Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދާދިނުން

ޒުވާނުންނަށް ފުރުސަތުތައް ހޯދާދޭން ފަސޭހަ މަގެއް ހޯދާދެވިއްޖެ ނަމަ ކާމިޔާބުވާނެ: މަހްލޫފް

18 ނޮވެމްބަރު 2022 | ހުކުރު 14:07

މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން 35 ސްޓޯލެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ނޮވެމްބަރު 2022 | ހުކުރު 14:07
"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022"  ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޒުވާނުންނަށް ފުރުސަތުތައް ހޯދާދޭން ފަސޭހަ މަގެއް ހޯދާދެވިއްޖެ ނަމަ ކާމިޔާބުވާނެކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ބާއްވާ "ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވަނީ ޒުވާނުންނަށް ހުރި ފުރުސަތުތައް ބުނެދިނުމަށާއި، ޒުވާނުންނަށް ހުރި ފުރުސަތުތައް ފަސޭހަކަމާއި އެކު ޒުވާނުންނަށް އެނގޭނެ ގޮތެއް ހޯދާދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަވެ. އަދި ޒުވާނުންގެ ކުރިއެރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށް މަހްލޫފް ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ ކަންކަން ފުރިހަމަކޮށް ޒުވާނުން ބާރުވެރިކުރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި މި އެކްސްޕޯ އަކީ އެކަމުގެ ހެއްކެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ވީހާވެސް ގިނަ ފަރާތްތަކުން މި އެކްސްޕޯ އަށް ޒިޔާރަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

Advertisement - newsAdvertisement

މި އެކްސްޕޯގައި، ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ޓިވެޓް ސެންޓަރުތަކާއި ދައުލަތުގެ ކުންފުނިތަކާއި ކަމާގުޅުންހުރި ބައެއް މިނިސްޓްރީތަކުން ވެސް ބައިވެރިވެ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯނާއި ސްކޮލަރޝިޕްތަކާއި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގެ މަޢުލޫމާތު ވެސް އެމިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެއެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން 35 ސްޓޯލެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާނެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ ނޮވެންބަރު މަހުގެ 18 އަދި 19 މި ދެދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯއަށް ވީހާ ގިނަ ފަރާތްތަކަކުން ޒިޔާރަތްކުރުމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެސް ވަރަށް ބޮޑު އެދުމެކެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2017

މިދަނީ ޤާނޫންތައް ހަދައި، އިންވެސްޓްކުރަން ފަސޭހަ ކުރަމުން: މިނިސްޓަރ ސަޢީދު

09 ނޮވެމްބަރު 2017
މިދަނީ ޤާނޫންތައް ހަދައި، އިންވެސްޓްކުރަން ފަސޭހަ ކުރަމުން: މިނިސްޓަރ ސަޢީދު
05 ނޮވެމްބަރު 2017

މިއީ ދިގު މަގެއްގައި އަރިބިތަށް ތެޅެމުންދާ ސަރުކާރެއް: ލަތީފް

05 ނޮވެމްބަރު 2017
މިއީ ދިގު މަގެއްގައި އަރިބިތަށް ތެޅެމުންދާ ސަރުކާރެއް: ލަތީފް
26 އޮކްޓޯބަރު 2017

މިއީ ވަރަށް ފަސޭހައިން ހެއްލޭ ސަރުކާރެއް: އަމްރު

26 އޮކްޓޯބަރު 2017
މިއީ ވަރަށް ފަސޭހައިން ހެއްލޭ ސަރުކާރެއް: އަމްރު
14 ސެޕްޓެމްބަރު 2017

އޯޑިއޯން ކުރިން ހުރި ބިމުން ބަޔެއް ބޭނުންކޮށްގެން މަގެއް ހަދަނީ

14 ސެޕްޓެމްބަރު 2017
އޯޑިއޯން ކުރިން ހުރި ބިމުން ބަޔެއް ބޭނުންކޮށްގެން މަގެއް ހަދަނީ
12 ޖުލައި 2017

އައްޑޫސިޓީ، ހިތަދޫ މަގެއްގައި ޕާކްކޮށްފައި އޮތް ދެ ކާރެއްގައި އަލިފާން ރޯވެއްޖެ

12 ޖުލައި 2017
އައްޑޫސިޓީ، ހިތަދޫ މަގެއްގައި ޕާކްކޮށްފައި އޮތް ދެ ކާރެއްގައި އަލިފާން ރޯވެއްޖެ
09 ޖުލައި 2017

އިތުރު މަގެއްގައި ތާރު އަޅަނީ

09 ޖުލައި 2017
އިތުރު މަގެއްގައި ތާރު އަޅަނީ
22 އެޕްރީލު 2017

ޑިކްޓޭޓަރަކަށް އަލި ކުރިމަގެއް ހޯދައެއް ނުދެވޭނެ، މާޒީން ދަސްކުރޭ: ނިޔާޒް

22 އެޕްރީލު 2017
ޑިކްޓޭޓަރަކަށް އަލި ކުރިމަގެއް ހޯދައެއް ނުދެވޭނެ، މާޒީން ދަސްކުރޭ: ނިޔާޒް
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް