Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ސްޕެއިންގެ އަމާޒަކީ، ފުރަތަމަ މެޗުން މޮޅު ނުވެވުމުގެ ސިލްސިލާ ނިމުމަކަށް ގެނައުން

އެންމެ ފަހުން ވޯލްޑްކަޕުގައި ކުޅުނު ތިން ފަހަރުވެސް ފުރަތަމަ މެޗުން މޮޅުވެވިފައެއްނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ނޮވެމްބަރު 2022 | ބުދަ 10:31
ސްޕެއިން ޓީމު ޓްރެއިނިންގައި

ސްޕެއިން ޓީމު ޓްރެއިނިންގައި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބުދަ ދުވަހުގެ ރޭ ކޮސްޓަރިކާއާ ދެކޮޅަށް ސްޕެއިން ނުކުންނަނީ އެއް ކަމެއްވިޔަ ނުދިނުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެއީ އެންމެ ފަހުން ވޯލްޑްކަޕުގައި ކުޅުނު ތިން ފަހަރުވެސް ފުރަތަމަ މެޗުން މޮޅުވެވިފައި ނުވާތީއެވެ.

މި ކަމަށް ނުކުންނައިރު ކެޕްޓަން ސާޖިއޯ ބުސްކެޓްސްގެ ފަހު ވޯލްޑްކަޕަކީ މިއީތޯ އެހުމުން އޭނާ ވަނީ އުމުރު މަތިވި ނަމަވެސް، މިއީ ފަހު ވޯލްޑް ކަޕް ކަމުގައިވާން ބޭނުންނުވާކަމުގެ އިޝާރާތެއްކޮށްފައެވެ. މި ފަހަރުގެ މުބާރާތަކީ ބުސްކެޓްސްގެ ހަތަރުވަނަ ވޯލްޑްކަޕެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިން ހޯދި އިރު މުހިންމު ދައުރެއް އަދާކޮށްފައެވެ. ބުސްކެޓްސް ބުނީ ފުރަތަމަ މެޗުން ތިން ޕޮއިންޓް ލިބުމަކީ މުބާރާތް ވަރަށް ފަސޭހަކޮށްދޭ ކަމެއް ކަމަށާއި، މިހެންވެ ތާރީޚު ބަދަލުކޮށްލަން ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށެވެ.

މުބާރާތަށް ސްކޮޑް ނެގި ފަހުން ގެންނަންޖެހުނު އެންމެ މުހިންމު ބަދަލަކީ، ވާތު ބެކް، ހޯޔޭ ގާޔާ ޓީމުން އުނިކުރަން ޖެހުމެވެ. އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ޓީމާ ވަކިކޮށް، އެތަން ފޫބައްދަން ގެނައީ ބާސެލޯނާގެ ޒުވާން ވާތު ބެކް، އަލެހަންދްރޯ ބަލްޑޭއެވެ. ނަމަވެސް އުމުރު ހަގުކަމުން ފުރަތަމަ 11ން ފުރުސަތު ނުލިބުމަކީ ވުން ކައިރި ކަމެކެވެ.

ކޯޗު ލުއިސް އެންރީކޭ ކުޅުވަނީ 4-3-3 ފޯމޭޝަނަށެވެ. މި ފޯމޭޝަނުގައި އޭނާ އިސްކަންދެނީ އިދިކޮޅު ޓީމުގެ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެވޭނެ ކުޅުންތެރިންނަށެވެ. ކީޕަރު ވާންޖެހޭނީ ޓީމުގެ ފޯވާޑުންނަށްވެސް އެހީތެރިވެދޭ ކުޅުންތެރިއަކަށެވެ. މި ފަހަރުގެ ސްކޮޑުން މެންޗެސްޓަރ ޔުނައިޓެޑްގެ ކީޕަރު، ޑޭވިޑް ޑެހެޔާއަށް ފުރުސަތު ނުދިނީ އެންރީކޭގެ މި ފިލޯސަފީއަށް ފިޓްނުވާތީއެވެ.

ހަގީގަތުގައި ސްޕެއިންގެ ފިލޯސަފީއަކީ އެންމެނަށް އެނގޭ އެއްޗެކެވެ. އެމީހުން ކުޅެނީ ކޮންކަހަލަ ފުޓްބޯޅައެއްކަމާއި، އެމީހުން ކުރާނެ ކަންކަންވެސް ވަރަށް ސާފެވެ. މިހެންވެ ސްޕެއިން ޓީމުގައި ޑިފެންޑަރުންގެ ގޮތުގައި ކުޅޭނެ ހަތަރު ކުޅުންތެރިންނަކީ ކޮބައިކަމެއް ކުޅުންތެރިންނަށްވެސް ޔަގީނެއް ނޫނެވެ. ވަރަށް ގިނަ ކުޅުންތެރިންނަށް މިހާތަނަށް ޓެސްޓިންގ ފުރުސަތު ދީފައިވާއިރު، ފަހަތުގައި ހުންނާނެކަން ކަށަވަރުވާ ހަމައެކަނި ކުޅުންތެރިއަކީ މެންޗެސްޓަރ ސިޓީގެ އެމެރިކް ލަޕޯޓާއެވެ.

ދެން އޮތް ސުވާލަކީ 19 އަހަރުގެ ފޯވާޑް، އަންސޫ ފަޓީއަކީ ބަރޯސާ ވެވޭވަރުގެ ފޯވަޑެއްތޯ ކުރެވޭ ސުވާލެވެ. ސްޕެއިން ޓީމުގައި ޒުވާން މިޑްފީލްޑަރުންވެސް ގިނައެވެެ. ބާސެލޯނާގެ ދެ ކުޅުންތެރިންގެ ތެރެއިން ޕެޑްރީ ވަނީ އޭނާ މިފަދަ ބޮޑު މުބާރާތަށް ތައްޔާރުވެފައިވާކަން ޔޫރޯ 2020ގައި ސާބިތުކޮށްދީފައެވެ. އެކަމަކު 17 އަހަރުގެ ގަވީއަށް މިއީ މުޅިން އައު ސޮފުހާއެކެވެ.

އިތުރަށް ކިޔާލަން

28 މެއި 2018

ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

28 މެއި 2018
ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!
15 ފެބުރުއަރީ 2018

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
11 ޖެނުއަރީ 2018

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

11 ޖެނުއަރީ 2018
ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !
14 އޮކްޓޯބަރު 2017

އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް

14 އޮކްޓޯބަރު 2017
އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް
09 އޮކްޓޯބަރު 2017

ރައީސް ޔާމީން މޮޅު ގޮނޑީގައި، އިސްރަށްވެހިން ޕްލާސްޓިކް ގޮނޑީގައި

09 އޮކްޓޯބަރު 2017
ރައީސް ޔާމީން މޮޅު ގޮނޑީގައި، އިސްރަށްވެހިން ޕްލާސްޓިކް ގޮނޑީގައި
15 ޖުލައި 2017

"ޖައްގާ ޖާސޫސް" މިއަހަރު ނިކުތް އެންމެ މޮޅު ބޮލީވުޑްގެ ފިލްމުބާ؟

15 ޖުލައި 2017
"ޖައްގާ ޖާސޫސް" މިއަހަރު ނިކުތް އެންމެ މޮޅު ބޮލީވުޑްގެ ފިލްމުބާ؟
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
09 މެއި 2017

ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟

09 މެއި 2017
ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު