Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިސާ ޗާޕުކުރުން

އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި

21 އޮކްޓޯބަރު 2025 | އަންގާރަ 14:27

ސަރުކާރުން އަޅާ ފިޔަވަޅުތަކުން އިޤްތިޞާދަށް ކުރާނީ ނޭދެވޭ އަސަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 21 އޮކްޓޯބަރު 2025 | އަންގާރަ 14:27
އެމްޑީޕީގެ ރައީސް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ރައީސް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ސަރުކާރުގެ ޓްރެޜަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށް، މަރުކަޒީ ބޭންކް އެމް.އެމް.އޭ އިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓް ކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ދުވަސްވަރު ދިމާވި އިޤްތިޞާދީ ކާރިސާގެ ސަބަބުން އޭރުގެ ސަރުކާރަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހުނު ނަމަވެސް، މިއަދު އެފަދަ ޙާލަތެއް ނެތްކަމަށާއި، ސަރުކާރުން އަޅާ ފިޔަވަޅުތަކުން އިޤްތިޞާދަށް ކުރާނީ ނޭދެވޭ އަސަރު ކަމަށެވެ. އެގޮތުން ތަކެތީގެ އަގު ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ދަށްވެ، އެމެރިކާ ޑޮލަރަށް ރާއްޖޭގެ ބާޒާރުގައި އޮންނަ ޑިމާންޑް އިތުރުވުމާއެކު، އިޤްތިޞާދުގެ ހަމަޖެހުން ގެއްލިދާނެކަމުގެ ބިރު އެބައޮތް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. ސަރުކާރުން ކުރާ ޒިންމާދާރުކަންކުޑަ އަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އޭގެ ބުރަ އުފުއްލަން ޖެހިގެން ނުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ފައިސާ ޗާޕުކުރަން އުޅެނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނައި ކަނޑައަޅާފައިވާ އިންތަކާއި އުޞޫލުތަކުގެ ބޭރުން ކަމަށް ވުމާއެކު، ސަރުކާރުގެ މިއަމަލަކީ ނުރައްކާތެރި އަދި ޤާނޫނާއި ޚިލާފު އަމަލެއްގެ ގޮތުގައިވެސް ޝާހިދު ސިފަކުރެއްވިއެވެ.

ޝާހިދު މަރުކަޒީ ބޭންކަށް ގޮވާލެއްވީ ބާޒާރުގެ އަގުތައް ހިފަހައްޓައި، އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް އެމް.އެމް.އޭގެ މައްޗަށް އޮތް ޒިންމާ އަދާކުރެއްވުމަށެވެ. އަދި ޒިންމާދާރު ކަމެއް ނެތް މާލީ އަދި އިޤްތިޞާދީ ފިޔަވަޅުތައް ނޭޅުމަށް ވެސް ޝާހިދު ގޮވާލެއްވިއެވެ.

އެމްއެމްއޭފައިސާ ޗާޕްކުރުންއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި

10 ޑިސެމްބަރު 2025
ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
04 ނޮވެމްބަރު 2025

ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

04 ނޮވެމްބަރު 2025
ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި
28 އޮކްޓޯބަރު 2025

ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ

28 އޮކްޓޯބަރު 2025
ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ
26 އޮކްޓޯބަރު 2025

ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ

26 އޮކްޓޯބަރު 2025
ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
25 އޮކްޓޯބަރު 2025

ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

25 އޮކްޓޯބަރު 2025
ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

22 އޮކްޓޯބަރު 2025
މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް
22 އޮކްޓޯބަރު 2025

ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި

22 އޮކްޓޯބަރު 2025
ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް