Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

އާޖެންޓީނާ އަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު: އަލްމަލްކީ

އާޖެންޓީނާއާ ދެކޮޅަށް ކުޅުމަކީ ސައުދީގެ ކުޅުންތެރިން ވަަރަށް ތައްޔާރަށް އޮތް ކަމެއް ކަމަށް އޭނާ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2022 | އަންގާރަ 06:46
ސައުދީގެ ކޯޗު ރެނާޑް އަދި އަލްމަލްކީ

ސައުދީގެ ކޯޗު ރެނާޑް އަދި އަލްމަލްކީ

އާޖެންޓީނާ އަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ސައުދީ އަރަބިއްޔާގެ މިޑްފީލްޑަރު ޢަބްދުﷲ އަލް މަލްކީ ބުނެފިއެވެ.

އަލްމަލްކީ މިހެން ބުނީ މިއަހަރުގެ ވޯލްޑް ކަޕްގައި ސައުދީގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕެރެސް ކޮންފަރެންސްގައެވެ.

އޭނާ ބުނީ އާޖެންޓީނާ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު، އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ. އެހެންކަމުން އެ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުމަކީ ސައުދީގެ ކުޅުންތެރިން ވަަރަށް ތައްޔާރަށް އޮތް ކަމެއް ކަމަށް އޭނާ ބުންޏެވެ. އަލްމަލްކީ ބުނީ މެޗު ކުޅެން ޖެހޭ މާހައުލަކީ މުޅިން ތަފާތު މާހައުލެއް ކަމަށާއި، ނަމަވެސް ސައުދީން އެ މީހުންގެ އެންމެ ފުރިހަމަ ކުޅުން ދައްކަން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އެ ޕްރެސްގައި ސައުދީގެ ކޯޗު ހާވޭ ރެނާޑް ބުނީ އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ ސައުދީ ޓީމުގެ ގޯލްކީޕަރަކީ ވޯލްޑް ކަޕް ކޮލިފައިންގެ 18 މެޗުގެ ތެރެއިން 17 މެޗުގައި އިތުބާރާއެކު ގޯލް ބެލެހެއްޓި ކީޕަރެއް ކަމަށެވެ. އޭނާ ދެއްކީ ރަނގަޅު ކުޅުމެއްކަން ފާހަގަކުރަމުން ރެނާޑް ބުނީ، ޓީމުގެ ފަހަތުގައި މައްސަލައެއް އުޅޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. ރެނާޑް ބުނީ ވޯލްޑް ކަޕްގެ ކުރިން ކުޅުނު މެޗުތަކުގައި ސައުދީގެ ނަތީޖާ ރަނގަޅު ކަމަށެވެ. އޭނާ ބުނީ މުޅި ޓީމުގައި މިވަގުތު އޮތީ ވަރަށް ރަނގަޅު ރޫހެއް ކަމަށެވެ. އާޖެންޓީނާގެ މެޗުގައި އެ ހުރިހާ ކަމެއް ބޭނުންވާނެ ކަން ފާހަގަ ކުރަމުން އޭނާ ބުނީ، އަބަދުވެސް ބަލަން ވާނީ ޓީމަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

ރެނާޑް ބުނީ އެންމެ ރަނގަޅު ނަތީޖާ އަކީ އަބަދުވެސް ފުރަތަމަ މެޗަށް ވިސްނުން ކަމަށެވެ. އޭނާ ބުނީ އެ މެޗުގެ ކުރިން ދެ ވަނަ މެޗާއި ތިން ވަނަ މެޗުގައި މިވެނި ގޮތަކަށް ވެދާނެއޭ ނުބުނާނެ ކަމަށެވެ. އޭނާ ބުނީ ތައްޔާރުވާން ޖެހޭނީ އާޖެންޓީނާ މެޗަށް ކަމަށާއި، އެއީ އެންމެ މުހިންމު ކަންތައް ކަމަށެވެ. މީގެ އިތުރުން ރެނާޑް ބުނީ އެ މީހުން އައިސް ތިބީ ޤަތަރުގެ ދޯހާގެ ރީތިކަން ބަލަން ނޫން ކަމަށެވެ. އޭނާ ބުނީ ސައުދީ އޮތީ ދޯހާއާ މާ ދުރުގައި ނޫން ކަމަށާއި، އެމީހުންނަށް ޤަތަރު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ރެނާޑް ބުނީ ބައެއް މީހުން ޤަތަރާ މެދު ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، ސައުދީ ޓީމުން ޤަތަރާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ގްރޫޕް ސީ ގެ ފުރަތަމަ މެޗުގައި ސައުދީން އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހު ރާއްޖެ ގަޑިން 15:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ސައޫދީ އަރަބިއްޔާހާވޭ ރެނާޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު