Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފައިސާ ޗާޕުކުރުން

ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު

ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕްކުރުމަށް މަޖުބޫރު ކުރަމުން ދާއިރު، ޕެންޝަން ފަންޑު މިކަމުގައި ބޭނުންކުރަން އުޅެނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައެވެ. މިކަމުގެ ސަބަބުން ރުފިޔާގެ އަގު ވެއްޓި، އަގުތައް މައްޗަށްދާނެތީ، ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 00:46
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

މި ސަރުކާރު ވެރިކަމަށް އަންނަން ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕު ކުރަން މަޖުބޫރު ކުރަމުންދާކަމީ އަޖައިބުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެންމެ ކަންބޮޑުވާ ކަމަކީ މި މުއާމަލާތް ސްޓްރަކްޗާ ކޮށްފައިވަނީ ސަރުކާރުން ޒިންމާ ނުނަގާ ގޮތަށް ކަމާއި، ސަރުކާރުން އެމްއެމްއޭއިން ބޮންޑު ގަތުމުގެ ނަމުގައި ކުރާ ކަމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ. އަދި، މިކަން "އިންވެސްޓްމަންޓެއް" ގެ ގޮތުގައި ގިންތިކުރުމަށްޓަކައި، މި ސަރުކާރުން ވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ޝާމިލްކޮށްގެން މިކަން "އިންވެސްޓްމަންޓް އެރޭންޖްމަންޓެއް" ފަދަ ގޮތަކަށް ހަދާ އޮޅުވާލާފައި ކަމަށެވެ.

މިކަމުގެ ސަބަބުން ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ނަޒާހަތްތެރިކަން ނުރައްކަލުގެ ތެރެއަށް ވައްޓާލާ، އަދި، މިފަދަ އަމަލެއްގައި ޕެންޝަން ފަންޑުން ބައިވެރިވާން މަޖުބޫރުވާއިރު، މި ސަރުކާރު ކަމެއް ކުރަން ކޮންމެ ހިސާބަކަށް ވެސް ގޮސްދާނެކަން މިއިން ތަސައްވުރު ކުރެވޭ ކަމަށެވެ. ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ހަމައެކަނި ފައިސާ ޗާޕްކުރާ ކުރަނީ ނޫން ކަމަށާއި، މިކަމުގެ ސަބަބުން އެތައް ހާސް ދިވެހިންގެ ރިޓަޔަރމަންޓް ސެކިއުރިޓީ އަށް ނުރައްކާވެ، އެމީހުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމާފައިވާ ނިޒާމަށް ކުރާ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ.

އަދި މިފަދަ މަކަރުވެރި އަދި ނުބައި ގޮތްތައް ބޭނުން ކުރުމުގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ވައުދުފުޅުގެ މަތިން ހަނދާން ނައްތާލައްވާފައިކަން ސަރުކާރުން ގަބޫލުކޮށް، ފައިސާ ޗާޕު ކުރަން ނިންމާ ކޮންމެ ނިންމުމެއް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ދެ ފުށް ފެންނަ ގޮތަކަށް ޤާނޫނީ އިޖުރާޢަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ޙާލަތު ރައްޔިތުންނާ ޙިއްޞާކޮށް، މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، އިންފްލޭޝަން އިތުރުވެ، ރައްޔިތުން ކުރާ ހޭދަ ދަށްވެގެންދާނެ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ކުރާ މަސައްކަތަކީ މިހައިތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިސްވެ އޮވެ، މަސައްކަތް ކުރުމެވެ. ސަބަބަކީ މި ސަރުކާރަށް ހަރަދުތައް ކުޑަނުކުރެވި ބަޖެޓަށް ފައިސާ ނުހޯދުމެވެ. އަދި ބޭރުގެ ލޯނުތަކާއި އެހީތައް ހޯދުމުގައި ސަރުކާރު ފެއިލްވެ ފައިސާ ޗާޕްކުރަން އެންމެފަހުން ސަރުކާރަށް ވަނީ މަޖުބޫރުވެފައެވެ.

މި ސަރުކާރުން ކުއްލިއަކަށް 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމައިފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށެވެ.

އެމްއެމްއޭޕެންޝަން ފަންޑްފައިސާ ޗާޕްކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި

10 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

04 ނޮވެމްބަރު 2025
ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ

ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ

28 އޮކްޓޯބަރު 2025
ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ

ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު