Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ރިޒާވްގައި ހުރި މިންވަރު

ދައުލަތުގެ ރިޒާވްގައި ހުރި މިންވަރު މަޖިލީހުން ސާފުކުރަނީ

2023ގެ ނިޔަލަށް ކާޑުގެ ބާވަތްތަކާއި ތެޔޮ އެތެރެކުރެވޭ ވަރަށް ރާއްޖޭގައި މާލީ ތަނަވަސްކަން ހުރިކަން ކަށަވަރުކޮށްދިނުމަށް ޝަރީފް އެދިވަޑައިގެންނެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ނޮވެމްބަރު 2022 | އަންގާރަ 08:59
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

2023 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗާއި ކާޑުގެ ބާވަތްތަކާއި ތެޔޮ އެތެރެކުރެވޭ ވަރަށް ރިޒާވުގައި ހުރިތޯ ބަލައިދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާތީ އެކަން ސާފުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސަށް ފޮނުއްވެވި ސިޓީގައި އާދަމް ޝަރީފު ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއެކު ވޭތުވެދިޔަ ހަތަރު އަހަރު، ސަރުކާރުގެ ހިންގުމުގެ ޚަރަދާއި ބަޖެޓް ޑެފިސިޓް އިންތިހާއަށް ބޮޑުވުމާއި ސަރުކާރުގެ ތެރޭގައި އިސްރާފާއި ކޮރަޕްޝަން ބޮޑުވުމާއި ދައުލަތުގެ މާލިއްޔާގެ ކަންކަން ޒިންމާދާރުގޮތެއްގައި ނުބަލަހައްޓާކަމުގެ އިލްޒާމުތައް ސަރުކާރަށް އަމާޒުވަމުން ދާ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަަތު ގުޅޭގޮތުން އެންމެ އަދާހަމަ އަދި ސައްހަ މައުލޫމާތު ސަރުކާރުން ހާމަނުކުރާކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވިދާޅުވީ އެހެންވެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ދަރަނި އެއް އަަހަރުން އަނެއް އަހަރަށް ބޮޑުވަމުންދާތީއާއެކު އަސާސީ ކަންކަމަށް ބޭޏުންވާ ތަކެއްޗާއި ކާޑާއި ތެޔޮ އެތެރެކުރަން ބޭނުންވާ މިންވަރަށް މާލީ ތަނަވަސްކަން ރާއްޖޭގައި ނެތްކަމުގެ ކަންބޮޑުވުމުން ރައްޔިތުންގެ ތެރޭގައި އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ސަބަބުތަކާހުރެ، 2023ގެ ނިޔަލަށް ކާޑުގެ ބާވަތްތަކާއި ތެޔޮ އެތެރެކުރެވޭ ވަރަށް ރާއްޖޭގައި މާލީ ތަނަވަސްކަން ހުރިކަން ކަށަވަރުކޮށްދީ، މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ފޮރުން ރިޒާވުގައި ހުރި މިންވަރު މިއަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކޮށް ކުރުމުގެ ކުރިން ހޯދަދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރިޒާވްގައި ހުރި މިންވަރު އެނގިވަޑައިގަންނަވާކަމަށާއި ނަމަވެސް މެންބަރު އެކަން ސާފުކުރުމަށް އެދިވަޑައިގަންނަވާފައިވާތީ އެކަން ސާފުކުރުމަށް އެމްއެމްއޭއަށް ސިޓީއެއް ފޮނުއްވާނެކަމަށެވެ.

ދައުލަތުގެ ރިޒާވް ހުންނަ މިންވަރު އެމްއެމްއޭއިން ގެންދަނީ ޝާއިއުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ދިވެހި ދައުލަތުގެ ރިޒާވްގައި ފޮރިން ކަރެންސީ މަދުވުމުން ކުރިއަށް އޮތް ހަފްތާތަކުގައި ނުވަތަ ކުރިއަށް އޮތް މަސްތަކުގެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ ނެތް ކަމަށް ވިދާޅުވެފައެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ވާހަކަ އަބަދުވެސް ދައްކާކަމަށާއި ރާއްޖޭގެ ހާލަތު އެފަދަ ދަރަޖައަކަށް ނުދާކަމަށެވެ. އަދި އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.

އެމްއެމްއޭރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
25 އޮކްޓޯބަރު 2025

ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

25 އޮކްޓޯބަރު 2025
ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި

22 އޮކްޓޯބަރު 2025
ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި
22 އޮކްޓޯބަރު 2025

ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން

22 އޮކްޓޯބަރު 2025
ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން
21 އޮކްޓޯބަރު 2025

އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި

21 އޮކްޓޯބަރު 2025
އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި
21 އޮކްޓޯބަރު 2025

ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު

21 އޮކްޓޯބަރު 2025
ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު
19 އޮކްޓޯބަރު 2025

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު

19 އޮކްޓޯބަރު 2025
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު
19 އޮކްޓޯބަރު 2025

ޕެންޝަން ގާނޫނުގެ ދަށުން އެމްއެމްއޭ ގެ ބޮންޑު ގައި އިންވެސްޓު ކުރެވިދާނެތޯ ސުވާލު އުފެދިއްޖެ، ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ހޯދަައިދޭން މެދުވެރިއެއްގެ ދައުރު އަދާކޮށްދީފިނަ ޑޮލަރުން އިންޓަރެސްޓް ދޭނެ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު