Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ އާރަށު ހިޔާނަތް

ނާޒިމްއަކީ ޔާމީނުގެ އަދާވާތްތެރިއެއްކަމަށް ބަޔާންކޮށް އޭނާގެ ހެކިބަސް ބަލައިނުގަތުމަށް އެދިއްޖެ

ނާޒިމް ވަނީ އޭނާގެ ހާޒިރުގައި އަދީބު ދޫވެއްސަށް 15 މިލިއަން ރުފިޔާ ގެނެސްދިން ކަމަށް ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ނޮވެމްބަރު 2022 | ހޯމަ 07:19
ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ބޭއްވި އަޑުއެހުމުގެތެރެއިން

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ބޭއްވި އަޑުއެހުމުގެތެރެއިން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެގޮތުން ޔާމީނުގެ ފަރާތުން ވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބާކީ ބައި ކުރިއަށް ގެންދަވާފައެވެ.

ދައުލަތުގެ ހެކިތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔާމީނުގެ ވަކީލުން ވަނީ ރައީސް ޔާމީންގެ ގާތް އެކުވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް އެދިލައްވާފައެވެ.

ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވަމުން ނާޒިމް ވަނީ އޭނާގެ ހާޒިރުގައި އަދީބު ދޫވެއްސަށް 15 މިލިއަން ރުފިޔާ ގެނެސްދިން ކަމަށް ވިދާޅުވެފައެވެ. އެ ފައިސާ ގެނެސްދެއްވީ ކެމްޕޭނަށް ފައިސާއަށް ބޭނުންޖެހިފައިވާތީކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނަތް އުފަންވީވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ދަރަނި ދެއްކުމުގެ ތެރެއިން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޔާމީނުގެ ވަކީލު ވިދާޅުވީ، ނާޒިމްއަކީ ޔާމީނުގެ ކެމްޕޭނުގެ މާލީ ކަންކަމުގައި އުޅުއްވި ފަރާތެއް ނޫން ކަމަށާއި، އޭނާ ދައްކާފައިވާ ވާހަކަތަކަކީ އަމިއްލަ ހިޔާލުގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

ޔާމީންގެ ވަކީލުން ވިދާޅުވާ ގޮތުގައި ނާޒިމްގެ ހެކިބަހަށް ބުރަދަން ދޭންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ހެކިބަސް ދެއްވިއިރު ނާޒިމް ވަނީ އޭރު ހިނގަމުން ދިޔަ ހިޔާނަތް ވަގުތުން ހުއްޓުވުމަށް ރައީސް ޔާމީނު އަރިހުގައި ދެންނެވިކަމަށް ވިދާޅުވެފައެވެ. އޭރު ރައީސް ޔާމީނު އެކަށީގެންވާ ފިޔަވަޅު އެޅުއްވިނަމަ 5 މިލިއަން ޑޮލަރުން ފެށިފައި އޮތް ޚިޔާނާތެއް، 70 މިލިއަނަށް އަރައިގެން ނުދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އޭނާއަކީ މިހާރު ރައީސް ޔާމީނުގެ ގާތް އެކުވެރިއެއް ނޫން ކަމަށެވެ. އެގޮތުން އޭނާ ޖަލަށް ލީ ދުވަހުން ފެށިގެން ރައީސް ޔާމީނާ ގުޅުމެއް ނޯންނަކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އޭނާ ވިދާޅުވީ، އެއް ހަރަކުން ދެ ފަހަރަށް ކަށި ޖަހަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އެހެންނަމަވެސް، އޭނާ ރައީސް ޔާމީންއާ މެދު އަދާވަތްތެރިކަމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

ޔާމީނުގެ ވަކީލުން ވަނީ ނާޒިމްއަކީ ޔާމީނާމެދު އަދާވަތްތެރިކަން އޮތް ހެއްކެއްކަމަށް ބަޔާން ކުރައްވާފައެވެ.

އޭގެ އިތުރުންވެސް ދައުލަތުގެ އެހެނިހެން ހެކިތަކާއި ގުޅޭގޮތުން ޔާމީނުގެ ވަކީލުން ވަނީ ވާހަކަ ދައްކަވާފައެވެ.

ނާޒިމް ވަނީ ރައީސް ޔާމީން ސްޓެލްކޯގެ ޗެއަރމަން އަކަށް އުޅުއްވިއިރުވެސް އެކުގައި މަސައްކަތް ކުރައްވާފައެވެ. އަދި މަޖިލިސް މެމްބަރުކަންވެސް އޭނާ ވަނީ 16 އަހަރު ކުރައްވާފައެވެ. އޭނާ މަޖިލިސް މެމްބަރުކަން ކުރެއްވި މުއްދަތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައިވެސް ރައީސް ޔާމީނު އާއި އެކުގައި ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ޤައުމީ ސަލާމަތުގެ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގައި އެކުގައި މަސައްކަތް ކުރެއްވިއެވެ.

އޭނާ ވަނީ އެމްއެމްޕީއާރްސީގެ މުޅި މައްސަލައަކީ ރޭވިގެން ހިންގާފައިވާ ބޮޑު ސްކޭމް އެއްކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ޔާމީންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު