Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރަށް ހަތަރު އަހަރުފުރުން

ތަފާތު ދައްކުވައިދިން ހަތަރު އަހަރު

ފާއިތުވި ހަތަރު އަހަރު ތެރޭގައި 520 މަޝްރޫޢެއް މިސަރުކާރުން ވަނީ އެކި ރަށްރަށުގައި ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2022 | ހުކުރު 02:24
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހުވާކުރެއްވި ދުވަހެވެ. ރައީސް ޞާލިހު ދިވެހި ގައުމާ މީގެ ހަތަރު އަހަރު ކުރިން ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތާއި މިހާރު އޮތް ހާލަތާއި އަޅާކިޔާނަމަ ކިތަންމެ ކަމެއްވެސް ބަދަލުވެއްޖެއެވެ. އޭރު އޮތް ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިތްނުތަނަވަސްކަމާއި ބިރުވެރިކަން އެއްފަރާތް ކުރުމަށްފަހު ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީ ގެނައުމުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިސާލު ދައްކުވައިދީފައެވެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޯލިޝަން ސަރުކާރެއް އެންމެ ގިނަ ދުވަހު ދެމެހެއްޓެވުމުގެ ރިކޯޑްވެސް ރައީސް ޞާލިހުގެ އަތްޕުޅުގައި އޮތްއިރު އެކި ސިޔާސީ ފިކުރުތަކާއެކު ސަރުކާރެއް ހިންގުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެކަން ފާއިތުވި ހަތަރު އަހަރު އެކިފަހަރު މަތިން ވަނީ ފެނިގެންގޮސްފައެވެ. ނަމަވެސް އެހުރިހާ ކަމަކާއެކު އަދި އިގްތިޞާދީ ގޮތުން މުޅި ދުނިޔެ ތަޖުރިބާ ކުރަމުންދާ އިގްތިޞާދީ ބޮޑެތި ގޮންޖެހުންތަކާއެކު ތަރައްގީގެ އެތައް މަޝްރޫޢެއް ހއ ން ފެށިގެން އައްޑޫ ސިޓީއާ ދެމެދު ފާއިތުވި ހަތަރު އަހަރު އަންނަނީ ކުރިޔަށް ހިނގަމުންނެވެ.

އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާއިތުވި ހަތަރު އަހަރު ފާހަގަކޮށްލެވޭނެ އެއް ކަމަކީ ސިޔާސީ ހަމަޖެހުން ގައުމުގައި އޮތް މިންވަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރަކީ ރާއްޖޭގެ ތާރީޚުގައިވެސް ސިޔާސީ ގޮތުން ހަލަބޮލިކަން އެންމެ ބޮޑަށް ގެނުވި ފަސް އަހަރަށް ވާނެއެވެ. ހުރިހާ ސިޔާސީ ވެރިން ޖަލަށް ލައްވައިގެން ކުރެއްވި ވެރިކަމަށް ނޫނެކޭ ރައްޔިތުން ބުނެ ރައީސް ޞާލިހު އަށް ރައްޔިތުން އާނ ބަސް ބުނި އެއް ސަބަބަށް ގައުމުގެ ހަމަޖެހުން އަލުން އަނބުރާ ގެނައުން ވެގެންދާނެއެވެ. އެކަން މިފާއިތުވި ހަތަރު އަހަރު ތެރޭގައި ދިވެހިންނަށްވަނީ ފެނިގެންގޮސްފައެވެ. ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ރައްޔިތު މީހާ ތާއީދުކުރާ ވަކި ސިޔާސީ ފިކުރަކާ ގުޅިގެން ހުރަސް އަޅަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުމަށް ރައްޔިތުން ބޭނުންވިއެވެ. އެކަން ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ހާސިލުކުރެވިފައެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެނެވިއްޖެކަމުގެ ހިތްހަމަޖެހުން ލިބިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ފާއިތުވި ހަތަރު އަހަރު ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި ޑިމޮކްރަޓިކް އުސޫލުގެ ދަށުން ވެރިކަމުގެ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރަމުންދިޔަ ތަން މިވަނީ ފެނިފައެވެ. ކޯޓަކުން ކުރާ ހުކުމަކުން ހުކުމް ކުރި ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލާފައެއް ނުވެއެވެ. ކުރި ހުކުމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން ވާހަކަދެއްކެވި އަޑެއް އިވިފައެއްނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރަމުންދާކަން ރައްޔިތުންނަށް އިހުސާސްކުރެވެއެވެ.

ދެން އޮތީ ތަރައްގީގެ ވާހަކައެވެ. ފާއިތުވި ހަތަރު އަހަރަކީ ތަރައްގީގެ މަގުގައިވެސް ތަފާތު ތަކެއް ދައްކުވައިދިން ހަތަރު އަހަރެވެ. ވަކިން ޚާއްސަކޮށް މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި ކޮވިޑް-19ގެ އާލަމީ ވަބާ އާއި މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިޞާދަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކާއެކުވެސް ރާއްޖޭގެ ތަރައްގީގެ ދުވެލި ހުރީ ބާރު މިނެއްގައެވެ. ތަރައްގީގެ މަޝްރޫޢެއް ނުހިނގާ ރަށެއް މި ހަތަރު އަހަރު ރާއްޖެއަކު ނެތެވެ. ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީގެ އެތައް މަޝްރޫޢެއް އަންނަނީ ހިނގަމުންނެވެ.

ތަފާސްހިސާބަށް ބަލާލާއިރު ފާއިތުވި ހަތަރު އަހަރު ތެރޭގައި 520 މަޝްރޫޢެއް މިސަރުކާރުން ވަނީ އެކި ރަށްރަށުގައި ނިންމާފައެވެ. އެއީ ކޮންމެ އަހަރަކު 130 މަޝްރޫއެވެ. 604 މަޝްރޫޢެއް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދެއެވެ. ތަރައްގީގެ މުހިންމު މަޝްރޫޢުތަކަށް ބަލާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިސަރުކާރުން އަންނަނީ ކުރަމުންނެވެ. މިހާރުވެސް 119 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު އަންނަނީ ހިނގަމުންނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަވާލުކޮށްފައިވާއިރު ރައީސް ޞާލިހުގެ ފަސް އަހަރު ނިމޭއިރު އެމަސައްކަތް ނުފެށޭ އެއްވެސް ރަށެއް ނުހުންނާނެއެވެ.

ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއަށް ބަލާއިރު، ސިއްހީ ދާއިރާގެ 35 މަޝްރޫޢެއް މިހާރުވެސް އަންނަނީ ހިނގަމުންނެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ. ތައުލީމީ ދާއިރާގެ 91 މަޝްރޫޢެއް މިހާރުވެސް އަންނަނީ ހިނގަމުންނެވެ.

ހިންގުމުގެ ނިޒާމަށް އެންމެ ބޮޑު ބަދަލެއް މި ހަތަރު އަހަރު ގެނެސްފައިވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމުންނެވެ. މަރުކަޒީ ވެފައިވާ ބާރުތައް ދޫކޮށްލާ ރައްޔިތުން ބޭނުންވާ ގޮތަށް ރަށްރަށުގެ ކަންކަން ކުރިޔަށް ގެންދިޔުމުގެ ފުރިހަމަ އިޚުތިޔާރާ ބާރު ކައުންސިލުތަކަށް ވަނީ ލިބިދީފައެވެ. އެއާއެކު ބޮޑެތި ބަދަލުތަކަށް އަންނަނީ ފެންނަމުންނެވެ.

ޖުމްލަ ކޮށް ބުނާނަމަ ރައީސް ޞާލިހުގެ ހަތަރު އަހަރަކީ ތަފާތުތަކެއް ގެނުވި ހަތަރު އަހަރެވެ. ރައްޔިތުން އުންމީދުކުރި ފަދަ ބަދަލުތަކެއް ފެނިގެންދިޔަ ހަތަރު އަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު