Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފައިސާ ޗާޕުކުރުން

ޕެންޝަން ގާނޫނުގެ ދަށުން އެމްއެމްއޭ ގެ ބޮންޑު ގައި އިންވެސްޓު ކުރެވިދާނެތޯ ސުވާލު އުފެދިއްޖެ، ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ހޯދަައިދޭން މެދުވެރިއެއްގެ ދައުރު އަދާކޮށްދީފިނަ ޑޮލަރުން އިންޓަރެސްޓް ދޭނެ

ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ މުޢާމަލާތެއް ޕެންޝަން އޮފީސް މެދުވެރިކޮށް ހިންގަން ބޭނުންވާއިރު، މާލީ ތަޖުރިބާކާރުން ދެކޭގޮތުގައި މިއީ ސީދާ ފައިސާ ޗާޕުކުރުމުގެ ޢަމަލެކެވެ.

ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2025 | އާދީއްތަ 16:42
ޕެންޝަން އޮފީހުގެ މުވައްޒަފުން އެ އޮފީހުގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުން ބޭއްވި ހަފްލާގައި

ޕެންޝަން އޮފީހުގެ މުވައްޒަފުން އެ އޮފީހުގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުން ބޭއްވި ހަފްލާގައި

ޕެންޝަން ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޮންޑު ގައި ޕެންޝަން ފަނޑުން އިންވެސްޓު ކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

ނަން ނުޖެހުމުގެ ޝަރުތުގެ މަތިން އޭނާ ވިދާޅުވީ، ޕެންޝަން ގާނޫނުގައި ޕެންޝަން އެސެޓްސް އިންވެސްޓް ކުރެވޭނެ 4 ދާއިރާ އެއް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އެމްއެމްއޭ ގެ ބޮންޑު ހިމެނޭ ކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ.

ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާގެ (ރ) ގައި ޕެންޝަން އެސެޓްސް ދިވެހި ރާއްޖޭގައި އިންވެސްޓް ކުރަން ވާނީ ގާނޫނުގައި ބަޔާން ކޮށްފައިވާ 4 ގޮތުން ކުރެ ގޮތަކަށް ކަމަށް ވަރަށް ސާފުކޮށް ވަނީ ބުނެފައެވެ.

އެއީ:

  1. ބޭންކުތަކުގެ އެކައުންޓްތަކާއި، ބޭންކުތަކުގައި ހުންނަ ޑިޕޮސިޓްތައް ފަދަ މަނިޓަރީ ފަންޑްތައް؛
  2. ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތަކުން އެފަރާތުން ގެރެންޓީ ކުރާ މިންވަރަކަށް ދޫކުރާ ސެކިއުރިޓީސް ތައް؛
  3. ވިޔަފާރި ކުރާ ތަންތަނުން ދޫކުރާ ސެކިއުރިޓީސް ތަކުގެ ތެރެއިން ރާއްޖޭގައި ހުންނަ ލައިސަންސް އޮތް ސްޓޮކް އެކްސްޗޭންޖެއް ގައި ލިސްޓް ކުރެވިފައިވާ ސެކިއުރިޓީސް ތައް؛ އަދި
  4. ރާއްޖޭގައި ގަވައިދުން ހުއްދަ ލިބިފައިވާ މިއުޗުއަލް ފަންޑާއި އިންވެސްޓްމަންޓް ފަންޑުތައް.

މި ދާއިރާތައް ފާހަގަ ކުރެވިފައިވާއިރު، މީގެ ތެރޭގައި އެމްއެމްއޭގެ ބޮންޑަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމަކީ ސާފުކޮށް އެނގެން އޮތް ކަމެއް ނޫން ކަމަށް ތަޖުރިބާކާރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮޮތުގައި، ގާނޫނުގައި ވަރަށް ސާފު ކޮށް "ޕެންޝަން އެސެޓްސް އިންވެސްޓް ކުރަންވާނީ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އަދި ހަމަ އެކަނި ސްކީމުގެ ބައިވެރިންނާއި ބެނިފިޝަރީންނަށް އެންމެ ބޮޑު ފައިދާ އެއް ލިބޭ ގޮތުގެ މަތިން ކަަމަށް،" ބުނެފައިވާ ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ރޭވުމަކީ ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އެމްއެމްއޭ އިން ވެއްދުމަށެވެ. އަދި އެއާއެކު އެ އަދަދަށް ވާ ވަަރަށް ޕެންޝަން ފަންޑުން ފިނޭންސް މިނިސްޓްރީން ވިއްކާ ޓީ-ބިލު ގަނެ އެ ފައިސާ ފިނޭންސް މިނިސްޓްރީ އަށް ލިބޭ ގޮތް ހަދައިދިނުމަށެވެ.

ތަޖުރިބާކާރުގެ ނަޒަރުގައި އެމްއެމްއޭ އިން މިކަން ކޮށްފިނަމަ އެކަން ބެލެވޭނީ ކަނޑައެޅިގެން ފައިސާ ޗާޕު ކުރުން ކަމުގައެވެ.

"ފައިސާ ޗާޕު ކުުރުމުގެ ޑެފިނިޝަން އަށް މާރީތި ކޮށްވެސް އޭރުން އެ ފެތެނީ، އެއީ އިތުރު ފައިސާ ސަރކިއުލޭޝަންގެ ތެރެއަށް ވެއްދުން ކަމަށްވާތީ؛" އޭނާ ވިދާޅުވިއެވެ.

ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރުން ހިންގަން މިއުޅޭ މުއާމަލާތާ މެދު ޕެންޝަން ފަންޑުގެ ބޯޑުގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެގޮތުން ބޯޑުން މިކަން ފާސް ކުރުމަށް ހުސްވި ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ބޯޑުން ފާސްވާ ގޮތް ވަނީ ނުވެފައެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހޯދަައިދޭން މެދުވެރިއެއްގެ ދައުރު ޕެންޝަން ފަންޑުން އަދާ ކޮށްދީފި ނަމަ ޓީބީލުގެ އިންޓަރެސްޓަށް ވާ އަދަދު ޑޮލަރުން ދިނުމަށް ވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އެހެން ނަމަވެސް ޑޮލަރުން ލިބޭ ބައި ބަހައްޓަން ވާނީ އެމްއެމްއޭ ގައި ކަމަށް ވަނީ ބުނެފައެވެ. ސަރުކާރުން ޕެންޝަން ފަންޑުގެ ޝައުގުވެރިކަން މިކަމަށް ހޯދުމަށް ބުނެފައިވާ ކަމަށް ވަނީ ޑޮލަރުން ބައެއް ލިބޭ ނަމަ ޕެންޝަން ފަންޑުން ރާއްޖެއިން ބޭރުގައި އިންވެސްޓް ކުރުމަށް ފުރުސަތު އިތުރުވާނެ ކަމަށެވެ.

މި ސަރުކާރުން އިގްތިސާދީ އެޖެންޑާ ކުރިއަށް ގެންދާނީ ފައިސާ ޗާޕު ނުކޮށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ޕެންޝަން ފަންޑްއެމްއެމްއޭޓީބިލުފިނޭންސް މިނިސްޓްރީޕެންޝަން ގާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު