Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން ދިފާޢު ނުކުރެވިއްޖެނަމަ އަނިޔާވެރިކަމާ ދިމާއަށް ދުނިޔޭގެ މިޞްރާބު ބަދަލުވެދާނެ: އެމެރިކާ

އޮސްޓިން ވަނީ ދުނިޔޭގެ ފެންވަރުގައި، ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރިކަން އިތުރު ކުރުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރުވެސް ދެއްވާފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2022 | ހޯމަ 06:21
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން

ޔޫކްރައިންގެ މުސްތަޤުބަލު ކަށަވަރު ކުރުމަށްޓަކާ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެއިލްވުމަކީ، ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމާއި ހަމަނުޖެހުމާއި ޔަޤީންކަން ގެއްލިފައިވާ މިޞްރާބަކަށް ދުނިޔޭގެ ހުންގާނެ އަނބުރުވާލަފާނެ ކަމެއް ކަމަށް، އެމެރިކާގެ ދިފާޢީ ވަޒީރު ޑޭވިޑް ލޮއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ.

ކެނެޑާގައި ކުރިއަށް ދިޔަ ސެކިއުރިޓީ ފޯރަމެއްގައި މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން އޮސްޓިން ވަނީ، ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައާއި ބައިނަލްއަޤުވާމީ މުޖުތަމަޢު ގުޅޭ ގޮތްތައް ކިޔާ ދެއްވާފައެވެ. މިއީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ، 9 މަހެއްހާ ދިގުލާފައިވާ ވަރުގަދަ ހަނގުރާމައާ ގުޅިގެނން މިހާތަނަށް އޮސްޓިން ދެއްވި އެންމެ ވަރުގަދަ އެއް ތަޤުރީރުވެސްމެއެވެ.

އޮސްޓިން ވަނީ ދުނިޔޭގެ ފެންވަރުގައި، ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރިކަން އިތުރު ކުރުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އަދި އެންމެ ހަތުރުވެރި 2 ޤައުމުގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާގެ އެންމެ އިސްލީޑަރުން ބައްދަލު ކުރެއްވިތާ 1 ދުވަސް ފަހުން ދެއްވި މި ތަޤުރީރުގައި އޮސްޓިން ވަނީ، ރަޝިއާއާއި ޔޫކްރައިންގެ ކޯޅުންގަނޑުގެ ނަޒަރިއްޔާއިން ޗައިނާއަށް އިޝާރާތްތަކެއް ކުރައްވާ، ވަށްބަހުން ޖައްސަވާފައެވެ.

އެގޮތުން އެ ސަރަޙައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ޗައިނާއިން ތަކުރާރުކޮށް ވަކާލާތު ކުރަމުން ޓައިވާން ސަރަޙައްދުން، ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ރެކޯޑް އަދަދަކަށް ދަތުރު ކުރަމުން ދާ ކަން، އޮސްޓިން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއީ ނުރައްކާ ބޮޑު ކަމެއް ކަމަށްވެސް އެމެރިކާގެ ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ޑިމޮކްރަޓިކް ވެރިކަމެއް އޮންނަ ޓައިވާންއާއި ދާދި ކައިރީގައި ޗައިނާއިން އަސްކަރީ ހަނގުރާމައެއްގެ ކުޅިގޮނޑި ފަތުރާލި ފަހުން، ޓައިވާން ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ ގަދަވެއެވެ. އަދި އެމެރިކާގެ ހައުސް ސްޕީކަރ ނޭންސީ ޕެލޯސީ، ޓައިވާނަށް ކުރެއްވި ދަތުރާއެކު، އެ ނުތަނަވަސްކަން ވަނީ ވަކިން ގަދަވެފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިންރަޝިޔާ-ޔޫކްރެއިން ސުލްހައިގެ ވާހަކަތައްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު