Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަބީބާ ހުސައިން ހަބީބުގެ ތައުޒިޔާގެ ދަފްތަރު

އައްނަބީލާ ހަބީބާ ހުސައިން ހަބީބުގެ ތައުޒިޔާގެ ދަފްތަރުގައި ނައިބު ރައީސް ސޮއިކުރައްވައިފި

އެކަމަނާގެ ހަނދާނުގައި ޚާއްސަ ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2022 | ބުރާސްފަތި 13:38
އައްނަބީލާ ހަބީބާ ހުސައިން ހަބީބުގެ ތައުޒިޔާގެ ދަފްތަރުގައި ނައިބު ރައީސް ސޮއިކުރައްވަނީ

އައްނަބީލާ ހަބީބާ ހުސައިން ހަބީބުގެ ތައުޒިޔާގެ ދަފްތަރުގައި ނައިބު ރައީސް ސޮއިކުރައްވަނީ

ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންނެވި ކުޅަދާނަ ލިޔުންތެރިޔާ، އަލްމަރްހޫމާ، އައްނަބީލާ ހަބީބާ ހުސައިން ހަބީބުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ސޮއިކުރައްވައިފިއެވެ.

އެކަމަނާގެ ހަނދާނުގައި ޚާއްސަ ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. މި ދަފްތަރު ހުޅުވާފައިވަނީ ދިވެހި ބަހުގެ އެކަޑަމީއާއި ގައުމީ ކުތުބުޚާނާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އަންނަބީލާ ހަބީބާ ހުސައިން ހަބީބް އަވަހާރަވީ މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 92 އަހަރެވެ. ހަބީބާ ހުސައިން ހަބީބަކީ ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭކަނބަލަކެވެ.

ހަބީބާ ފުރަތަމަ އަދާކުރެއްވީ މަދްރަސަތުއް ސަނިއްޔާގެ މުއާވިނާކަމެވެ. އޭގެފަހުން، ދެ ނަންބަރު މުދައްރިސާކަމާއި، ޚާއްސަ މުދައްރިސާކަމާއި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްގެ ސެކްރެޓަރީކަމާއި، ވޯރލްޑް ހެލްތު އޯގަނައިޒޭޝަނާބެހޭ ބައިގެ ސެކްރެޓަރީކަންވެސް އަދާކުރެއްވިއެވެ.

ސަރުކާރުގެ ޚިދުމަތުގައި އެންމެ ގިނަދުވަހު ހަބީބާ މަސައްކަތްޕުޅުކުރެއްވީ ގައުމީ ކުތުބުޚާނާގައެވެ. 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގައުމީ ކުތުބުޚާނާގައި ޚިދުމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ވަނީ އިހުލާސްތެރިކަމާއެކު އަދާކުރައްވާފައެވެ. ކުތުބުޚާނާގައި ފުރުއްވި މަގާމުތަކުގެ ތެރޭގައި، ލައިބްރޭރިއަންގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރކަމުގެ މަގާމާއި، ޑިރެކްޓަރކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަގާމު ހިމެނެއެވެ. އެކަމަނާއަކީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ.

އެކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި "ގަރުނު ފޮތް" ލިޔުމުގައިވެސް ބައިވެރިވެވަޑައިގެންފައިވާއިރު، ސްކޫލް ކުދިންނަށް، ތާރީޚާބެހޭ މައުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ސަގާފަތާބެހޭ މައުލޫމާތު އިނގިރޭސިބަހުން ދެއްވަމުން ގެންދަވާފައިވެއެވެ.

ހަބީބާއަކީ، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ވަރަށް ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން 1958 ވަނަ އަހަރު "މުންނާރު" ނޫހުން ލިޔުންތެރިކަމުގެ މަސައްކަތް ފެއްޓެވި ހަބީބާ ވަނީ، 1958 ވަނަ އަހަރު "ވިޔަފާރި މިއަދު"އާއި އެދުވަސްވަރު ނުކުތް އެކި ނޫސް މަޖައްލާތަކަށް ލިޔުއްވާފައެވެ. "އަދަބީ ޝުއޫރު"، "ޖިންސުއްލަތީފް"، "ހުވަނދު"، "މޫންލައިޓް"، "އަމާޒު" އަދި "ހިޔަލަ" ފަދަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައެވެ. އަދި 1980 ވަނަ އަހަރުން ފެށިގެން "ފަތްތޫރަ" މަޖައްލާއަށް ލިޔުއްވަމުން ގެންދެވިއެވެ. ހަބީބާ ވަނީ ވަރަށް ގިނަ ވާހަކަތައް ލިޔުއްވާފައެވެ. އަދި ވަރަށް ގިނަ ވާހަކަތައް ތަރުޖަމާވެސް ކުރައްވާފައެވެ.

ބޮޑުތަކުރުފާނު ވާހަކައިން މައުލޫމާތު ހޯއްދަވައި "މުހައްމަދު ތަކުރުފާނު ދަ ގްރޭޓް"ގެ ނަމުގައި އެ ތަކުރުފާނުގެ ހަޔާތްޕުޅާ ބެހޭގޮތުން އިނގިރޭސިބަހުން ހަބީބާ ވަނީ ފޮތެއް ލިޔުއްވާފައެވެ. އަދި "ދިވެހި ތާރީޚަށް އަވަސް ކަޅިއެއް" މިނަމުގައި ދިވެހި ބަހުން ތާރީޚު ފޮތެއް އެކުލަވައިލައްވާފައިވެއެވެ. މީގެއިތުރުން، "އިސްލާމީ ތާރީޚު 1" އާއި، "އިސްލާމީ ތާރީޚު 2" ވަނީ އެކިއެކި ދިރާސާ ކުރެއްވުމަށްފަހު، އުރުދޫ ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި ނިންމަވާފައެވެ. އަދި "ފޯކްލޯރ"އާ ބެހޭގޮތުން އެކި މަޒުމޫނުތައް ވަނީ ލިޔުއްވާފައެވެ.

ހަބީބާއަށް ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު 2007 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އަދި ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. "މިނިވަން 25"ގެ އިނާމުވެސް އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން، "ނޫސްވެރިކަމުގެ ރަން ގަލަން" ވެސް އެ ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ހަބީބާ ހުސައިން ހަބީބަށް "ނިޝާން ދިޔަމިގިލީގެ ޝަރަފްގެ އިއްޒަތް" ދެއްވީ 2011 ވަނަ އަހަރުގެ މިނިވަންދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ގުރުބާންކުރާ ކަންބަޅިއަކަށް" ގަތަރާއި އިރާން ހެދީ ސައުދީން ލިބިފައިވާ ކަމަށް ބުނާ ފައިސާއަށް: އަލީ ހުސައިން

"ގުރުބާންކުރާ ކަންބަޅިއަކަށް" ގަތަރާއި އިރާން ހެދީ ސައުދީން ލިބިފައިވާ ކަމަށް ބުނާ ފައިސާއަށް: އަލީ ހުސައިން

11 ޖޫން 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު

ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު

30 އެޕްރީލު 2017
މަޖިލީހުގެ ރައީސާއި 2 ވަޒީރަކު ބޭރު ކުރަން ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅާނެ:ހުސައިން އަރީފް

މަޖިލީހުގެ ރައީސާއި 2 ވަޒީރަކު ބޭރު ކުރަން ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅާނެ:ހުސައިން އަރީފް

23 އެޕްރީލު 2017
ރައީސް ޔާމީނަށް އިހްލާސްތެރި މެންބަރުން ވަރަށް މަދު، 42 މެންބަރުގެ ވޯޓު މިހާރުވަނީ ހަމަކުރެވިފަ: އަލީ ހުސައިން

ރައީސް ޔާމީނަށް އިހްލާސްތެރި މެންބަރުން ވަރަށް މަދު، 42 މެންބަރުގެ ވޯޓު މިހާރުވަނީ ހަމަކުރެވިފަ: އަލީ ހުސައިން

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު