Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

8 އަހަރަށްފަހު ވޯލްޑް ކަޕްގައި ވާދަކުރުމަށް ނެދަލޭންޑްސް ޤަތަރަށް

އެންމެ ފަހުން އެ ޤައުމު ވާދަކުރީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2022 | ބުދަ 05:35
ނެދަލޭންޑްސް ޓީމުގެ ކުޅުންތެރިން ދަތުރުކުރި ފްލައިޓުގައި

ނެދަލޭންޑްސް ޓީމުގެ ކުޅުންތެރިން ދަތުރުކުރި ފްލައިޓުގައި

ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށް ނެދަލޭންޑްސް ޓީމު ޤަތަރަށް ދަތުރުކޮށްފިއެވެ.

ނެދަލޭންޑްސް ޓީމު ޤަތަރަށް ދަތުރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޤަތަރަށް ދިޔުމަށްފަހު ނެދަލޭންޑްސްގެ ކޯޗު ލުއިސް ވެން ހާލް ބުނީ، ހީކުރެވުނު ވަރަށްވުރެ ޤަތަރު ހޫނު ގަދަ ނޫން ކަމަށެވެ. އެއީ ރަނގަޅުކަމެއް ކަން ފާހަގަކުރަމުން ކޯޗު ބުނީ، ބުދަ ދުވަހު ނެދަލޭންޑްްސްގެ ފަރިތަކުރުންތައް ފަށާނެ ކަމަށެވެ. މިވަގުތު އެންމެ ޚާއްސަކަމެއް ދެނީ މުބާރާތުގެ ކުރިން ރަނގަޅު ފަރިތަކުރުމެއް ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ މުބާރާތުގައި ނެދަލޭންޑްސް އޮތީ ހިތްހަމަޖެހޭ ގްރޫޕެއްގައި ކަމަށެވެ. ވެން ހާލް ބުނީ ގްރޫޕާމެދު ޝަކުވާ ކުރުމުގެ ބޭނުނެއް ނެތް ކަމަށާއި، މުބާރާތަށް ފޯކަސް ބަހައްޓަން ޖެހޭ ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ނެދަލޭންޑްސް އޮތީ މުބާރާތް ބާއްވާ ޤައުމު ޤަތަރުގެ އިތުރުން އިކުއެޑޯ، އަދި ސެނެގާލާއެކު ގްރޫޕް އޭގައެވެ. ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސްގެ ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ ސެނެގާލާ ދެކޮޅަށެވެ. އެއަށްފަހު ދެ ވަނަ މެޗުގައި އިކުއެޑޯއާ ދެކޮޅަށް ނިކުންނާނީ 25 ވަނަ ދުވަހުއެވެ. ގްރޫޕް ސްޓޭޖު ފަހު މެޗުގައި މުބާރާތް ބާއްވާ ޤައުމު ޤަތަރާ ދެކޮޅަށް ނިކުންނާނީ 29 ގައެވެ.

މިއީ އަށް އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ނެދަލޭންޑްސް އިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ޤައުމު ވާދަކުރީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައެވެ. އެ އަހަރުގެ މުބާރާތުގައި އެ ޤައުމަށް ލިބުނީ ތިން ވަނައެވެ. އޭގެ ކުރިން 2010 ވަނަ އަހަރުގެ މުބާރާތުގައި އެ ޤައުމު ވަނީ ފައިނަލްގައި ކުޅެ، ސްޕެއިން އަތުން ބަލިވެފައެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
15 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު