Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ރޭސް 2018

"އިބޫ އަށް ތާއީދު ކުރުމަށް އެ ނުކުންނަނީ ހާދަ ބައެކެވެ"

ނަތީޖާ އާ މެދު ސަރުކާރުގެ އިސްވެރިން ވަރަށް ކަންބޮޑުވެފައި!

ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 12:54
އައްޑޫ ސިޓީ ފޭދޫގެ ޒުވާނަކު އިބޫ އާ އެކު ސެލްފީ އެއް ނަގަނީ

އައްޑޫ ސިޓީ ފޭދޫގެ ޒުވާނަކު އިބޫ އާ އެކު ސެލްފީ އެއް ނަގަނީ

އަޅުގަނޑު ވެސް އޮފީހުގެ މޭޒު ކައިރީގައި އިނުމަށްފަހު ކުޑަކޮށް ހަށިގަނޑު ދަމާލާ ސައިތައްޓެއް ބޯލަން ދާނަމޭ ހިތާ އޮފީހުން ބޭރަށް ނުކުތް ވަގުތަކީ، އަޅުގަނޑުގެ އޮފީހުގެ ވެރިޔާ ވެސް ކޮންމެވެސް ތަނެއްގައި އުޅުއްވުމަށްފަހު އޭނާގެ ސައިކަލްގައި ވަޑައިގެން އޮފީސް ދޮރުމައްޗަށް މަޑުކޮށްލި ވަގުތެވެ.

އަޅުގަނޑު ފެނުމާއެކު އަތުން އިޝާރާތް ކޮށްލެއްވީމާ ގޮސް ވެރިޔާގެ އަރިހުގައި ހުއްޓިއްޖެއީމެވެ.

ހުއްޓުމާއެކު މިއީ އަހަރެމެންގެ މީހެކޭ ވިދާޅުވެ ސައިކަލުން ފައިބަމުން އަޅުގަނޑުގެ ކޮނޑުގައި ހިތްޕަވާލައްވާ، ކުޑަކޮށް ކައިރި ކޮށްލައްވައިފިއެވެ.

އަޅުގަނޑު ދެންނެވީމެވެ. ކަމެއް ދަމެއް ބޮޑުވީތޯއެވެ. ކަމަކާ މާ ހާސްވީތޯއެވެ.

އަޅުގަނޑު އެހެން ދެންނެވުމުން ވެރިޔާ ކުޑަކޮށް ހިނިތުންވެލާ ގޮތް ދައްކާލުމަށްފަހު އަޅުގަނޑު ގާތުގައި އެއްސެވިއެވެ.

މި ވަނީ ކިހިނެއް ހެއްޔެވެ؟ ބުނެބަލާށެވެ.

އަޅުގަނޑު ދެންނެވީމެވެ. ތިޔަ ވިދާޅުވީ ކޮން ވާހަކައެއް ތޯއެވެ؟

އިބޫއަށް ހާދަ ބޮޑު ތާއީދު އޮތްތަން ރަށް ރަށުން އެބަފެނެޔެވެ. ކަލޭމެންގެ ރަށުންވެސް ހާދަ ބަޔަކު ބަނދަރު މައްޗަށް ނުކުމެފައި އޮތެވެ. ކޮންމެ ރަށަކުން ކޮންމެ ރަށަކުން ވެސް އެހެންނެވެ. ހަމަ އެހާ ތާއީދު ބޮޑީތޯ ވެރިޔާ އަޅުގަނޑާ ސުވާލު ކުރިއެވެ.

އަޅުގަނޑުމެންގެ އޮފީހުގެ ވެރިޔަކަށް ހުންނެވި ބޭފުޅާއަކީ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި އޮފީހުގައި މާ ބޮޑު ސީރިއަސް މަސައްކަތެއް ކުރައްވާ ބޭފުޅެއް ނޫނެވެ. އޭނާ އުޅުއްވާނީ ގިނައިން ރައީސް ޔާމީންގެ ކެމްޕޭން އާ ގުޅޭ ކަމެއްގައެވެ. މުޅިންވެސް ބައްދަލުވެއްޖެ ނަމަ ދައްކާނީވެސް ސިޔާސީ ވާހަކަ އެވެ. އައްސަވާނީވެސް އޮފީހުގެ އެވެނި މިވެނި މީހުން ތިބީ ކިހިނަކުންތޯއެވެ.

ވެރިޔާ އަޅުގަނޑާ ބައްދަލުވިއިރު އޭނާގެ މޫނުމަތީގައި ހުރި ނުތަނަވަސްކަން ކިތަންމެ ރަނގަޅަކަށްވެސް އިހްސާސް ކުރެވުނެވެ.

އަޅުގަނޑަކީ އޮފީހުގައި މިހާރު ތިބި އެކި ފާޑުފާޑުގެ ނަން ކިޔާ ސިޔާސީ ވެރިން އަބަދުވެސް ޝައްކުގެ ނަޒަރަކުން ދެކޭ މީހެއް ކަމަށް ހީވެފައި އޮންނާތީ، މިފަދަ ކޮންމެ ކަމެއްގައި ވެސް ޖަވާބުދެނީ ވަރަށް ވިސްނައިގެންނެވެ. އެއީ ދެން މިހާރު ކަން އޮންނަ ގޮތުން، ބުނެވޭ އެއްޗަކުންވެސް ކޮންމެ ފަދަ ގޮތެއްވެސް ވެދާނެޔޭ ހިތުގައި އޮންނާތީއެވެ.

ވެރިޔާ އަށް ދެންނެވީމެވެ. ޓީވީން ތިޔަ ފެނިވަޑައިގަންނަވާ މަންޒަރަކީ، ހަގީގަތުގައި ކަން އޮތް ގޮތެއް ނޫނެވެ. އިބޫ އަކަށް ތާއީދެއް ނެތެވެ. ރީނދޫ ޓީޝާޓުގައިވެސް ނުކުމެ ގިނައިން ރަށްރަށުގައި ތިބެނީ ހަގީގަތުގައި ރައީސް ޔާމީނަށް ވޯޓު ލާ މީހުންނެވެ. އަޅުގަނޑުމެންގެ ރަށުގައިވެސް އެކަންވީ އެހެންނެވެ. އިބޫ ވަޑައިގެންނެވި ދުވަހު، އެމްޑީޕީ މީހުން ބުނެ އާދޭސް ކޮށްގެން ޓީޝާޓް ހިލޭ ދީގެން ގިނައިން ނުކުމެ ތިބީ ޔާމީނަށް ތާއީދު ކުރާ މީހުންނެވެ. އެމްޑީޕީ އަށް ތާއީދު ކުރަން ރަށުގައި ތިބ، ހައްޔަރުކޮށްގެން އެ ގެންގުޅޭ މެމްބަރުގެ އާއިލާ އާއި އަދި އިތުރު ދެ ބައެކޭ ވެރިޔާ އަށް ދެންނެވީމެވެ.

އަޅުގަނޑުގެ މި ޖަވާބަށް ވަރަށް ބޮޑަށް ވެރިޔާ ގަޔާވެއްޖެއެވެ.

"އެއީ ދޯ އެ ވާގޮތަކީ، އެކަމަކު މަންޒަރު ފެންނަ ގޮތުން ހާދަ ބައެކޭ އިބޫ އަށް ތާއީދު ކުރަން ނުކުމެ އެ ތިބެނީ، ވަރަށް ކަންބޮޑުވޭ އެފަދަ މަންޒަރު ފެނުނީމާ މިއަދު ތިން ހަތަރު ރަށެއްގެ މަންޒަރު ފެނުނު އިރުވެސް ހަމަ އެހާ ބައިބޯ، މުޅިން ބޯ ގޮވައިފި." ވެރިޔާ ވިދާޅުވިއެވެ.

އަޅުގަނޑު ވެރިޔާ އަށް ދެންނެވީމެވެ. ހަގީގަތުގައި އެހާ ކަންބޮޑުވާންޖެހޭ ސަބަބަކީ ކޮބާތޯއެވެ؟ އިންތިޚާބުގެ ނަތީޖާ ތިޔަ ބޭފުޅުންނަށް ވެސް އަޅުގަނޑުމެންނަށްވެސް ވަރަށް ސާފު ނޫންތޯއެވެ؟

ވެރިޔާ ވިދާޅުވީ، ރައީސް ޔާމީން ނޫން މީހަކު ހޮވޭނެ ކަމަށް ހަމަ އެއް ގޮތަކަށްވެސް ސިކުނޑިއަށް ނުވަންނަނީ ކަމަށެވެ. ވޯޓުގެ ނަތީޖާ އިބޫ ކޮޅަށް ބުރަވެއްޖެ ނަމަ ދެން ތިމަންނާމެން ދެން ހަދާނެ ގޮތެއްވެސް ނޭގޭ ކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑުގެ ހިތައް އެރިއެވެ. މިއޮތްހާ ފައިސާ އާއި ނުފޫޒް ބޭނުންކޮށް އޮފީހުގެ މުވައްޒަފުން ގަދަބާރުން ބައްދަލުވުންތަކަށާއި އެއްވުން ތަކަށް ނެރެ، ހިތައް އެރި ގޮތަކަށް ކަންކަން ކުރަމުން ދިޔަ އިރުވެސް އެމީހުންގެ ހިތައް ލިބުނު ހަމަޖެހުމެއް ނެތްތާއެވެ. މިއަދު އެ ހިތްހަމަ ޖައްސާލީ އަހަރެން ހަދައިގެން ދައްކާލި ވަރަށް އަދައިގެ ވާހަކަ އަކުންނެވެ. އެތިބީ ޝައްކު މަތީގައެވެ. ކަންބޮޑުވެ ހާސްވެފައެވެ. މާދަމާ އަށް އެއްވެސް ޔަގީން ކަމެއް ނެތްތާއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިބޫގެ ޓްވިޓާ އެކު ޅެމުގެ ގުލްޒާރަކަށް!

އިބޫގެ ޓްވިޓާ އެކު ޅެމުގެ ގުލްޒާރަކަށް!

11 ޖޫން 2018
ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟

ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟

24 މެއި 2018
އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

31 މާރިޗު 2018
އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

27 މާރިޗު 2018
ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

03 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު