Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފަރިތަކުރުންތަކުގެ ތެރެއިން އަނިޔާވެ އެންކުންކޫ އަށް ވޯލްޑް ކަޕް ގެއްލިއްޖެ

އެންކުންކޫގެ ބަދަލު އެހެން ކުޅުންތެރިޔަކު ޓީމުގައި ހިމެނުމަށް ފީފާ ގައި ވަނީ އެދިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2022 | ބުދަ 02:25
ފްރާންސްގެ ޓްރެއިނިންގެ ތެރެއިން އެންކުންކޫ

ފްރާންސްގެ ޓްރެއިނިންގެ ތެރެއިން އެންކުންކޫ

ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ފޯވާޑް ކްރިސްޓޮފާ އެންކުންކޫ އަށް އަނިޔާވެ މުބާރާތުގައި ނުކުޅެވޭނެކަން ޔަޤީން ވެއްޖެއެވެ.

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގަށް ވެސް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވީ ފްރާންސް އިން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިންނެވެ. ފަރިތަކުރުމުގެ ތެރެއިން ވާއަތު ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެންކުންކޫ ވަނީ ބިންމައްޗަށް ވެއްޓިފައެވެ. އޭގެ ސަބަބުން އެންކުންކޫގެ އިތުރު މެޑިކަލް ޓެސްޓުތަކެއް ވެސް ވަނީ ހަދާފައެވެ. އެ ޓެސްޓުތަކުގެ ނަތީޖާ ދައްކާ ގޮތުން ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އެންކުންކޫ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެވެ. އެހެންކަމުން ފްރާންސްގެ ޓްރެއިނިން ކޭމްޕު ދޫކޮށްލާނެ ކަމަށް މީޑއާތަކުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ފްރާންސްގެ ފުޓުބޯޅަ އިދާރާއާ ހަވާލާދީ އެ ޤައުމުގެ ނޫހެއްގައި ބުނެފައިވަނީ އެންކުންކޫގެ މެޑިކަލް ފައިލްތައް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަށް ފޮނުވާފައިވާނެ ކަމަށެވެ. ސަބަބަކީ އެންކުންކޫގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ޓީމުގައި ހިމަނަން ކަމަށް ވެސް އެ އިދާރާއާ ހަވާލާދީ ބުނެފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އެންކުންކޫގެ ބަދަލުގައި ޓީމުގައި ހިމަނާނީ އެއިންޓްރަކް ފްރެންކްފާޓް އަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ފޯވާޑް ރަންޑަލް ކޮލޯ މުއާނީއެވެ.

މުބާރާތުގެ ކުރިން ފްރާންސް ޓީމަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރި އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އަށް އަނިޔާވެ މުބާރާތުގައި ނުކުޅެވޭނެވެ. އެންކުންކޫ އަށް އަނިޔާވީއިރު އޭނާ އައީ މިހާތަނަށް ލައިޕްޒިގްގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ޖަރުމަނު ލީގުގައި މި ސީޒަންގައި ކުޅުނު 23 މެޗުން އޭނާ ވަނީ 17 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު