Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްއޭ

ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

އެމްއެމްއޭއިން ބޭންކުތަކަށް މަޖުބޫރުކޮށްގެން ގެދޮރު ގަންނަން ދޫކުރާ ލޯނު ދޭން ޖެހޭ ގޮތަށް ހެދި މި ގަވާއިދުގައި ބުނަނީ ސްކީމްގެ މައިގަނޑު މަގުސަދަކީ، ގްރޭޓަރ މާލެ ސަރަހައްދުގައި ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިންގ އަގުހެޔޮކޮށް ލިބޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އޮކްޓޯބަރު 2025 | ހޮނިހިރު 13:02
އެމްއެމްއޭ އިން ހެދި ގަވާއިދުގެ ދަށުން ހުރިހާ ބޭންކަކަަށް ވެސް މި ގަވާއިދަށް އަމަލުކުރަން ލާޒިމު

އެމްއެމްއޭ އިން ހެދި ގަވާއިދުގެ ދަށުން ހުރިހާ ބޭންކަކަަށް ވެސް މި ގަވާއިދަށް އަމަލުކުރަން ލާޒިމު

ކޮންމެ ބޭންކަކުން ވެސް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް އެކުލަވާލައިފި އެވެ.

މިއީ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާ ބެހޭ ގަވާއިދު" ގެ ދަށުން ލާޒިމު ކޮށްފައިވާ ކަމެކެވެ. އެމްއެމްއޭ އިން އެކުލަވާލި މި ގަވާއިދުގައި ބުނެފައިވަނީ މިއީ ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިންގ، އިސްލާމިކް ފައިނޭންސިންގ ގެ އުސޫލުތަކާ އެއްގޮތްވާ މަތީން އަގުހެޔޮކޮށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ޓަކައި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާއި އެ ސްކީމުގެ ފަންޑު ގާއިމުކޮށް ހިންގުމުގެ ކަންކަން ބަޔާންކުރުމުގެ ގަވާއިދު ކަމުގައެވެ.

އެމްއެމްއޭ އިން ބޭންކުތަކަށް މަޖުބޫރު ކޮށްގެން ގެދޮރު ގަންނަން ދޫކުރާ ލޯނު ދޭން ޖެހޭ ގޮތަށް ހެދި މި ގަވާއިދުގައި ބުނަނީ ސްކީމްގެ މައިގަނޑު މަގުސަދަކީ، ގްރޭޓަރ މާލެ ސަރަހައްދުގައި ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިންގ އަގުހެޔޮކޮށް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި މި ސްކީމް ހިންގާނީ 5 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ބުނެފައިވެ އެވެ.

އެގޮތުން އެމްއެމްއޭ އިން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ކޮންމެ ބޭންކަކުން ވެސް، އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން 10% އާއި 15% އާ ދެމެދުގެ އަދަދެއް، ފަންޑަށް ދޫކުރަންވާނެ އެވެ. އަދި މި ފައިސާ، އޮތޯރިޓީން އަންގާ ގޮތަށް އަދި އަންގާ ތާރީޚަށް، ކޮންމެ ބޭންކަކުން ވެސް ފަންޑަށް ދޫކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

މި ފަންޑުން ފައިނޭންސް ދޫކުރެވޭނީ ދެ ބާވަތެއްގެ ފައިނޭންސިންގ އަށް ކަމަށް މި ގަވާއިދުގައި ބުނެއެވެ. އެއީ ލީސް އެންޑިނގް ވިތް އޯނަރޝިޕް ފެސިލިޓީ އަދި އެންޑް-ޔޫޒަރ ފައިނޭންސިންގ ފެސިލިޓީ އެވެ.

މި ގަވާއިދުގައި ބުނާ ގޮތުން މި އިން ކޮންމެ ބާވަތެއްގެ ފައިނޭންސިންގ ފެސިލިޓީއަށް ދޫކުރާނެ ފަންޑުގެ މިންވަރު ކަނޑައަޅާނީ އެމްއެމްއޭ އިންނެވެ. އަދި ފަންޑުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީގެ މުއްދަތަކީ 25 އަހަރު ކަމަށް ގަވާއިދުގައި ބުނާ އިރު ފަންޑުން ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނީ، ގެދޮރުވެރިކަމުގެ މިލްކުވެރިކަން ނެތް، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ، އަދި އޮތޯރިޓީން ކަނޑައަޅާ އިތުރު ޝަރުތުތައް ފުރިހަމަވާ މީހަކަށެވެ.

މީގެ އިތުރުން އެއްވެސް ބޭންކަކުން ނުވަތަ ސްކީމް ހިންގާ އިދާރާއިން، މި ގަވާއިދާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ޚިލާފުވެއްޖެ ނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

އެމްއެމްއޭބޯހިޔާވަހިކަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
21 ނޮވެމްބަރު 2025

ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

21 ނޮވެމްބަރު 2025
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން
18 ނޮވެމްބަރު 2025

ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

18 ނޮވެމްބަރު 2025
ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު
17 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!

17 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު