Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމްއެޗް-17 ޙާދިސާ

އެމްއެޗް-17ގައި މަރުވި 298 މީހުންގެ ޢާއިލާތަކަށް ހަމަޖެހުމެއް ލިބޭނެތަ؟

އެމްއެޗް-17 އިން ދަތުރު ކުރަމުން ދިޔަ 298 މީހުންގެ ފުރާނަ ގެއްލި ދިޔައީ ޔޫކްރެއިންގެ ފަސްގަނޑުގައި ރަޝިއާއިން ގެންގުޅޭ ރުޅިވެރިކަމުގެ ސަބަބުން ކަމަށް އެ އާއިލާތަކުން ބުނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2022 | ހުކުރު 11:29
އެމްއެޗް-17 ވައްޓާލި މައްސަލާގައި ތުހުމަތު އަމާޒުވި ރަޝިއާގެ އޯލެގް ޕުލަޓޯފް ވަނީ، ހުރިހާ ދަޢުވާއަކުން ބަރީއްއަވެފައި

އެމްއެޗް-17 ވައްޓާލި މައްސަލާގައި ތުހުމަތު އަމާޒުވި ރަޝިއާގެ އޯލެގް ޕުލަޓޯފް ވަނީ، ހުރިހާ ދަޢުވާއަކުން ބަރީއްއަވެފައި

ޔޫކްރެއިންގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދަނިކޮށް 2014 ވަނަ އަހަރު ވައްޓާލި މެލޭޝިއާ އެއަރލައިންސްގެ ފްލައިޓް އެމްއެޗް-17 އިން ދަތުރުކުރި މީހުންގެ ޢާއިލާތަކުން އުފުލަމުން ދިޔަ ވޭނަށް، ހިސާބެއްގެ ތަސައްލީއެއް ލިބިފައި ވާ ކަމަށް އެ ޢާއިލާތަކުން ބުނެފިއެވެ.

ފްލައިޓުން ދަތުރުކުރި ހުރިހާ އެންމެންގެ ފުރާނަ ގެއްލިދިޔަ އެ ހާދިޘާއާ ގުޅިގެން، މައްސަލަ ބަލަމުން ދިޔަ ނެދަރލަންޑްސްގެ ފަނޑިޔާރުން، ނޮވެމްބަރު 17 ވަނަ ދުވަހު ވަނީ، ރަޝިއާގެ 2 ފިރިހެނަކާއި ޔޫކްރައިންގެ ފިރިހެނެއްގެ މައްޗަށް ޣައިރު ޚާޒިރުގައި ޝަރިއަތް ހިންގާ، އެމީހުންގެ މައްޗަށް، ގަސްތުގައި މީހުން މެރި ކަމުގެ ކުށް ސާބިތުކޮށް، ޢުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެމްއެޗް-17ގައި ދަތުރުކުރަމުން ދިޔަ ޢުމުރުން 25 އަހަރުގެ ޒުވާނެއްގެ މަންމަ، މެރީން އޯބްރަޔަން ބުނީ، ޙަޤީޤަތް އޮތީ ހާމައަށް ކަމަށާ، މިހާރު ހިސާބެއްގެ ހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ.

މެރީން އޯބްރަޔަންގެ ފިރިމީހާ ޖޮން ބުނީ، އެމްއެޗް-17 އިން ދަތުރު ކުރަމުން ދިޔަ 298 މީހުންގެ ފުރާނަ ގެއްލި ދިޔައީ ޔޫކްރައިންގެ ފަސްގަނޑުގައި ރަޝިއާއިން ގެންގުޅޭ ރުޅިވެރިކަމުގެ ސަބަބުން ކަމަށެވެ.

މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ހެންޑްރިކް ސްޓީންހޫއީސް، ޙުކުމް އިއްވަވަމުން ގެންދެވިއިރު، ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ތިބި ޢާއިލާ މެންބަރުންގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ.

އެމްއެޗް-17 ވައްޓާލި ހާދިޘާއާ ގުޅިގެން ޙުކުމް އިއްވާފައި ވަނީ، ރަޝިއާގެ ކުރީގެ ޖާސޫސީ އޭޖެންޓުން ކަމަށް ވާ އައިގޯރް ގަރކިންއާއި ސަރްގޭއީ ޑުބިންސްކީގެ އިތުރުން، ޔޫކްރެއިންގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރާ ލީޑަރެއް ކަމަށް ވާ ލިއޮނިޑް ޚަރުޗެންކޯގެ މައްޗަށެވެ.

އެމްއެޗް-17 ވައްޓާލަން ބޭނުން ކުރި، ރަޝިއާ އަސްކަރިއްޔާގެ ބަކް މިސައިލް ސިސްޓަމް ޔޫކްރެއިންއަށް އެތެރެ ކުރުމުގެ މަސައްކަތަށް އެހީވިކަން، އެ 3 މީހުންގެ މައްޗަށް ވަނީ ސާބިތުކޮށްފައެވެ. ނަމަވެސް އެ 3 މީހުންނަކީ މިސައިލްގެ ޙަމަލާ، ޢަމަލީ ގޮތުން ދޫކޮށްލި މީހުންނެއް ނޫނެވެ.

އެމީހުންނަކީ ފިލައިގެން އުޅޭ ކަމަށް ބުނާ ބަޔަކަށް ވާއިރު، ޤަބޫލު ކުރެވޭ ގޮތުގައި އެމީހުން ދިރިއުޅެމުން ދަނީ ރަޝިއާގައެވެ. ކަމާ ބެހޭ ފަރާތްތަކާ ރަޝިއާއިން އެމީހުން ހަވާލު ކޮށްދީފާނެ ކަމާ މެދު މާ ބޮޑު ޢުއްމީދެއް ނެތެވެ. 

ޙުކުމް އިއްވި ކަމަކު، ޢާއިލާތަކަށް ލިބިފައި ވާ އުނިކަން ފޫބެދޭނެ ގޮތެއްވެސް ނެތެވެ.

އެމްއެޗް-17 ވައްޓާލި މައްސަލާގައި ތުހުމަތު އަމާޒުވި ރަޝިއާގެ އޯލެގް ޕުލަޓޯފް ވަނީ، ހުރިހާ ދަޢުވާއަކުން ބަރީއްއަވެފައެވެ.

ޕަސެންޖަރ ފްލައިޓެއްގެ ގޮތުގައި، ފަސެންޖަރުންނާއި ކުރޫއިން ހިމެނޭހެން ޖުމުލަ 298 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް، އިރުމަތީ ޔޫކްރައިން ސަރަޙައްދުން އެމްއެޗް-17 އަށް މިސައިލް ހަމަލާ ދީ، ވައްޓާލާފައި ވަނީ ޖުލައި 17، 2014 ވަނަ ދުވަހުއެވެ. އެމްއެޗް-17 ވައްޓާލުމުގައި އެ ޤައުމުގެ ބައިވެރިވުމެއް އޮތް ކަމަށް އަދި ޒިންމާއެއް އުފުލަންޖެހޭ ކަމަށްވެސް ރަޝިއާގެ ސަރުކާރުން އިންކާރުކޮށް، ދެކޮޅު ހަދައެވެ. އަދި ޔޫކްރެއިން ރަޝިއާއިން ހަރަކާތްތެރިވަމުން ދިޔަ ކަމަށްވެސް 2014 ވަނަ އަހަރު ރަޝިއާއިން ދިޔައީ އިންކާރު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު