Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ތަށި ދިފާއު ކުރުމުގެ އަޒުމުގައި ޗެމްޕިއަން ފްރާންސް ޤަތަރަށް

ފްރާންސް ޤަތަރަށް ގޮސްފައިވާއިރު، އެ ޓީމަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަރިތިލާން ޖެހިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ނޮވެމްބަރު 2022 | ބުރާސްފަތި 02:54
ފްރާންސްގެ ކުޅުންތެރިން ފްލައިޓުން ފައިބަނީ

ފްރާންސްގެ ކުޅުންތެރިން ފްލައިޓުން ފައިބަނީ

ފީފާ ވޯލްޑް ކަޕްގައި ވާދަ ކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ޤަތަރަށް ގޮސްފިއެވެ.

ފްރާންސް ޤަތަރަށް ގޮސްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި މުބާރާތް ކާމިޔާބުކުރި ފްރާންސް ޤަތަރަށް ގޮސްފައިވާއިރު، އެ ޓީމަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަރިތިލާން ޖެހިފައެވެ. އެގޮތުން މުބާރާތުގެ ކުރިން އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އަށް އަނިޔާވެ މުބާރާތުގައި ނުކުޅެވޭނެ ކަން ވަނީ ޔަޤީންވެފައެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފްރާންސް އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ކްރިސްޓޮފާ އެންކުންކޫއަށް އަނިޔާވެ މުބާރާތުގައި ނުކުޅެވޭނެއެވެ. އޭނާގެ ބަދަލަށް ފްރާންސް އިން ވަނީ އެހެން ކުޅުންތެރިޔަކު ޓީމުގައި ހިމަނާފައެވެ.

ފްރާންސް ޓީމަކީ މިއަހަރުގެ މުބާރާތުގައި ގިނަ ބައެއްގެ ލޯ ހުއްޓޭނެ އެއް ޓީމެވެ. އެންމެ ފަހުގެ ޗެމްޕިއަނުންނަށް ވުމުގެ އިތުރުން އެ ޓީމުގައި މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނެއެވެ. އެގޮތުން އެންމެ ފަހުން ބެލެންޑޯ އެވޯޑު ކާމިޔާބުކުރި ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރިމް ބެންޒެމާގެ އިތުރުން ޒުވާން ތަރި ކީލިއަން އެމްބާޕޭ އާއި އެންޓޮއިން ގްރީޒްމަން ހިމެނެއެވެ.

ޤަތަރަށް ދިޔުމަށްފަހު ފްރާންސްގެ ކޯޗު ބުނީ އަމާޒަކީ ތަށި ދިފާއު ކުރުން ކަމަށެވެ. އޭނާ ބުނީ އެކަން ކުރުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށާއި، ނަމަވެސް ފްރާންސް އޮތީ މުބާރާތަށް ތައްޔާރަަށް ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަނުންނަށް ޖެހިގެން އައި އަހަރުގެ މުބާރާތެއް އެންމެ ފަހުން ކާމިޔާބުކުރެވުނީ ބްރެޒިލްއަށެވެ. އެ ޤައުމުން ވަނީ 1958 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް، ޖެހިގެން އައި 1962 ވަނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ފްރާންސް އޮތީ އޮސްޓްރޭލިއާ، ޑެންމާކު އަދި ޓިއުނީޝިޔާއާއެކު ގްރޫޕް ޑީ ގައެވެ. ފްރާންސްގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު އެ ޤައުމުން ނުކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ. އެއަށްފަހު ދެ ވަނަ މެޗުގައި ޑެންމާކާ ދެކޮޅަށް ނުކުންނާނީ 26 ގައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިޔާއާ ދެކޮޅަށް ނުކުންނާނީ 30 ގައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު