Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ސިޔާސީ މަސްރަހު

ސަރުކާރު ބަދަލުކުރަން މުޒާހަރާކުރަން ފުރުސަތެއް ނުދޭނަން: ރަނިލް

24 ނޮވެމްބަރު 2022 | ބުރާސްފަތި 02:18

ރަނިލް ވިދާޅުވީ ގައުމަށް ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާ ނިމުމަކަށް ގެނެސް އިގްތިޞާދު ހަމައަކަށް އެޅުމުން ނޫނީ ގާނޫނު ހަދާ މަޖިލީސް އުވާނުލައްވާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ނޮވެމްބަރު 2022 | ބުރާސްފަތި 02:18
ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ

ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލާ އަވަސް އިންތިޚާބެއް ބޭއްވުމަށް ލަންކާގެ އިދިކޮޅުން ކުރާ ޑިމާންޑާ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންގހަ ދެކޮޅު ހައްދަވައިފިއެވެ.

މީގެއިތުރުން ރަނިލް ވަނީ ސަރުކާރު ވައްޓާލުމަށް ކުރިޔަށް އޮތްތަނުގައި މުޒާހަރާކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށާއި އެފަދަ މުޒާހަރާތައް އަސްކަރިއްޔާ ބޭނުންކުރައްވައިގެން ރޫޅާލައްވާނެކަމަށް ވިދާޅުވެފައެވެ. އުމުރުފުޅުން 73 އަހަރުގެ ރަނިލް ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ މިއަހަރުގެ ޖުލައި މަހު އޭރު ލަންކާގައި ހުންނެވި ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމުން ފިއްލުވުމާއެކުއެވެ. 1948 ވަނަ އަހަރަށްފަހު ލަންކާއަށް ކުރިމަތިވި އެންމެ ވަރުގަދަ އިގްތިޞާދީ ކާރިސާގެ މެދުތެރެއިން ގައުމުގައި ބޮޑެތި ދިގުދެމިގެންދާ މުޒާހަރާތަކެއް ވަނީ ގޮތަބަޔާ އާ ދެކޮޅަށް ކޮށްފައެވެ. އެމުޒާހަރާތަކުގެ މެދުން ގޮތަބަޔާ ގައުމު ދޫކުރައްވާ ވަޑައިގެންނެވި އެންމެ އުނދަގޫ ވަގުތު ރަނިލް ވަނީ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާފައެވެ.

ރަނިލް ވިދާޅުވީ ގައުމަށް ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާ ނިމުމަކަށް ގެނެސް އިގްތިޞާދު ހަމައަކަށް އެޅުމުން ނޫނީ ގާނޫނު ހަދާ މަޖިލީސް އުވާނުލައްވާނެކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ރަނިލް ވިދާޅުވީ މުޒާހަރާކުރާ ފަރާތްތަކުން އެމަނިކުފާނަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ލޭބަލް ކުރިޔަސް މަގުމަތީގައި މުޒާހަރާކުރުމަށް ފުލުހުންގެ ހުއްދަ ހޯދަންޖެހޭނެކަމަށެވެ. ސަރުކާރު ވައްޓާލުމަށް ބޮޑު މުޒާހަރާއެއް ރާވާފައިވާކަމަށާއި ނަމަވެސް އެކަން ކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރަނިލް ވިދާޅުވިއެވެ. އެފަދަ މުޒާހަރާއެއް ބާއްވާނަމަ އަސްކަރިއްޔާގެ ބޭނުންކުރައްވާނެކަމަށާއި އެމަރޖެންސީ ގާނޫނުގެ ބޭނުންކުރައްވައިގެން ވެސް މުޒާހަރާ ހުއްޓުވާނެކަމަށް ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ މުޒާހަރާ ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފްރޮންޓްލައިން ސޯޝަލިސްޓް ޕާޓީކަމަށެވެ.

ރާޖަޕަކްސަގެ ދައުރު ނިމެންދެން ރަނިލް އަށް ވެރިކަމުގައި ހުންނެވޭނެއެވެ. އެއީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން އަންނަނީ ވީއެންމެ އަވަހަކަށް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއް ބޭއްވުމަށެވެ. އިދިކޮޅުން އެހެން ގޮވާލަމުންދަނީ ރަނިލްގެ ސަރުކާރަށް ދެފުށް ފެންނަ އިންތިޚާބެއް ނުބޭއްވޭނެކަމަށް ބުނެއެވެ. ދެން ރިޔާސީ އިންތިޚާބެއް އެންމެ އަވަހަށް ވެސް ލަންކާގައި އޮންނާނީ 2024 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް