Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްނަބީލާ ހަބީބާ ހުސައިން އަވަހާރަވުން

ކުޅަދާނަ ލިޔުންތެރިޔާ، އައްނަބީލާ ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެ

އުމުރުފުޅުން 92 އަހަރުގެ ހަބީބާ އަވަހާރަވެފައިވަނީ ހޯމަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ނޮވެމްބަރު 2022 | ހޯމަ 12:26
ހަބީބާ ހުސައިން ހަބީބު

ހަބީބާ ހުސައިން ހަބީބު

ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ ކުޅަދާނަ ލިޔުންތެރިޔާ، އައްނަބީލާ ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެއެވެ.

އެކަމަނާ އަވަހާރަވެފައިވަނީ އާލާސްކަންފުޅަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ 3 މަސް ފަހުންނެވެ. އުމުރުފުޅުން 92 އަހަރުގެ ހަބީބާ އަވަހާރަވެފައި ވަނީ ހޯމަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ. ލިޔުންތެރިކަމާއި އުނގަންނައިދިނުމުގައި އަގު ހުރި އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަބީބާއަކީ ދިވެހި އަދަބިއްޔާތުގައި ފާހަގަކޮށްލެވޭފަދަ ނަމޫނާ ޚިދުމަތްތަކެއް ކޮށްދެއްވި ކަނބަލެކެވެ. އެކަމާ އުނގަންނަންވައިދެއްވާފައިވާ ދާއިރާތަކުގެ ތެރޭގައި; ދިވެހި، ތާރީޚް، އަދަބިއްޔާތު، އުރުދޫ އަދި އިނގިރޭސި ފާހަގަކޮށްލެވެއެވެ. ހަބީބާގެ އަގުހުރި ޚިދުމަތް ފާހަގަކޮށް، އެކަމަނާއަށް ސަރުކާރުން ވަނީ ގިނަ އިނާމުތަކެއްވެސް ދެއްވާފައެވެ. އެގޮތުން ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިތުރުން، މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ގައުމަށް ހިދުމަތްކޮށްދެއްވިކަމުގެ ޝަރަފުވެރި އިނާމާއި، އަދި ނޫސްވެރި ކަމުގެ ރޮނގުން ރަން ގަލަން އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

Advertisement - newsAdvertisement

ގައުމީ ހިދުމަތުގައި 29 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ހަބީބާއަކީ ގައުމީ ކުތުބުޚާނާގައި ޚިދުމަތްކުރައްވާފައިވާ މުރާލި ކަނބަލެކެވެ. ހަބީބާއަކީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނާގެ ދަރިކަނބަލުން، އަމީރާ ޝަހީމާ ޝަމްސުއްދީނުގެ ދަރިކަނބަލުންނެވެ.

އެ ކަމަނާގެ މޫނުފުޅުދެއްކުމާއި ކަށުނަމާދު އޮންނާނީ އާސަހަރާ މިސްކިތުގައެވެ. ކަށުނަމާދު އޮންނާނީ މިރޭ 11:00ގައެވެ.  

ހަބީބާ ހުސައިން ހަބީބު

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2022

ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައިފި

04 ޑިސެމްބަރު 2022
ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައިފި
22 ނޮވެމްބަރު 2022

ހަބީބާ ހުސައިން ހަބީބު އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2022
ހަބީބާ ހުސައިން ހަބީބު އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
07 އޮކްޓޯބަރު 2021

އައްނަބީލާ ހަބީބާ ހުސައިން ހަބީބު

07 އޮކްޓޯބަރު 2021
އައްނަބީލާ ހަބީބާ ހުސައިން ހަބީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު