Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑް-19: ގޭގައި ތިބެގެން ވައިވަނީތަ؟ މިހުރީ ކުރެވިދާނެ ކަންކަން!!

ގޭތެރޭގައި ގިނަ ވަގުތު ތިބެންޖެހުމުން ގިނަ ބަޔަކު ކަންކަމާއި ވިސްނާ ފިކުރުކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 މާރިޗު 2020 | ހޯމަ 17:11
ކޮވިޑް-19 ރާއްޖޭގައި އަންނަނީ ފެތުރެމުން

ކޮވިޑް-19 ރާއްޖޭގައި އަންނަނީ ފެތުރެމުން

ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ގިނަ މީހުން އެއްވެގެން ބާއްވާ އިވެންޓްތައް ނުބޭއްވުމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ސްކޫލްތައް ބަންދު ވެފައިވާއިރު ގިނަ އޮފީސްތަކަކުން އަންނަނީ އެތަންތަނުގެ މުވައްޒަފުންނަށްވެސް ލުއިތައް ދެމުންނެވެ. އަނެއްކޮޅުން ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރަށް ރައްޔިތުން އަންނަނީ "ލޮކް ޑައުން" ނުވަތަ މުޅި މާލެ ބަންދުކުރުމަށް ގޮވާލަމުންނެވެ. އެކަމަށް ގޮވާލާ ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ އަޑުތައް އަންނަނީ ގަދަވަމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެކަކު އަނެކަކާ ބައްދަލުނުކޮށް ގޭތެރޭގައި ތިބުމެވެ. އާންމު ދިރިއުޅުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މިކަމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ވަކިން ޚާއްސަކޮށް މާލެ ފަދަ ހަލަބޮލި އަދި ކުދި ތަންކޮޅުގައި އުޅޭ ބަޔަކަށް މިކަމަކީ ވަރަށްވެސް އުނދަގޫވާނެ ކަމެކެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން މިވަގުތު އެންމެ ރަނގަޅީ ބޭރަށް ނިކުމެ ނޫޅުން ކަމުގައިވާއިރު ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރަން ވަނީ ޖެހިފަ އެވެ. އެހެންކަމުން ގޭތެރޭގައި ހޭދަވާ ވަގުތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ފޫހިނުވެ ހިފުމަށް ކުރެވިދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވާ ކަންތައްތައް މިލިޔުމުގައި ހިމަނާލާނަމެވެ. އެގޮތުން ކުރެވިދާނެ ކަންކަމަކީ:

ކިޔުން:

އާންމު ދިރިއުޅުމުގައި އުޅޭއިރު އަބަދުވެސް އޮންނަނީ ވަގުތުނުވެގެން ކިޔަން ބޭނުންވާ ފޮތްތަކާއި ލިޔުންތައް ނުކިޔިފަ އެވެ. އެހެންކަމުން ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހިފައިވާއިރު މިދަނޑިވަޅުގައި ކުރިއްސުރެ ކިޔަން ހިތުލައިގެން ހުރި ފޮތްތައް ކިއިދާނެއެވެ. އެފޮތްތަކަކީ އިންޓަރނެޓް މެދުވެރިކޮށް ލިބެން ހުންނަ ފޮތްތަކެއް ނަމަ އަދި މާފަސޭހައިން އެކަންކަން ވާނެއެވެ. އެހެންކަމުން މިވަގުތުގެ ބޭނުންހިފާ އަމިއްލަ މައުލޫމާތުގެ ހަޒާނާ މުއްސަނދި ކުރެވިދާނެ އެވެ.

އައު ބަހެއް ދަސްކުރުން:

ހުޅުވާލެވިފައިވާ މިއަދުގެ ދުނިޔޭގައި އެކިގައުމުތަކުގެ ބަސް ދަސްކުރުމަކީ މުހިންމު އަދި ބޭނުންތެރި ކަމެކެވެ. އެހެންކަމުން ކުރީއްސުރެވެސް ދަސް ކުރަން ހިތުލައިގެން ހުރި އެހެން ގައުމުތަކުގެ މީހުން ވާހަކަދައްކާ ބަހެއް މިވަގުތުގެ ބޭނުން ހިފައިގެން ދަސްކުރެވިދާނެ އެވެ. ތިމާގެ އަމިއްލަ ނަފުސު ތަރައްޤީކުރުމަށް މިފުރުސަތުގެ ބޭނުން ހިފިދާނެ އެވެ.

ވޮކެބްލަރީ މުއްސަނދިކުރުން:

ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ އިނގިރޭސި ބަހުން ވާހަކަދައްކާ އަދި އެބަސް އުނގެނެންވެސް ބޭނުންވާ ބައެކެވެ. އިނގިރޭސި ބަސް ނޫނަސް ދިވެހި ބަސްވެސް ރަނގަޅަށް އިނގުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން މިވަގުތުގެ ބޭނުންހިފާ ބަސް ބަހުގެ އައު ލަފްޒުތަކާއި މާނަތައް ހޯދާ ބަހަށް މިހާރަށްވުރެ ރަނގަޅު މީހަކަށް މިވަގުތުގެ ބޭނުން ހިފައިގެން ވެވިދާނެ އެވެ.

ދުވެ ކަސްރަތު ކުރުން:

ދުވެ ކަސްރަތުކޮށް ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެކެވެ. އަދި ވަކިން ޚާއްސަކޮށް މިފަދަ ކަމެއް އައިސްގެން އުޅޭއިރު ތިމާގެ ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އެހާ ގިނައިން މީހުން އެއްވެ ނޫޅޭ ހިސާބަކު ދުވެލާ ގޭތެރޭގައިވެސް ކަސްރަތުކުރެވިދާނެ އެވެ.

ކެއްކުން:

ކެއްކުމަކީ ގިނަ ބަޔަކު ވަރަށް ޝައުގުވެރިކަމާއެކު ކުރަމުން އަންނަކަމެކެވެ. ބައެއް މީހުންނަކީ އައު ކާތަކެތި ތައްޔާރުކުރަން ބޭނުންވާ އެހެންނަމަވެސް ވަގުތު ނުވެގެން އެކަން ނުވެ ތިބޭ މީހުންނެވެ. ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރާއިރު ކުރީއްސުރެވެސް ހިތުލައިގެން ހުރި މިފަދަ ކާއެއްޗެއް ތައްޔާރު ކުރެވިދާނެ އެވެ. އަދި އިންޓަރނެޓުން ބަލައިގެން އައު ރެސިޕީތައް ޓެސްޓް ކުރެވިދާނެ އެވެ.

ވީޑިއޯ ޗެޓް ކުރުން:

ބޭރަށް ނުނިކުމެ ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން މީހުން ފެނުން މަދުވެ ވާހަކަ ދެއްކުން މަދުވެގެންދާނެ އެވެ. އެހެންކަމުން މިވަގުތުގައި ރައްޓެހިންނާއި އާއިލާގެ މީހުންނާއި ވީޑިއޯ ޗެޓް ކުރުން ގިނަކޮށްލެވިދާނެ އެވެ. އޭރުން އެމީހުން ފެނިގެން ވާހަކަދެއްކި ހިތަށް ހަމަޖެހުން ލިބޭނެއެވެ. އަދި މީގެއިތުރުންވެސް ރައްޓެހިންނާއި ޗެޓްކޮށް އެކިކަންކަމާއި ޚިޔާލު ބަދަލުކުރާށެވެ.

ގޭމް ކުޅުން:

ގޭމް ކުޅުމަކީ އާންމު ދިރިއުޅުމުގެ ތެރޭގައިވެސް ދިވެހިން އާންމުކޮށް އުޅޭ ކަމެކެވެ. އެއިރެއްގައި ނިކުންނަ ފަހުގެ ގޭމްތަކަކީ ދިވެހިން އަބަދުވެސް ކުޅެމުން އަންނަ ގޭމްތަކެވެ. ގޭތެރޭގައި ގިނަ ވަގުތު މިހާރު ހޭދަކުރަންޖެހިފައިވާއިރު މިފަދަ ގޭމްތައް ކުޅެވިދާނެ އެވެ. އަދި މީގެކުރިން ކުޅެފައިވާ އަދި މިހާރު ކުޅުން ހުއްޓާލާފައިވާ ގޭމްތައްވެސް ކުޅެން ފެށިދާނެ އެވެ.

ކުރެހުން:

ކުރެހުމަކީވެސް ގިނަ ބަޔަކު ޝައުގުވެރިކަން ހުންނަ ކަމެކެވެ. އެހެންކަމުން ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރަންޖެހިފައިވުމުން ވަގުތުނުވެގެން މިކަން ނުވެ ތިބި މީހުންނަށްވެސް އަލުން ކަރުދާހާއި ކުލަފަންސުރު ނަގައިގެން މިކަން ކުރަންފެށިދާނެ އެވެ. އެމީހެއްގެ ހިތުގައި ހުންނަ ޝުއޫރުތައް ނުވަތަ ކުރަހަން ފަސޭހަ އެއްޗެއް ކުރެހިދާނެ އެވެ. އެގޮތުންވެސް މިހުނަރު އިތުރަށް ތަރައްޤީ ކުރެވިދާނެ އެވެ.

ގޭތެރޭގައި ހުންނަ މަރާމާތުތައް ކުރުން:

ގިނަ ގޭގެއަކީ ކޮންމެސް އެއްޗެއް ނުވަތަ ތަނެއް ހަލާކުވެގެން މަރާމާތުކުރަން ޖެހިފައިވާ ނަމަވެސް ބިޒީކޮށް އުޅެން ޖެހުމުން އެކަންކަން ނުވެފައި ހުންނަ ގެތަކެވެ. އެހެންކަމުން ގޭތެރޭގައި މިހާރު ތިބޭއިރު އެފަދަ ތަންތަނާއި އެއްޗިސް މަރާމާތު ކުރެވިދާނެ އެވެ.

މިހިމަނާލެވުނީ ގޭތެރޭގައި ތިބެގެން ފޫހިވެގެން މާބޮޑަށް ކަންކަމާއި ވިސްނުމުގެ ބަދަލުގައި ކުރެވިދާނެ ބައެއް ކަންކަމެވެ. މިލިސްޓަށް އަދިވެސް ތިބޭފުޅުންނަށް ކަންކަން އިތުރުކުރަމުން ގެންދެވިދާނެ އެވެ. ނަމަވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސިކުނޑީގައި ބަހައްޓަންވީ ކަމަކީ މާބޮޑަށް ހާސްނުވެ ކަންބޮޑުނުވުމަށެވެ. ސިކުނޑީގައި ބަހައްޓަންވީ ކަމަކީ މިވަގުތުވެސް ފަހަނައަޅައި ދާނެކަމެވެ. އަދި މިއަށްވުރެ ރަނގަޅު ވަގުތު އަންނަން އޮތީ ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭގައި މަޑުކޮށްލައިގެން ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް، ތިމާގެއުޅުން ތާވަލު ކޮށްލަމާ!

ގޭގައި މަޑުކޮށްލައިގެން ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް، ތިމާގެއުޅުން ތާވަލު ކޮށްލަމާ!

26 މާރިޗު 2020
ކޮވިޑް-19: ގޭގައި ތިބެގެން ވައިކަން ފިލުވާލަން އިމޯޖީ ކުއިޒް

ކޮވިޑް-19: ގޭގައި ތިބެގެން ވައިކަން ފިލުވާލަން އިމޯޖީ ކުއިޒް

23 މާރިޗު 2020
ދުނިޔޭގެ \"ރީސެޓު ބަޓަނަށް\"  ކޮވިޑް19، ފިއްތާލައިފި!

ދުނިޔޭގެ \"ރީސެޓު ބަޓަނަށް\" ކޮވިޑް19، ފިއްތާލައިފި!

22 މާރިޗު 2020
ޗައިނާއިން ހިއްލާލި ކޮވިޑް19ގެ ރާޅު، ދުނިޔެއަށް އަރަމުންދާއިރު، އެމެރިކާ \"ހަނގުރާމަ\" އިޢުލާނުކޮށް،\" ހޮސްޕިޓަލު މަނަވަރު\" ތައް، ކުއްލި ޙާލަތުގައި!

ޗައިނާއިން ހިއްލާލި ކޮވިޑް19ގެ ރާޅު، ދުނިޔެއަށް އަރަމުންދާއިރު، އެމެރިކާ \"ހަނގުރާމަ\" އިޢުލާނުކޮށް،\" ހޮސްޕިޓަލު މަނަވަރު\" ތައް، ކުއްލި ޙާލަތުގައި!

21 މާރިޗު 2020
ގިނަ އަދަދެއްގެ ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރަން ފެށުމާއެކު ހެކަރުންނަށް އިތުރު ފުރުސަތުތަކެއް

ގިނަ އަދަދެއްގެ ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރަން ފެށުމާއެކު ހެކަރުންނަށް އިތުރު ފުރުސަތުތަކެއް

19 މާރިޗު 2020

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު