Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮނާލްޑޯ

ރޮނާލްޑޯގެ ވާހަކަތަކަށް ރަންގްނިކްގެ އެއްވެސް ޝައުގުވެރިކަމެއް ނެތް

ރަންގްނިކް ބުނީ އެ ވާހަކަތަކަށް ރައްދު ދިނުމަކީ މިހާރު އޭނާގެ ޒިންމާއެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2022 | ބުދަ 02:06
ރަންގްނިކް އަދި ރޮނާލްޑޯ

ރަންގްނިކް އަދި ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި އެއްވެސް ވާހަކައަކަށް ޝައުގުވެރިކަމެއް ނެތް ކަމަށް އެ ޓީމުގެ ކުރީގެ ވަގުތީ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

އޮސްޓްރިއާގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ރަންގްނިކް މިހެން ބުނީ ދާދި ފަހުން ރޮނާލްޑޯ ޕިއާސް މޯގަން އަށް ދިން އިންޓަވިޔުއެއްގައި އޭނާގެ ވާހަކަ ދެއްކުމުންނެވެ. އެ އިންޓަވިޔުގައި ރޮނާލްޑޯ ބުނީ ޔުނައިޓެޑުގެ ކޯޗުކަމުން އޮލޭ ސޮލްޝެއާ ވަކިކުރުމަށް ފަހު އެ މަގާމު ރަންގްނިކާ ހަވާލުކުރުމަކީ އެއްވެސް މީހަކަށް ޤަބޫލު ކުރެވުނު ކަމެއް ނޫން ކަމަށެވެ. ރޮނާލްޑޯ ވަނީ ކޯޗަކަށްނުވެ، އެމީހަކު ޔުނައިޓެޑުގެ އެންމެ އިސް ފަރާތަަށް ވާނީ ކިހިނެއްތޯ ބުނެ ސުވާލު އުފައްދާފައެވެ. ރޮނާލްޑޯ ބުނީ ޔުނައިޓެޑު ކަހަލަ ބޮޑު ކުލަބަކުން އެކަހަލަ ކަމެއް ކުރުން ވެގެންދިޔައީ ހަމައެކަނި އޭނާ އަށް ހައިރާންކަމެއް ލިބުނު ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލު އެކަން ވެގެންދިޔައީ އެންމެނަށް ވެސް ހައިރާން ކަމެއް ކަމަށް އޭނާ ބުންޏެވެ.

އޮސްޓްރިއާ އިން އެންޑޮރާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ރަންގްނިކް ބުނީ، އޭނާ އަކީ މިހާރު އޮސްޓްރިއާގެ ކޯޗުކަމަށެވެ. އެހެންކަމުން އެކަމަށް ރައްދު ދިނުމަކީ މިހާރު އޭނާގެ ޒިންމާއެއް ނޫން ކަމަށް ވެސް ރަންގްނިކް ބުންޏެވެ. މީގެ އިތުރުން ރަންގްނިކް ބުނީ އެއީ ޔުނައިޓެޑާއި، ކުޅިވަރު ނޫސްވެރިން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެ އިންޓަވިޔުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑުގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގާއި ކުލަބުގެ އިސްވެރިންނަށް ވެސް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެވެ. ރޮނާލްޑޯގެ އިންޓަވިޔުއާ ގުޅިގެން ޔުނައިޓެޑުން ވަނީ ބަޔާނެއް ނެރިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!

ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!

15 އޯގަސްޓު 2017
ޕެރިސިޗް ހޯދުމަށް އެއްވެސް ކްލަބަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ: އިންޓަގެ ކޯޗު

ޕެރިސިޗް ހޯދުމަށް އެއްވެސް ކްލަބަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ: އިންޓަގެ ކޯޗު

29 ޖުލައި 2017
ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

22 ޖޫން 2017
ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017
ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް

ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް

16 މެއި 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު