Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މިސްރާބު އަދި ހުރީ ރަނގަޅު ދިމާލަށް

ފަނޑިޔާރެއް މަގާމުން ވަކި ކުރުމާއި މެދު ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ފަހަރަށް ވަނީ ބަހުސްކޮށްފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 25 ޖޫން 2019 | އަންގާރަ 10:44
މަޖިލިސް ޗެމްބަރުގައި މެމްބަރުން

މަޖިލިސް ޗެމްބަރުގައި މެމްބަރުން

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން އެންމެ ގިނައިން އިވުނު އެއް ޖުމްލަ އަކީ "މަޖިލިސް 19 " ތަފާތު ވާނެ ކަމެވެ. ނަވާރަ ވަނަ މަޖިލިސްގައި ފައިސާ ގޯނީގެ ވާހަކަ ނުދައްކާނެ ކަމަށާއި، މަޖިލިސް ނަޒާހަތްތެރިވާނެ ކަމަށެވެ. އިތުބާރު ގެއްލިފައިވާ ފަނޑިޔާރުގެއަށް، އިތުބާރު ހޯދައިދޭނީ ނަވާރަ މަޖިލިސްއިން ކަމަށެވެ. މިއީ އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ކެމްޕެއިންގައި ރައްޔިތުންނަށް ވިއްކަމުން ދިޔަ ވައުދުތަކެވެ. އެ ވައުދުތައް އަޑުއެހުމަށް ފަހު، ފުރަތަމަ ފަހަރަށް ރައްޔިތުން ވަނީ މަޖިލީހުގެ ސާފު އަޢުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ދީފައެވެ. އެމްޑީޕީއަށް މަޖިލިސްގެ ސާފު އަޢުލަބިއްޔަތު ދިނުމަށް ފަހު ރައްޔިތުން ހިތާ ހިތާ ސުވާލުކޮށްލަ، ކޮއްލަ ތިބީ މި ކަން އެމްޑީޕީން ކުރާނެތޯއެވެ؟ އެ ވައުދުތައް ވެގެންދާނީ "ނަނާ ހުވަފެން" ތަކަކަށް ތޯ އެވެ؟

މަޖިލިސް އިންތިޚާބުގައި ރައްޔިތުންނަށް އެމްޑީޕީން ވީ ވައުދުތައް ފުއްދައިދިނުމަށް މަޖިލިސްއިން މަސައްކަތް ފަށާފައިވަނީ މި ވަނީ "ރޮކެޓް ސްޕީޑް"ގައޭ ދެންނެވިދާނެއެވެ. ރާއްޖޭގެ ރައްޔިތުން އަވަސް ސްޕީޑްގައި ހައްލު ކުރަން ބޭނުންވެފައިވަނީ ޝަރުއީ ދާއިރާއެވެ. ފަނޑިޔާރުގެ އިސްލާހު ކުރުން، އެއީ ރައްޔިތުން މި ވަގުތު ފެންބޮވައިގެންފައިވާ އެއް ކަމެވެ.

ފަނޑިޔާރުންނާއި މެދު އެތައް މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލައިދިނުމަށް ، ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައި އެބައޮތެއެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް ފަނޑިޔާރުންނާއި ބެހޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލަތައް އޮތީ ފައިލްކޮށް ބާއްވާފައެވެ. ޖޭއެސްސީގެ މެމްބަރުން މިހާތަނަށް އައިރު ކަހާތަން ހިރުވައި ވެސް ނުލައެވެ.

ނަމަވެސް ނަވާރަ މަޖިލީހާއި އެކު ޖޭއެސްސީ ބެންޗަށް މައްސަލަތައް ފައިލްކޮށްފައި ބާއްވައިގެން، ދެ އަތް އުރާލައިގެން ތިބެވޭކަށް ނެތެއެވެ. އާ މަޖިލިސް ހުވާކުރުމަށް ފަހު، މަޖިލިސްގެ ފަރާތުން ޖޭއެސްސީއަށް ދިޔަ ދެ މެމްބަރުންނާއި އެކު، ޖޭއެސްސީގެ ދުވެލި މި ވަނީ ހަތް ގިޔަރަށް ލެވިފައިވޭ ބުނެވިދާނެއެވެ. މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު، ޖޭއެސްސީއަށް ފުރަތަމަ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ ޖޭއެސްސީން މިހާތަނަށް ނިންމާފައިވާ ކަންތަކާއި، މިހާތަނަށް ނިންމާފައިނުވާ މައްސަލަތަކުގެ ތަފްސީލް މީޑިޔާތަކަށް ހާމަކުރުމަށެވެ. އަދި ޖޭއެސްސީގެ ނިންމުންތައް މީޑިޔާތަކަށް ހާމަކުރުމަށް މަދުވެގެން ހަފްތާއަކު އެއް ފަހަރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމެވެ. މީގެ އިތުރުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބައްލަވަދެއްވުމަށް ވެސް އެ މަނިކުފާނު މެމްބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު، ފުރަތަމަ ފޮނުއްވި ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ. މި ބަދަލުތަކާއެކު ތިލަވަމުންދިޔައީ މިހާތަނަށް އައިރު ޖޭއެސްސީ އޮތް ހާލަތެއެވެ. އެތައް ފަނޑިޔާރަކާއި މެދު ފިޔަވަޅު އެޅުމަށް ފޮނުވުމުން ، އެ ފަނޑިޔާރުންނާއި މެދު ފިޔަވަޅު ނާޅައި އޮތް ކަމާއި، ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރެއެވެ.

ކޮންމެއަކަސް އެމްޑީޕީން އަތުކުރި އޮޅާލާފައި ނިކުތީ މި ހުރިހާ އަޑިގުޑަންތަކެއް ގިރާ ކުރުމަށް ފަހު، ފަނޑިޔާރުގެ އިސްލާހު ކުރާށެވެ. ފަނޑިޔާރަކާއި މެދު ފިޔަވަޅު އަޅައި ދިނުމަށް ޖޭއެސްސީއަށް ފޮނުވުމުން ، ޖޭއެސްސީން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު، ދެން ފޮނުވަން ޖެހޭނީ މަޖިލީހުގެ ތަޅުމަށެވެ. މަޖިލީހުގެ ތަޅުމުގައި އެ ކަމަށް 2 ގަނޑިއިރު ބަހުސް ކުރުމަށް ފަހު، ފަނޑިޔާރު އެ ބަހުސް ކުރެވޭ ދުވަހު ވަކި ކުރުމުގެ ބާރު ވެސް ގާނޫނު އަސާސީން ވަނީ މަޖިލީހަށް ދީފައެވެ. ނޫނީ މަޖިލީހުގެ ކަމާއި ގުޅޭ ކޮމިޓީއަކަށް ފޮނުވިދާނެއެވެ. ކޮންމެއަކަސް މި ކަމަށް ގޮތެއް ނިންމުމުގެ ބާރު ގާނޫނު އަސާސީން ވަނީ މަޖިލީހަށް ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ވެސް ފަނޑިޔާރަކު މަގާމުން ވަކި ކުރުމާއި މެދު ގޮތެއް ކަނޑައަޅަން މި ވަނީ މަޖިލީހަށް ޖެހިފައެވެ. އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައަށް، މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށް ފަހު، އިތުރަށް ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. މިއީ ޖޭއެސްސީގެ ތާރީޚުގައި ވެސް، އަދި މަޖިލީހުގެ ތާރީޚުގައި ވެސް ފަނޑިޔާރަކާއި މެދު ފިޔަވަޅު އެޅުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެވި ، ކޮމިޓީއަކަށް ފޮނުވުނު ފުރަތަމަ ފަހަރުއެވެ. ކޮމިޓީގައި މި މައްސަލަ ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ ތަޅުމުގައި ފަނޑިޔާރާއި މެދު ގޮތެއް ކަނޑައެޅިގެންދާނެއެވެ. ހަމަގައިމުވެސް މިއީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދާ ބޮޅެކެވެ.

އާ މަޖިލިސް ފެށުނުތާ މަހެއްވާން ކައިރިވެފައިވާއިރު ، މަޖިލިސްގެ މިސްރާބު އަދި މި ދަނީ ރައްޔިތުން އެދޭ ރައްޔިތުން ބޭނުންވާ ގޮތަށެވެ. ރައްޔިތުން ބޭނުން ވަނީ މަޖިލިސް ތިޔަ މިސްރާބުގައި ކުރިއަށް ގެންގޮސް، އާ މަޖިލީހުގެ ފަސް އަހަރަކީ ގައުމަށް ހުރިހާ ގޮތަކުން ފާއިދާ ކުރަނިވި، މަންފާ ކުރަނިވި ފަސް އަހަރަށް ވެގެން ދިއުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

02 ޖެނުއަރީ 2018
 އުކުޅަހު ރައްޔިތުން ޑޮކްޓަރުންގެ އިންތިޒާރުގައި، މަރުކަޒުގެ ފެންވަރު ރަނގަޅުކުރަންޖެހޭ

އުކުޅަހު ރައްޔިތުން ޑޮކްޓަރުންގެ އިންތިޒާރުގައި، މަރުކަޒުގެ ފެންވަރު ރަނގަޅުކުރަންޖެހޭ

12 ނޮވެމްބަރު 2017
ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

26 އޮކްޓޯބަރު 2017
އިންތިގާލީ ވެރިކަމަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްތަ؟

އިންތިގާލީ ވެރިކަމަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްތަ؟

21 އޮކްޓޯބަރު 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު