Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ގާނާގެ ވިސްނުން ހުރީ މެޗަށް، ރޮނާލްޑޯގެ މައްސަލައަކަށް ނޫން

އޮއްޑޯ ބުނީ ރޮނާލްޑޯއަށް ދިމާވެފައިވާ މައްސަލަތަކާމެދު އޭނާގެ ޓީމުން ނުވިސްނާނެކަމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 24 ނޮވެމްބަރު 2022 | ބުރާސްފަތި 15:32
ގާނާ ޓީމު ޓެރެއިނިންގގައި

ގާނާ ޓީމު ޓެރެއިނިންގގައި

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ގާނާ ނުކުންނަނީ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ފީފާ ރޭންކިންގެ ފުލުގައި އޮތީ އެމީހުން ކަމުގައިވާތީ, އެކަމަށް ތައްޔާރުވެގެންނެވެ. ޕޯޗުގަލްގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ހުރުމުން, އެމީހުންނަށް ދޭންވާ އިހްތިރާމް ފުރިހަމައަށް ދީގެންނެވެ.

ނަމަވެސް ރޮނާލްޑޯ މިވަގުތު ހުރީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކުލަބާ މައްސަލަޖެހި ރޮނާލްޑޯ ކުޅެމުން އައި މެންޗެސްޓަރ ޔުނައިޓެޑުންވެސް ވަނީ އޭނާ ދޫކޮށްލާފައެވެ. އަދި ނޫސްވެރިންނާ ބޭއަދަބީކޮށް މުއާމަލާތުކުރުމުގެ ސަބަބުން އޭނާއަށް ވަނީ ކުލަބު ލެވެލްގައި ދެ މެޗެއްގެ ސަސްޕެންޝަނެއްވެސް ކުރިމަތިވެފައެވެ.

ނަމަވެސް ގާނާގެ ކޯޗު އޮޓޯ އޮއްޑޯ ބުނީ، ރޮނާލްޑޯއަށް ދިމާވެފައިވާ މައްސަލަތަކާމެދު އޭނާގެ ޓީމުން ނުވިސްނާނެކަމަށެވެ. އަދި އެކަމާ ފަރުވާލެއްވެސް ނެތްކަމަށެވެ. ސަބަބަކީ ކަރުދާހުގައިވާގޮތުން ޕޯޗުގަލްއަކީ ހުރިހާ ގޮތަކުންވެސް ގާނާ ޓީމަށްވުރެ މޮޅުވެފައި މާތަޖުރިބާކާރު ޓީމަކަށްވާތީ ކަމަށެވެ. މިހެންވެ ގާނާގެ ފޯކަސް ހުރީ މި މެޗުން ތިން ޕޮއިންޓް ހޯދުމަށެވެ. މިކަމަށް ކުޅުންތެރިން ގަދައަޅައި މަސައްކަތްކުރަން ޖެހިފައިވާ އެއް ސަބަބަކީ، އެންމެ ފަހުން ވޯލްޑްކަޕުގައި ކުޅުނު ތިން ފަހަރުވެސް ފުރަތަމަ މެޗުން މޮޅުވެފައި ނުވާތީއެވެ. މިއާ ޚިލާފަށް ޕޯޗުގަލްއަކީ އެމީހުން އެންމެ ފަހުން ކުޅުނު ތިން ވޯލްޑްކަޕުގައިވެސް ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. ގާނާގެ ކެޕްޓަން އަންދްރޭ އަޔޭ މިރޭގެ މެޗަށް ނުކުމެއްޖެނަމަ އޭނާ ވެގެންދާނީ ގާނާގެ ގައުމީ ޓީމަށް ވޯލްޑްކަޕުގައި އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށެވެ. މިހާތަނަށް އޭނާ ކުޅެފައިވަނީ ހަ މެޗެވެ.

ވޯލްޑްކަޕަށް ތައްޔާރުވާން ގާނާއިން އާއްމުގޮތެއްގައި ދެ ގޮތަކަށް ކުޅުނެވެ. ފުރަތަމަ ގޮތަކީ 4-2-3-1 ފޯމޭޝަންއެވެ. ދެ ވަނަ ގޮތަކީ 3-4-3 ފޯމޭޝަންއެވެ. އެކަމަކު މީގެ ތެރެއިން އެންމެ ޓީމަށް އެންމެ ފައިދާހުރީ ކޮން ފޯމޭޝަނަކަށް ކުޅެގެން ގާނާ ޓީމަށް އަދި ދެނެގަނެވިފައެއްނުވެއެވެ. ގާނާގެ އެންމެ ޚާއްސަ ކަމަކީ މެދުތެރެ ވަރުގަދަވުމެވެ. ނަމަވެސް މައްސަލައަކީ ޓީމުގެ ކުރީގައި ތިބޭ ކުޅުންތެރިން ގޯލާ ބީރައްޓެހިވުމެވެ. މީގެ އިތުރުން ތޯމަސް ޕާޓޭއާއި އެހެން ކުޅުންތެރިންގެ އެންމެ މޮޅަށް ކުޅޭ ޕޮޒިޝަނާމެދުވެސް ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ކޯޗު ބުނީ މިފަދަ ކަންކަން މުޅިން ހައްލު ނުވިނަމަވެސް، ވޯލްޑްކަޕުގައި ކުޅުންތެރިންގެ ވިސްނުމާއި ފިކުރު ތަފާތުވާނެކަމަށާއި އެއްވެސް ޓީމަކީ ހުރިހާ މައްސަލަތަކެއް ހައްލުވެގެން ވޯލްޑްކަޕަށް އައިސްފައިވާ ޓީމަކަށް ނުވާނެކަމަށެވެ.

މި ދެ ގައުމު މިހާތަނަށް ވޯލްޑްކަޕުގައި ވާދަކުރީ އެންމެ ފަހަރަކުއެވެ. 2014 ވަނަ އަހަރު ކުޅުނު އެ މެޗުން ޕޯޗުގަލް މޮޅުވީ 2-1ންނެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2020

ކޮވިޑް-19: ގޭގައި ތިބެގެން ވައިވަނީތަ؟ މިހުރީ ކުރެވިދާނެ ކަންކަން!!

16 މާރިޗު 2020
ކޮވިޑް-19: ގޭގައި ތިބެގެން ވައިވަނީތަ؟ މިހުރީ ކުރެވިދާނެ ކަންކަން!!
22 ފެބުރުއަރީ 2020

ފަނޑުވުމެއްނެތި ވިދަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ 1000 ވަނަ މެޗަށް ތައްޔާރުތަ؟

22 ފެބުރުއަރީ 2020
ފަނޑުވުމެއްނެތި ވިދަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ 1000 ވަނަ މެޗަށް ތައްޔާރުތަ؟
17 ފެބުރުއަރީ 2020

ސީޕްލޭން ޓާމިނަލް ހަދަން ފެށިއިރުވެސް އެމްއޭސީއެލްގެ ވިސްނުން ހުރީ ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށްދޭން!

17 ފެބުރުއަރީ 2020
ސީޕްލޭން ޓާމިނަލް ހަދަން ފެށިއިރުވެސް އެމްއޭސީއެލްގެ ވިސްނުން ހުރީ ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށްދޭން!
25 ޖޫން 2019

މިސްރާބު އަދި ހުރީ ރަނގަޅު ދިމާލަށް

25 ޖޫން 2019
މިސްރާބު އަދި ހުރީ ރަނގަޅު ދިމާލަށް
19 ޑިސެމްބަރު 2018

އެކައުންޓުގައި ހުރީ ޖާއިޒް ފައިސާކަމަށްވާ ނަމަ އެ ފައިސާ ހޯއްދެވީ ކޮން ގޮތަކުން ހެއްޔެވެ!

19 ޑިސެމްބަރު 2018
އެކައުންޓުގައި ހުރީ ޖާއިޒް ފައިސާކަމަށްވާ ނަމަ އެ ފައިސާ ހޯއްދެވީ ކޮން ގޮތަކުން ހެއްޔެވެ!
27 އޯގަސްޓު 2018

ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް

27 އޯގަސްޓު 2018
ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް
26 ޖުލައި 2018

މަސްނޫޢީ ވިސްނުން: ޢަދާލަތު ޕާޓީއިން ހުށަހެޅި ޒަމާނީ ވިސްނުން

26 ޖުލައި 2018
މަސްނޫޢީ ވިސްނުން: ޢަދާލަތު ޕާޓީއިން ހުށަހެޅި ޒަމާނީ ވިސްނުން
20 ޖޫން 2018

ކޯލިޝަންގެ ކެންޑިޑޭޓަކަށް ހުރީ ކޮން ބޭފުޅެއް؟

20 ޖޫން 2018
ކޯލިޝަންގެ ކެންޑިޑޭޓަކަށް ހުރީ ކޮން ބޭފުޅެއް؟
08 ޖޫން 2018

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު