Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްރީކާސްޓް ފެކްޓްރީއެއް ހުޅުވުން

ރާއްޖޭގައި އަލަށް ޕްރީކާސްޓް ފެކްޓްރީއެއް ހިންމަފުށީގައި ހުޅުވައިފި

ކުންފުނީގެ އަމާޒަކީ މި ފެކްޓްރީ މެދުވެރިކޮށް ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށް މޮޑިއުލަރ ގެތައް ތައާރަފުކުރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2022 | ބުދަ 16:29
ރާއްޖޭގައި އަލަށް ޕްރީކާސްޓް ފެކްޓްރީއެއް ހުޅުވުން

ރާއްޖޭގައި އަލަށް ޕްރީކާސްޓް ފެކްޓްރީއެއް ހުޅުވުން

ރާއްޖޭގައި އަލަށް ޕްރީކާސްޓް ފެކްޓްރީއެއް ކ. ހިންމަފުށީގައި ހުޅުވައިފިއެވެ.

އީއެލްއެސްލިއޯގެ ފަރާތުން ޤާއިމުކުރި ފެކްޓްރީ ބުދަ ދުވަހު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

Advertisement - newsAdvertisement

ފެކްޓްރީ ހުޅުވުމުގެ ގޮތުން ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ސަވާދު ވިދާޅުވީ މި ފެކްޓްރީ މެދުވެރިކޮށް ތަފާތު ވައްތަރުގެ ގައުތައް ސަޕްލައިކޮށްދޭނެ ކަމަށެވެ. އަދި އީއެލްއެސްލިއޯ އަކީ ލަންކާއާއެކު ހަދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމަށާއި މި ފެކްޓްރީގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ސަވާދު އިތުރަށް ވިދާޅުވީ ކުންފުނީގެ އަމާޒަކީ މި ފެކްޓްރީ މެދުވެރިކޮށް ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށް މޮޑިއުލަރ ގެތައް ތައާރަފުކުރުން ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ ޑިރެކްޓަރ ޖަޔަރސްރީ އަނުރާ ވިތަނަގޭ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޒަމާނީ ވަސީލަތްތައް ތައާރަފުކޮށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުވުން ކަމަށެވެ.

މި ފެކްޓްރީ މެދުވެރިކޮށް ތަފާތު ވައްތަރުގެ ސިމެންތި ގަލާއި ހެބިޓެކް ގައު އުފައްދާނެއެވެ. ކުންފުނީގެ އަމާޒަކީ ރާއްޖޭގެ މާކެޓަށް ހެބިޓެކް ގައުތައް ތައާރަފުކޮށް، މޮޑިއުލަރ ގެތައް ބިނާކުރުން ކަމަށްވާއިރު އޯޑަރު ދޭތާ ތިން މަސް ދުވަސް ތެރޭގައި ގެއެއް ރަވާލަދޭނެ ކަމަށް ވެސް ކުންފުނިން ބުންޏެވެ. އެގޮތުން ތިން ފަންގިފިލާއާ ހަމައަށް ގެތައް އިމާރާތްކޮށްދޭނެއެވެ.   

މޮޑިއުލަރ ގެތައް ހަދަނީ ހެބިޓެކް ގައުތަކުން، ޕްރިކާސްޓް ކުރުމަށްފަހު އޭގެން އެސެމްބެލްކޮށްގެންނެވެ.

މީގެއިތުރުން މި ފެކްޓްރީން ގެތަކަށް ބޭނުންވާ ތަފާތު ވައްތަރުގެ ސިމެންތި ގައު އުފެއްދުމާއި އެކި މަޝްރޫއުތަކުގައި ބޭނުންކުރާ ގައުތައް ވެސް އުފައްދާނެއެވެ. އެގޮތުން ޕާކުތަކާއި މަގުތަކަށް ބޭނުންވާ ގައުތައް ހިމެނެއެވެ.

މި ފެކްޓްރީގައި ގައުތައް ހެދުމަށް ދެ މެޝިނެއް ހުންނައިރު އެއް މެޝިނަކީ ސިމެންތި ގައު އުފައްދާ މެޝިނެކެވެ. އަނެއް މެޝިނަކީ ހެބިޓެކް ގައުތައް އުފެއްދުމަށް ޚާއްސަ މެޝިނެކެވެ.

އެ ކުންފުނިން ބުނީ އާންމު ގޮތެއް ދުވާލެއްގެ މައްޗަށް 12،000 ހާސް ގައު އުފެއްދުމުގެ ޤާބިލުކަން ފެކްޓްރީގައި އެބަހުރި ކަމަށެވެ.

މި ފެކްޓްރީގައި މިވަގުތު ޖުމްލަ 20 މީހުން މަސައްކަތް ކުރަމުންދާއިރު ރާއްޖޭގެ ޒުވާނުންނަށް ވެސް އެތަނުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު