Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގަތަރުގައި ބިދޭސީން މަރުވުން

ގަތަރު ބިނާކުރުން، ބަޔަކު މަރުވެގެން ކުރި ޖިހާދެއް؟

މަދުވެގެން 6،500 ބިދޭސީ މަސައްކަތްތެރިން ގަތަރުގައި މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2022 | ބުދަ 18:01
ގަތަރު

ގަތަރު

އާދީއްތަ ދުވަހު ފެށޭ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަށްޓަކައި, މުބާރާތް ހޯސްޓްކުރާ ގައުމުކަމަށްވާ ގަތަރަށް ވަނީ އުމްރާނީ ގޮތުން ބޮޑެތި ބަދަލުތައް ގެނެސް، ބިޔަ މަޝްރޫއުތައް ހިންގާފައެވެ. މިތަންތަން އިމާރާތްކުރުމުގެ މަސައްކަތަށް ދެކުނު އޭޝިޔާގެ ގައުމުތަކުން ފަސްމިލިއަނެއްހާ މީހުން ގެންގޮސް، އެމީހުން ލައްވައި މަސައްކަތް ކުރުވާފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިގޮތުން މީހުން ގޮސްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިޔާ، ޕާކިސްތާން، ނޭޕާލް، ބަންގްލާދޭޝް، ސްރީލަންކާ އަދި އެފްރިކާގެ ބައެއް ގައުމުތައް ހިމެނެއެވެ.   

ގަތަރު ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން އަހާލަން އެހާފަސޭހަ ނޫން ޚަބަރުތައްވެސް ލިބެމުންދެއެވެ. އާދަޔާޚިލާފަށް ގިނަ އަދަދެއްގެ މަސައްކަތު މީހުން އެކި ސައިޓްތަކުގައި މަރުވަމުން ދިޔަކަމުގެ ޚަބަރުތަކެވެ. މީހުން މުޅިންވެސް މަރުވަނީ "އެކްސިޑެންޓް"އަކުންނެވެ. މަސައްކަތުގެ މާހައުލުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނެތުމުގެސަބަބުން ދިމާވާ އެކްސިޑެންޓްތަކެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ފާއިތުވި ހަތަރު ފަސް އަހަރު ތެރޭ ގަތަރުގައި ބިދޭސީ މަސައްކަތްތެރިންގެ އެތައްހާސް މީހުން ކުއްލި ގޮތަކަށް މަރުވެފައިވެއެވެ.

މިގޮތުން އެއް ރިޕޯޓް ބުނާގޮތުގައި، 8 ސްޓޭޑިއަމައި އެއާޕޯޓަކާއި މެޓްރޯ ސިސްޓަމަކާއި އެއާގުޅޭ އިމާރާތްތައް ބިނާކުރުމުގެ ތެރޭ ދިމާވި "އެކްސިޑެންޓް"ތަކުގައި 6،500 މީހުން މަރުވެފައި ވެއެވެ. ގަތަރު ސަރުކާރުން ބުނަނީ މަރުވެފައިވަނީ 37 މީހުން ކަމުގައެވެ.

ބީބީސީން ހެދި ރިޕޯޓަކަށް މައުލޫމާތުދިން ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި، ބިދޭސީ މީހާ މަރުވުމުން އޭނާގެ އެމްޕްލޯޔަރު ކުޑަމިނުން ފޯނުކޯލެއްވެސް ކޮށްނުލައެވެ. އަދި އެހީއެއްދޭނެކަން ނުވަތަ ނޫންކަންވެސް އަންގާނުލާކަމަށް އާއިލާތަކުން ބުނެފައިވެއެވެ.

ވަޒީފާ ދޭ ފަރާތްތަކުން ގިނަފަހަރު ބުނަނީ އެފަދަ އެކްސިޑެންޑުތައް ދިމާވަނީ މަސައްކަތްކުރާ މީހުންގެ އަމިއްލަ ފަރުވާ ކުޑަކަމުން ކަމުގައެވެ.

ގަތަރަށް ފޮނުވުމަށް މީހުން ހޮވަނީ އޭޖެންޓުން މެދުވެރިވެގެންނެވެ. މިފަދަ އޭޖެންޓުން މިގައުމުތަކުގެ ފަގީރު ހިސާބުތަކަށް ދަތުރުކޮށް މަސައްކަތު ފޮނުވާނެ މީހުން ހޮވައެވެ. އަދި ވަޒީފާ ހޯދައިދޭނެކަމަށް ވައުދުވެ، ކޮންމެ މީހެއްގެ އަތުން 1500 ޑޮލަރު އަތުލާކަމަށްވެއެވެ. މިކަމަށް ފައިސާ ހޯދުމަށް ފަގީރު އާއިލާތަކުން ގެންގުޅޭ ގެރި ބަކަރި ފަދަ ޖަނަވާރު ވިއްކާލައެވެ. އަދި ނޫންނަމަ ލޯނުތައް ނަގައެވެ. ލިބިދާނެ މަންފާއަކަށް އުންމީދުކޮށްގެންނެވެ. އާއިލާގެ މީހާ އެކްސިޑެންޓެއްގައި މަރުވުމުން ލޯނު އަދާކުރުމުގެ ބުރަ އާއިލާއިން އުފުލަމުން ގެންދަންޖެހެއެވެ.

މަސައްކަތަށް ފޮނުވޭ ބިދޭސީ މަސައްކަތްތެރިން އެއް ކޮންޓްރެކްޓުން އަނެއް ކޮންޓްރެކްޓަށް ބަދަލުކުރެވެއެވެ. ގިނަފަހަރަށް އާއިލާއަށް އެނގުމަކާނުލައެވެ. އެހެންކަމުން އަމިއްލަ ގައުމާއެކު އޮންނަންޖެހޭ ގުޅުންވެސް އޮންނަނީ ކެނޑިފައެވެ. އެހެންކަމުން ހިތާމަވެރި ޚަބަރެއް ލިބުމުން ގުޅާނެ ފަރާތެއްވެސް ސާފެއް ނުވެއެވެ.  

ގަތަރު ސަރުކާރުން ބުނާގޮތުން، މަސައްކަތްތެރިންގެ ރައްކާތެރިކަމަށާއި އެމީހުންގެ ސިއްހަތަށް އިސްކަން ދެވެއެވެ.

ނަމަވެސް ބިޒްނަސް އެންޑް ހިއުމަން ރައިޓްސް ރިސޯސް ސެންޓަރާ ހަވާލާދީ ބީބީ ސީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުލައިގެންފައިވާ 140 މައްސަލައެއް ފާއިތުވި އެއް އަހަރު ތެރޭވެސް ރިޕޯޓް ކޮށްފައި ވެއެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ސިއްހަތު އަދި ސޭފްޓީ މައްސަލަތަކެވެ.

ވަރލްޑް ކަޕް ފެށޭއިރު ފެންނަ ގަތަރު ބިނާކޮށްފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ ދަލާއި ލޭ އޮހޮރުވައިގެންނެވެ. ޑިސެމްބަރު 19 ވަނަ ދުވަހު މުބާރާތް ނިމި، ކާމިޔާބުކުރާ ޓީމް ތަށި އުފުލާލައި ފޭނުންނާއެކު ފޯރިނަގާއިރު، ވަރލްޑް ކަޕްގެ ފޯރި ނުނަގާނެ ބަޔަކު ހަމަ ގައިމުވެސް ތިބޭނެއެވެ. އެއީ ގަތަރުގައި މަރުވި ބިދޭސީ މަސައްކަތްތެރިންގެ އާއިލާތަކެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

23 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު