Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަބީބާ ހުސައިން ހަބީބު އަވަހާރަވުން

ހަބީބާ ހުސައިން ހަބީބު އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އެކަމަނާ އަވާހަރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2022 | އަންގާރަ 02:10
އަލްމަރުހޫމާ ހަބީބާ ހުސައިން ހަބީބު

އަލްމަރުހޫމާ ހަބީބާ ހުސައިން ހަބީބު

ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ ކުޅަދާނަ ލިޔުންތެރިޔާ، އައްނަބީލާ ހަބީބާ ހުސައިން ހަބީބު އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ހަބީބާ ހުސައިން ހަބީބަކީ ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިހުލާސްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭކަނބަލަކެވެ. އެކަމަނާ އަވަހާރަވެފައިވަނީ އާލާސްކަންފުޅަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ 3 މަސް ފަހުންނެވެ. އުމުރުފުޅުން 92 އަހަރުގެ ހަބީބާ އަވަހާރަވެފައި ވަނީ ހޯމަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ. 

Advertisement - newsAdvertisement

ހަބީބާ އަވަހާރަވުމާ ގުޅިގެން ރައީސް ވިދާޅުވީ އެކަމަނާއަކީ ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން، ތަފާތު އެކި ރޮނގުތަކުން ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދިވެހި އަދަބިއްޔާތަށާއި ދިވެހި ތާރީހަށް އެ ކަމަނާ ކޮށްދެއްވި ޚިދުމަތްތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހަބީބާ ހުސައިން ހަބީބް އަވަހާރަވުމަކީ، ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަބީބާ ފުރަތަމަ އަދާކުރެއްވީ މަދްރަސަތުއް ސަނިއްޔާގެ މުޢާވިނާކަމެވެ. އޭގެފަހުން، ދެ ނަންބަރު މުދައްރިސާ ކަމާއި، ހާއްސަ މުދައްރިސްކަމާއި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ ކަމާއި، ވާރލްޑް ހެލްތު އޯގަނައިޒޭޝަނާބެހޭ ބައިގެ ސެކްރެޓަރީކަން ވެސް އަދާ ކުރެއްވިއެވެ.

ސަރުކާރުގެ ޚިދުމަތުގައި އެންމެ ގިނަދުވަހު ހަބީބާ މަސައްކަތްޕުޅު ކުރެއްވީ ޤައުމީ ކުތުބުޚާނާގައެވެ. 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޤައުމީ ކުތުބުޚާނާގައި ޚިދުމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ވަނީ އިހުލާސްތެރިކަމާއެކު އަދާކުރައްވާފައެވެ. ކުތުބުޚާނާގައި ފުރުއްވި މަގާމުތަކުގެ ތެރޭގައި، ލައިބްރޭރިއަންގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ. އެކަމަނާއަކީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ.

އެ ކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާ ޤައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޤަރުނު ފޮތް ލިޔުމުގައިވެސް ބައިވެރިވެވަޑައިގެންފައިވާއިރު ސްކޫލް ކުދިންނަށް ތާރީޚާބެހޭ މަޢުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ސަގާފަތާބެހޭ މަޢުލޫމާތު އިނގިރޭސިބަހުން ދެއްވަމުން ގެންދަވާފައިވެއެވެ.

ހަބީބާއަކީ، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން 1958 ވަނަ އަހަރު "މުންނާރު" ނޫހުން ލިޔުންތެރިކަމުގެ މަސައްކަތް ފެއްޓެވި ހަބީބާ ވަނީ 1958 ވަނަ އަހަރު "ވިޔަފާރި މިއަދު" އާއި އެދުވަސްވަރު ނުކުތް އެކި ނޫސް މަޖައްލާތަކަށް ލިޔުއްވާފައެވެ. "އަދަބީ ޝުއޫރު" އާއި، "ޖިންސުއްލަޠީފް" އާއި، "ހުވަނދު" އާއި، "މޫންލައިޓް" އާއި "އަމާޒު" އާއި "ހިޔަލަ" ފަދަ ނޫސް މަޖައްލާތަކަށް ހަބީބާ ލިޔުއްވާފައިވެއެވެ. އަދި 1980 ވަނަ އަހަރުން ފެށިގެން "ފަތްތޫރަ" މަޖައްލާއަށް ލިޔުއްވަމުން ގެންދެވިއެވެ. ހަބީބާ ވަނީ ވަރަށް ގިނަ ވާހަކަތައް ލިޔުއްވާފައެވެ. އަދި ވަރަށް ގިނަ ވާހަކަތައް ތަރުޖަމާވެސް ކުރައްވާފައެވެ.

ބޮޑުތަކުރުފާނު ވާހަކައިން މަޢުލޫމާތު ހޯއްދަވައި "މުޙަންމަދު ތަކުރުފާނު ދަ ގްރޭޓް"ގެ ނަމުގައި އެ ތަކުރުފާނުގެ ހަޔާތްޕުޅާ ބެހޭގޮތުން އިނގިރޭސިބަހުން ހަބީބާ ވަނީ ފޮތެއް ލިޔުއްވާފައެވެ. އަދި "ދިވެހި ތާރީޚަށް އަވަސް ކަޅިއެއް" މިނަމުގައި ދިވެހިބަހުން ތާރީޚު ފޮތެއް އެކުލަވައިލައްވާފައިވެއެވެ. މީގެއިތުރުން، "އިސްލާމީ ތާރީޚު 1" އާއި، "އިސްލާމީ ތާރީޚު 2" ވަނީ އެކިއެކި ދިރާސާ ކުރެއްވުމަށްފަހު، އުރުދޫ ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި ނިންމަވާފައެވެ. އަދި "ފޯކްލޯ"އާ ބެހޭގޮތުން އެކި މަޒުމޫނުތައް ވަނީ ލިޔުއްވާފައެވެ.

ހަބީބާއަށް ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އަދި ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1981 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. "މިނިވަން 25"ގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން، "ނޫސްވެރިކަމުގެ ރަން ގަލަން" ވެސް އެ ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ހަބީބާ ހުސައިން ހަބީބަށް "ނިޝާން ދިޔަމިގިލީގެ ޝަރަފްގެ ޢިއްޒަތް" އެރުވީ، 2011 ވަނަ އަހަރުގެ މިނިވަންދުވަހުއެވެ.

ހަބީބާ ހުސައިން ހަބީބުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު