Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސައޫދީ ވަލީއަހުދުގެ އޯޑަރަށް، ޕްރައިވެޓް ޖެޓެއްގައި ޑިފެންޑަރު ޝަހްރާނީ ޖަރުމަނަށް

ކީޕަރުގެ ގައިގައި ޖެހި އޭނާގެ ބޯ ފަޅައިގެން ދިޔައިރު، ކަށިތަކަށްވެސް އަނިޔާވެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ނޮވެމްބަރު 2022 | ބުދަ 10:56
ޝަހްރާނީ ދަނޑުމަތީގައި

ޝަހްރާނީ ދަނޑުމަތީގައި

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އޯޑަަރަށް، ޕްރައިވެޓް ޖެޓެއްގައި ޑިފެންޑަރު ޔާސިރު އައްޝަހްރާނީ އިތުރު ފަރުވާއަށް ޖަރުމަނަށް ފުރުވާލައިފިއެވެ.

ޝަހްރާނީއަށް އަނިޔާވެފައިވަނީ ފީފާ ވޯލްޑް ކަޕްގައި ސައޫދީގެ ފުރަތަމަ މެޗުގައެވެ. މި މެޗުން ސައޫދީ ވަނީ އާޖެންޓީނާ އަތުން 2-1ން މޮޅުވެފައެވެ. މެޗުގެ ފަހު ވަގުތުގެ ތެރޭގައި ސައުދީގެ ގޯލް ކީޕަރުގެ ގައިގައި ޖެހި އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އެ އަނިޔާގެ ސަބަބުން އޭނާ ދަނޑުން ބޭލީވެސް ސްޓެރެޗަރގައެވެ. ކީޕަރުގެ ގައިގައި ޖެހި އޭނާގެ ބޯ ފަޅައިގެން ދިޔައިރު، ކަށިތަކަށްވެސް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައޫދީގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ޝަހްރާނީ ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ފުރުވާލާފައެވެ. އަދި އޭނާ ޖަރުމަނަށް ފޮނުވީ ޕްރައިވެޓް ޖެޓެއްގައިކަމަށާއި، އެކަމަށް އަމުރުކުރެއްވީ އެ ގައުމުގެ ވަލީއަހުދު، މުހައްމަދު ބިން ސަލްމާންކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައޫދީން އާޖެންޓީނާ ބަލިކުރުމާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ވަނީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ހަމަޖައްސާފައެވެ. އެއީ ސައޫދީއަށް ލިބުނު ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމަށެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2023

ބާރަށް ކުރިއަށް ގޮސް ސައޫދީ އަންހެން ޓީމު ފީފާ ރޭންކިން އަށް

26 މާރިޗު 2023
ބާރަށް ކުރިއަށް ގޮސް ސައޫދީ އަންހެން ޓީމު ފީފާ ރޭންކިން އަށް
02 މާރިޗު 2023

ސައޫދީން ނިއުކާސަލް ގަތް މައްސަލަ އަލުން ބަލަން ގޮވާލައިފި

02 މާރިޗު 2023
ސައޫދީން ނިއުކާސަލް ގަތް މައްސަލަ އަލުން ބަލަން ގޮވާލައިފި
23 ފެބުރުއަރީ 2023

މާޒިޔާ ސައޫދީ އަރަބިއްޔާގައި ކޭމްޕްކޮށްފި

23 ފެބުރުއަރީ 2023
މާޒިޔާ ސައޫދީ އަރަބިއްޔާގައި ކޭމްޕްކޮށްފި
31 ޑިސެމްބަރު 2022

ރޮނަލްޑޯ އެންމެފަހުން ސައޫދީ ލީގަށް ބަދަލުވެއްޖެ!

31 ޑިސެމްބަރު 2022
ރޮނަލްޑޯ އެންމެފަހުން ސައޫދީ ލީގަށް ބަދަލުވެއްޖެ!
26 ނޮވެމްބަރު 2022

ލެވަންޑޯސްކީގެ ފުރަތަމަ ލަނޑާއެކު ސައޫދީ ބަލިކޮށް ޕޮލެންޑް އެއްވަނައަށް

26 ނޮވެމްބަރު 2022
ލެވަންޑޯސްކީގެ ފުރަތަމަ ލަނޑާއެކު ސައޫދީ ބަލިކޮށް ޕޮލެންޑް އެއްވަނައަށް
23 ނޮވެމްބަރު 2022

ސައޫދީ ސަރުކާރުގެ ހަދިޔާއެއް، ކޮންމެ ކުޅުންތެރިޔަކަށް ރޯލްސް-ރޮއީސް ކާރެއް

23 ނޮވެމްބަރު 2022
ސައޫދީ ސަރުކާރުގެ ހަދިޔާއެއް، ކޮންމެ ކުޅުންތެރިޔަކަށް ރޯލްސް-ރޮއީސް ކާރެއް
22 ނޮވެމްބަރު 2022

އުފާ ފާޅުކުރުމަށްޓަކައި، ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ސައޫދީން ހަމަޖައްސައިފި

22 ނޮވެމްބަރު 2022
އުފާ ފާޅުކުރުމަށްޓަކައި، ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ސައޫދީން ހަމަޖައްސައިފި
12 ނޮވެމްބަރު 2022

ޑޭވިޑް ވިލާއާއެކު ވޯލްޑް ކަޕްގެ ޓްރޮފީ ސައޫދީގެ ރިޔާޒަށް

12 ނޮވެމްބަރު 2022
ޑޭވިޑް ވިލާއާއެކު ވޯލްޑް ކަޕްގެ ޓްރޮފީ ސައޫދީގެ ރިޔާޒަށް
02 ނޮވެމްބަރު 2022

ސައޫދީގެ ސަޕޯޓަރެއް ހިނގާފައި ޤަތަރަށް ދަތުރުކޮށްފި

02 ނޮވެމްބަރު 2022
ސައޫދީގެ ސަޕޯޓަރެއް ހިނގާފައި ޤަތަރަށް ދަތުރުކޮށްފި
24 އޮކްޓޯބަރު 2022

ސައޫދީގެ ވަލީއަހުދު، ޓީމަށް ހިތްވަރުދެއްވައިފި

24 އޮކްޓޯބަރު 2022
ސައޫދީގެ ވަލީއަހުދު، ޓީމަށް ހިތްވަރުދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު