Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއެލް ފެރީ ނިޒާމު

ޅ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށަން ފެރީތައް ފޮނުވައިފި

16 ނޮވެމްބަރު 2022 | ބުދަ 09:00

ފުރަތަމަ ހަފްތާގައި އޮންނާނީ މި ނިޒާމަށް އަހުލުވެރި ކުރުވުމުގެ ދަތުރުތައް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ނޮވެމްބަރު 2022 | ބުދަ 09:00
ޅ އަތޮޅުގައި ހައިސްޕީޑް ފެރީގެ ޚިދުމަތް ފެށުން

ޅ އަތޮޅުގައި ހައިސްޕީޑް ފެރީގެ ޚިދުމަތް ފެށުން

ހައި ސްޕީޑު ފެރީގެ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށެެއް ގުޅާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ޅ އަތޮޅުގައި އެ ޚިދުމަތް ފެށުމަށް ބޭނުންވާ ލޯންޗު ފެރީތައް އެ ރަށަށް ފޮނުވައިފިއެވެ.

މި ފެރީތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފޮނުވާފައިވަނީ ބުދަ ދުވަހުއެވެ. އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި ބުރާސްފަތި ދުވަހުގެ މެންދުރުން ފަށައިގެން ޅ އަތޮޅުގެ ފެރީ ދަތުރުތައް ފެށުމަށް އެ ކުންފުނިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހަފްތާގައި އޮންނާނީ މި ނިޒާމަށް އަހުލުވެރި ކުރުވުމުގެ ދަތުރުތައް ކަމަށާއި، ހަފްތާއެއް ވަންދެން ދަތުރުކުރާނީ ހިލޭކަމަށް އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޅ އަތޮޅުގެ 7 ރޫޓެއްގައި ދަތުރުތައް ފަށާއިރު، މިއީ ރޫޓުތައް ދިރާސާ ކުރުުމަށް ކޮންމެ އަތޮޅެއްގައި ވެސް ރަސްމީކޮށް ދަތުރުތައް ފެށުމުގެ ކުރިން އެމްޓީސީސީން ބާއްވާ ދަތުރުތަކެކެވެ. 

އެމްޓީސީސީން ބުނި ގޮތުގައި ރޫޓު ޓެސްޓު ކުރަން ކުރާ ދަތުރުތައް ފެށުމުން ރަށު ކައުންސިލް އިދާރާތައް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ. މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ އެއް ހަފްތާގެ މުއްދަތަކަށެވެ. ނަމަވެސް ޚިދުމަތް ރަސްމީކޮށް ފެށުމުން ޓިކެޓް ނަގަން ޖެހޭނީ އާރުޓީއެލް އެޕްލިކޭޝަން މެދުވެރިކޮށެވެ.

ޝާހިދު ވިދާޅުވީ، ފައިސާ ނަގައިގެން ދަތުރު ކުރި ނަމަވެސް 3 އަހަރުން ދަށުގެ ކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

އެމްޓީސީސީ އިން މިހާތަނަށް އާރުޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ހއ. އަދި ހދ. ގެ އިތުރުން ށ އަތޮޅުގައެވެ. ށ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ޒޯން އެކެއްގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ފެށުނީއެވެ.

އޭގެ އިތުރުން، ޅ އަތޮޅުގައިވެސް ފެރީގެ އަގުތައް ކަނޑައެޅިގެންދާނީ އެހެނިހެން އަތޮޅުތަކެކޭ އެއްގޮތަށްކަަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އެއީ 35 ރުފިޔާއާއި 125 ރުފިޔާގެ ރޭންޖުގެ އަގުތަކެވެ.

މިއީ އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކުގެ ދަށުން ފެށި ޚިދުމަތެކެވެ. މި ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން (2020-2040)ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯރކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލެވޭއިރު، އެއް ރީޖަން އަނެއް ރީޖަނާވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވާލެވޭނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް"، "ނަން-ކޮމިއުޓް ލިންކް"، އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް