ މިންވަރު އަޅުގަނޑުމެން ދިވެހިންނަށް ވަޒަންކޮށްލަން ރަނގަޅު މިންގަނޑަކަށް އެކަން ވާނެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2018

ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް

20 ނޮވެމްބަރު 2018
ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް
23 އޮކްޓޯބަރު 2018

އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ

23 އޮކްޓޯބަރު 2018
އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ
13 ޖޫން 2018

ދިވެހިންނަށް މިފަހަރު ލިބުނު އީދު ހަދިޔާ – ރައީސް މައުމޫނާއި އިސްފަނޑިޔާރުންގެ ޖަލު ހުކުމް!

13 ޖޫން 2018
ދިވެހިންނަށް މިފަހަރު ލިބުނު އީދު ހަދިޔާ – ރައީސް މައުމޫނާއި އިސްފަނޑިޔާރުންގެ ޖަލު ހުކުމް!
08 މާރިޗު 2018

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!
15 ފެބުރުއަރީ 2018

އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!

15 ފެބުރުއަރީ 2018
އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!
01 ޖެނުއަރީ 2018

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ
26 އޮކްޓޯބަރު 2017

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް
19 ޖުލައި 2017

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް